ބަންޑާރަ ނައިބު އަހްމަދު އުޝާމް އައިސީޖޭގެ އަޑުއެހުމެއްގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވަނީ. -- ފޮޓޯ: އޭޖީ އޮފީސް
08 ނޮވެމްބަރ 2025 - 09:52
އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ރާއްޖޭން އަމަލުކުރާނީ އިސްލާމްދީނާ ހިލާފު ނުވާ ގޮތަށް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އިންސާނީ ހައްގުތައް ލިބިދޭ މިންވަރު އދ. އިން ވަޒަންކުރަން ބާއްވާ ޔުނިވާސަލް ޕީރިއަޑިކް ރިވިއުގެ ސެޝަންގައި އުޝާމް ވިދާޅުވީ، ރާއްޖޭގެ އައިޑެންޓިޓީ ގުޅިފައި އޮތީ އިސްލާމްދީނާ ކަމަށާއި އެއީ ރާއްޖޭގެ އިޖުތިމާއީ ފޭރާމުގެ، ކޮމްޕްރޮމަައިޒް ނުކުރެވޭނެ ރުކުނެއް ކަމަށެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި އިސްލާމްދީނަށް ހުރުމަތްތެރިކަން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވެލިއުތައް ބައްޓަން ކުރަނީ މި ދީން. ގާނޫނުތަކަށް މައުލޫމާތު ނަގަނީ މި ދީނުން އަދި އަޅުގަނޑުމެންގެ އިޖުތިމާއީ އަހުލާގީ ސަމުގާ މިސްރާބު ކޮށްދެނީ މި ދީނުން. އިންސާނީ ހައްގުތަކަށް އަޅުގަނޑުމެން ދޭ ކޮމިޓްމެންޓް އޮންނާނީ މި ބިންގަލާ ގުޅިފައިވާ އުސޫލުތަކާ އެއްގޮތަށް،" ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި ބޭއްވި ރިވިއު ސެޝަންގައި އުޝާމް ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި، ވިސްނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދެ އެވެ. އަދި އެ ހައްގު ލިބިދޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ކަން ވެސް ފާހަގަކުރެއްވި އެވެ.
ގާނޫނުއަސާސީގައިވާ ގޮތަށް މަދަނީ މިނިވަންކަން ދިވެހި ސަރުކާރުން ނަގަހައްޓާނެ ކަމަށާއި އެ މިނިވަންކަން ބޭނުންކުރަން ޖެހޭނީ ގައުމުގެ ހަމަޖެހުން އޮންނާނެ ގޮތަށް ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ. އަދި އެ މިނިވަންކަން ބޭނުންކުރަން ޖެހޭނީ އެއްވެސް ބާވަތެއްގެ ނަފުރަތެއް ނުފެތުރޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
Attorney General Uz. Ahmed Usham at the 50th Session of Universal Periodic Review #UPR pic.twitter.com/VjXlU9gKPH
— AG Office Maldives (@AGOmv) November 5, 2025
އޭޖީ އޮފީހުން ބުނީ މި ފަހަރުގެ ރިވިއު ސެޝަންގައި، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި ދިވެހިރާއްޖެ އިން ހާސިލްކޮށްފައިވާ ކާމިޔާބީ އާއި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ސަރުކާރުގެ ސިޔާސަތުތައް ބަޔާންކޮށް، ދިވެހިންގެ މަދަނީ އަދި ސިޔާސީ ހައްގުތައް ރައްކާތެރި ކުރުމާއި ގާނޫނު ތަންފީޒުކުރުން ހަރުދަނާ ކުރުމަށްޓަކައި ކުރާ މަސައްކަތްތައް ޔޫޕީއާރް ވޯކިން ގްރޫޕާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
މުޖުތަމަޢުގެ ހާއްސަ އަޅާލުމާއި އެހީތެރިކަން ބޭނުންވާ މީހުން ބާރުވެރިކޮށް، އެ މީހުން ރައްކާތެރިކުރުމަށްޓަކައި ކުރާ މަސައްކަތްތަކާއި އިގުތިސާދީ އިޖުތިމާއީ އަދި ސަގާފީ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ރިވިއުގައި ޔޫޕީއާރު ވޯކިން ގްރޫޕާ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ރާއްޖޭގެ ރިވިއު ސެޝަންގައި 104 ގައުމަކުން ބައިވެރިވެރިވެފައިވާއިރު، ފާއިތުވި ސައިކަލްގައި ރާއްޖެ އަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތް ބަލައިގަންނަކަން ގައުމުތަކުން ފާހަގަކުރި ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
Attorney General Uz. Ahmed Usham at the 50th Session of Universal Periodic Review #UPR pic.twitter.com/W5UAioCSB9
— AG Office Maldives (@AGOmv) November 5, 2025
ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ރާއްޖޭގެ ހިންގުމުގެ ނިޒާމާއި ގާނޫނީ އޮނިގަނޑާއި އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި އަންހެނުންނާއި ކުޑަކުދިންނާއި މުޖުތަމައުގެ ހާއްސަ ރައްކާތެރިކަން ބޭނުންވާ މީހުންގެ ހައްގުތައް ރައްކާތެރިކުރަން ރާއްޖެ އިން ކުރާ މަސައްކަތްތައް ވެސް ޔޫޕީއާރް ވޯކިން ގްރޫޕާ ހިއްސާކުރި އެވެ.
މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެ އިން ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، ދިވެހި ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފުކޮށް، ރާއްޖެ އިން ހޯދާ ތަރައްގީ އާއި ކާމިޔާބީ ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަން ފާހަގަކުރި ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.
