ބަންޑާރަ ނައިބު އުޝާމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
11 މާޗް 2025 - 23:48
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކުރައްވަން ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ލަފާއެރުވީ، ފަނޑިޔާރުން ވަކިކުރުމުގެ އުސޫލާ ފުށުއަރާ ކަމަށް ފެންނާތީ ކަމަށް އެ އޮފީހުން މިރޭ ބުނެފި އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ، ހުށަހެޅުއްވި އެ ބިލް ފާސްކުރީ މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގަ އެވެ.
އެކަމަކު، ބަންޑާރަ ނައިބު ދެއްވި ލަފައަށް ބުރަވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފަ އެވެ.
ބަންޑާރަ ނައިބު އުޝާމްގެ ލަފާގައިވާ ގޮތުން، ސުުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ގާބިލް ނޫން ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތް ކުރާއިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރު ނުވެ މަސައްކަތް ކުރައްވާހާ ހިނދަކު އެ ފަނޑިޔާރުން ވަކިކުރަން އެ ކޮމިޝަނުން ހުށަހެޅިދާނެ ކަމަށް އޭނާ އަށް ފެނިވަޑައެއް ނުގަންނަވަ އެވެ.
އަދި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން މިހާރު ބަލަމުން ދާއިރު، އެ މައްސަލަތަކާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އަދި ބިލްގައި ބަޔާންކޮށްފައިވާ ގޮތަށް، މަގާމަށް ގާބިލް ނޫން ފަނޑިޔާރުން ފަސް ދުވަހުގެ މުއްދަތު ތެރޭގައި ކަނޑައެޅުމަކީ އުސޫލުން ބޭރު ކަމެއް ކަމަށް ފާހަގަވާ ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.
އުޝާމްގެ ލަފާގައި ފާހަގަކުރައްވާފައިވާ ގޮތުން، ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުން ބޭރު ނުވެ، މަސައްކަތް ކުރައްވާހާ ހިނދަކު، ފަނޑިޔާރަކު މަގާމުން ވަކި ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެހެންވެ، ބިލްގައި މިހާރު ކަނޑައަޅާފައިވާ ގޮތަށް އަމަލު ކޮށްފި ނަމަ އެ އުސޫލާ ފުށުއަރާނެ ކަމަށާއި އިންސާފުވެރިކަމާ އެކު ހުރިހާ ފަނޑިޔާރުން ޝާމިލްވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގާބިލްކަން ކަނޑައެޅުމުގެ ފުރުސަތު ގެއްލިދާނެ ކަން ވެސް ބިލުން ފާހަގަކުރެއްވޭ ކަމަށް އުޝާމް ވިދާޅުވި އެވެ.
އެ ކަންކަމަށް ރިއާޔަތް ކުރައްވައި ބަންޑާރަ ނައިބު އުޝާމްގެ ލަފާގައި ވިދާޅުވީ، އެ ބިލް ތަސްދީގު ކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެ އިސްލާހު ގެނައީ މަޖިލީހަށް އިންތިހާބުކުރާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އެ މައްސަލައާ ގުޅިގެން، އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނޭޅުމުގެ ވަގުތީ އަމުރަކަށް އެދުމުން އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގައި އަޑުއެހުމެއް އެ ދުވަހު ތާވަލް ކޮށްފައި ވަނިކޮށް، އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުއްލި ގޮތަކަށް ޖޭއެސްސީން ސަސްޕެންޑްކުރި އެވެ.
އެ "ހޫނުގަނޑު" ގެ ތެރޭގައި ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަފާފު
12 March 2025
މިހާރު ވަކިކޮށްލެވެން އޮތްކަމަށް ފެންނާތީ އިހަށް މަޑުކޮށްލަން ލަފާ އެރުވީދޯ. އެހެންނާ ތިޔަ ބިލު ހުށަހަޅާފައި އޮންނާނީވެސް ހަމަ އޭޖީގެ ލަފަޔާއެކު. އަމިއްލަ އަމިއްލައަށް ހުށަހަޅާ ބިލުތަކެއް ނޫންތީ، މީހެއްގެ ނަމުގައި އަދި ހުށަހެޅިޔަސް.