ޔޫޕީއާރަކީ އދ. ގެ މެންބަރު ގައުމުތަކުގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރަމުން އަންނަ މިންވަރާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތައް ތަންފީޒު ކުރާ މިންވަރު ވަޒަންކުރުމަށްޓަކައި، ކޮންމެ ހަތަރު އަހަރުން އެއް އަހަރު ކުރިއަށް ގެންދާ ރިވިއު ޕްރޮސެސްއެކެވެ.
ޔޫޕީއާރު ފަސްވަނަ ސައިކަލްގައި ރާއްޖޭގެ ރިވިއު ދެން އޮންނާނީ 2030 ގައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮސް
08 November 2025
މުއިއްޒު ވެރިކަމަށް އައިފަހުން ރާއްޖެއާއި ރާއްޖޭން ބޭރުގާވެސް ދިވެހިރާއްޖޭގެ ހައިޞިއްޔަތަށް ވަނީ ގޯސް އަސަރުކޮށްފަ. ހުސްގޮނޑިއެއް ދައްކައިގެން ވެރިކަމަށް އައިމަ ވާނީ މިހެން.
ގުނބޯ ހެއްދުން
08 November 2025
ތިވާހަކަ ތިދައްކަނީ އަޑީގަ ތިބެގެން އެޖަރީމާ ހިންގާ މީހުން ކައިރީ.
އޭޖީ
08 November 2025
އެބަޖެހޭ ވަޒީފާގެ ރައްކާތެރިކަމާ ބެހޭ ބިލެއް ފަރުމާ ކުރަން އޭއައިގެ އުދަގޫ ނުޖެހެނީސް ރާއްޖެއަަށް
މިކަން ނިމޭނެ.
08 November 2025
ތި ހުޅަނގު ބައިގަނޑުތަކަށް އިސްލާމީ ގައުމެއްގަ އަސްލު ދޭން ޖެހޭ ގަދަރު ދޭނަމަ.
ނާޑުވާ
08 November 2025
ވައްކަމާ ކޮރަޕްޝަން އަދި ރައްތިތުންގެ ޙައްޤުތަކަށް އަރައިގަތުމަކީ އިސްލާމް ދީނުގަ ހުއްދަވެގެންވާ ކަމެއް ނޫން. އަދި ދޮގުހެދުމަކީ ވެސް އިސްލާމް ދީން ނަހީ ކުރާކަމެއް. މި ހުރިހާ ކަމެއް މި ސަރުކާރުން ކޮށްފަ ދީނޭ ކިޔައިގެން މީހުންގެ ބޯކާން ނޫޅޭ.
އަފްރާސިޔާބު
08 November 2025
ދިވެހުންގެ ގަމާރުކަންމަތީ ތާއަބަދަށް. "ނުކިޔަވައިތިބި" އިންޑިޔާ މީހުންވެސް ދަނެގެންފިޔޭ ވެރިޔަކަށްހުރި މީހާ ހަދަނީހުސް ދޮގުކަން.
މަބުނީ
08 November 2025
އިންސާނީ ހައްގުތައް އެއްމެފުރިހަމަގޮތުގައި ހިާޔަތްކޮށްދެނީ އިސްލާމްދީނުގައިކަން އެމީހުންނަށް އުނގަންނައިދީ ތިޔަ ބޭކާރު ސެޝަން ނުބޭއްވުމަށް ކިޔައިދީފަ އަންނާތި.
ރާއްޖެ
08 November 2025
ހައްގުތަށް ރައްކާތެރި ކުރުމަށް އަހަރެމެންގެ އިސްލާމް ދީން ވަރު މޮޅު ނިޒާމެއް ހުޅަނގުން ބުނެ ނުދެވޭނެ. ކަލޭމެންގެ ފްރީ ސްޕީޗާއި ރައިޓްސް ތަކުގެ މުނާފިގުކަން މުޅި ދުނިޔެއަށް ހާމަވެ ފަޟީހަތް ވެއްޖެ.
ފެއްސޭ
08 November 2025
ރީތިކޮށް ސާފުކޮށް ބުނާތި ތި މީހުންކާރީ މިތާކު ކުޅިކުޅި މީހުނަކަށް ނުލިބޭނޭ ހައްގެއް. ޒިނޭ ކުރަން ވައްކަން ކުރަން މީހުންމަރާކަށް ހައްގެއް ނުލިބޭނެ. ގެޓްއައުޓޭ މިކަން ގެޓު ނުވަންޏާމު. ޔޫއެން ނެތްއިރުވެސް ރާއްޖެ އޮތް. ކަލޭމެންގެ ތައްޕާހަކުން ނޫން އަހަރުން އުޅުނީ. އިންސާނުން އަލިފާނުން ވިރުވާ މީހުންނަށް ފިޔަވަޅު އަޅާން ދޭބަލަ.
ޗޫޤީ
08 November 2025
ކޮންމެކަމެއްގައިވެސް އިސްލާމްދީން އެންމެ ކުރިޔަށް ލައިގެން އައިސް ދިމާ އިދިކޮޅަށް ކަންކުރީމަ އެއީ މައްސަލައެއް. އިސްލާމްދީނުގައި އޮންނަ ގޮތަށް ކަންނުކޮށް އިސްލާމްދީނުގެ ނަން ތިޔަ ގަންނަނީ އާންމުން ރުއްސަންތަ؟ ނޫނީ ތިއުޅެނީ އިސްލާމްދީނޭ ކިޔައިގެން އިސްލާމްދީނަށް ހުތުރު އަރުވަންތަ؟ އިސްލާމްދީނުގައި އޮންނަ ގޮތަށް ކަންނުކުރެވެންޏާ ނޭވަޔަކު ދެކޮޅު އިސްލާމްދީނޭ ނުކިޔަބަލަ.
ހަމައަހާލީ
08 November 2025
ތިހުރިހާ އެއްޗެއް ކިޔަން މަޖުބޫރީތޯ.