ރައިހާންް
12 March 2025
ވެރިމީހާ ކަންކުރަމުން މިދަނީ މަޝްވަރާގެ ރިވެތި މާހައުލުން އެންމެ ރަނގަޅު ގޮތަށް
ޝާހިލްް އަދުނާން
12 March 2025
ރަނގަޅު. އިންސާފަށް ކަންކުރާނެ މިސަރުކާރުން
ލަފާދިން
12 March 2025
ބަލަގަ އެއްމެފުރަތަ ދުވަހުވެސް ހަމަތިލަފާ މަޖިލިހުގެ ލަފާއަރުވަން ހުންނަވާބޭފުޅާ ދެއްވިއެއްނުންތަ! އޭރު ހޭވެރިކަންނެތީތަ! ނޫނީ މީހަކުބުނެގެން ހާވާ ހަޑިއެއްވީމަ ވާނުވާނޭގެނީތަ!؟
ނާހިލް ނައީމް
12 March 2025
ސުލޫކީ މިންގަނޑާ ހިލާފު ކަމެއް މި ސަރުކާރުން ނުކުރާނެ
އަންދަލޫސިޔާ
12 March 2025
މިއޮތީ ޖުޑީޝަރީއަށް އަތްބާނާ ސަރުކާރެއް!
ޖައިޝަމްް
12 March 2025
ވަރައް ފުރިހަމަ ބަސްކޮޅެއް
ނާޑުވާ
12 March 2025
އަސްލު ވީގޮތް ވަރަށް ސާފެވެ. ފުރަތަމަ ބޭނުންވީ އަދަދު މަަދުކޮށް ބިތުދައްކާށެވެ. ނަމަވެސް ހުސްނުއް ސުޢޫދު އިސްތިޢުފާ ދިނުމާ ދެންތިބި ދެމީހުން ވަކި ކުރީމަ ސަރުކާރަށް ލެވޭނީ އެންމެ ފަނޑިޔާރެކެވެ. އޭޖީއަށް މިކަން ރޭކާލީ ބިލް ފާސްކުރި ފަހުންނެވެ. އަދަދު މަދު ނުކޮށް އެ ތިން ފަނޑިޔާރުން ބޭރުކޮށްލެވުނީމަ ސަރުކާރަށް 3 ޕަޕެޓުން ލާން ފުރުސަތު ލިބޭނެއެވެ. މިއީ މިފަދަ މާތް މައްސަރެއްގަ ރޯމާ ދުވާލު ހިންގާ ޖަރީމާއެކެވެ.
އަސްލީ
12 March 2025
އުޝާމު މެން ސުލޫކީ ވާހަކަ ނުދެއްކުން ރަގަޅުވާނީ. އަހަރެމެން މިތިބީ ދިވެހިންނަށް ވީތީ ލަތުގަންނަ ހިސާބަށް ވެއްޓިފައި.
ހަލާރިސް
12 March 2025
މީހަކު ލިޔުނެވެ. ބޭޅާތިހުންނެވީ ވާނުވާގަތަ؟ ބޭނުންވީ ފަނޑިޔާރުން ސައިޒުކޮށް އެގޭގެ ކޮންޓްރޯލްނަގަން. 4 އިއްޒަތްތެރިންތިބީ މާ ކުރިންވެސް ކޮންޓްރޯލްގަ. 2 އަންހެން އިއްޒަތްތެރިން އެތިބީ މިހާރު ސައިޒްކޮށްފަ. ގޮތުގައި ހުންނެވި އިއްޒަތްތެރިޔާ އައުޓްވެފަ. ދެން މި ހަޑިއެއް ހޭވުމުގެ ބޭނުމެއްނެތެއްނު؟ ތިބި އެންމެން މިހާރު ތިބޭނީ ކޮންޓްރޯލްވެފަ ސައިޒުވެސް ވެފަ އެޅިހާ ބަތަކަށް ރިހަޔާއި ގަރުދިޔައާއި ރިހާކުރުވެސް ވެފައެއްނު؟ އަދިވެސް ވާނުވާ؟