ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު: ހިރިމަރަދޫއިން މީހުން ބަދަލުކުރަން ނިންމިޔަސް، އެރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
08 ނޮވެމްބަރ 2025 - 13:49
ހދ. ހިރިމަރަދޫގެ މީހުން އެހެން ރަށަކަށް ބަދަލުކުރަން ނިންމިޔަސް، އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު ސަރުކާރުން އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި، ހިރިމަރަދޫއިން މީހުން ހުސްކޮށް، ހދ. ހަނިމާދޫއަށް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް، ސަރުކާރުން ދާދިފަހުން ވަނީ ހިރިމަރަދޫގައި ކުނި މެނޭޖުކުރާ ސެންޓަރެއް އަޅަން ބަޔަކާ ހަވާލުކޮށްފަ އެވެ.
އެކި ރަށްރަށުގައި 206 ޕްރޮޖެކްޓެއް ހިންގަން ތިން ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު މިދިޔަ ބުރާސްފަތި ދުވަހު ހަވާލު ކުރިއިރު، ހިރިމަރަދޫގައި 4.1 މިލިއަން ރުފިޔާގެ އެ މަޝްރޫއު ހިންގަން ހަވާލުކުރީ ބިލްޑްޓެކް ކިޔާ ކުންފުންޏަކާ އެވެ.
ނަމަވެސް، މީހުން ބާލަން ނިންމާފައިވާ ރަށެއްގައި ޕްރޮޖެކްޓެއް ހިންގަން ނިންމުމުން ގިނަ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް އެކަމާ ގުޅިގެން ހީނާ "މިހާރު"އަށް ވިދާޅުވީ ހިރިމަރަދޫގައި މީހުން ދިރިއުޅެމުންދާހާ ހިނދަކު ސަރުކާރުން ގާއިމްކޮށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މީހުން ހުސްކުރަން ނިންމާފައި ވަނިކޮށް، އެފަދަ ޕްރޮޖެކްޓެއް ހިންގުމަކީ އިސްރާފަކަށް ނުވާނެތޯ ސުވާލު ކުރުމުން ހީނާ އެކަމަށް ވަކި ޖަވާބެއް ނުދެއްވަ އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް މިދިޔަ އޮގަސްޓް މަހު ރައީސް ކުރެއްވި ދަތުރުފުޅުގައި ހިރިމަދުއަަށް ވަޑައިގެން، ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފަ އެވެ.
އޭރު ރައީސް ވިދާޅުވެފައިވަނީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގެއެއް ލިބޭނެ ކަމަށާއި އަދި 18 މަސް ތެރޭގައި އެތަންތަނުގެ މަސައްކަތް ނިންމައި، ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެރަށަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީހުން ބަދަލުކުރަން ނިންމާފައި އޮތުމުން، ހިރިމަރަދޫން ގޯތި ދޫކުރުން ވެސް ފަހުން އޮތީ ހުއްޓުވައިފަ އެވެ.
ހައުސިން މިނިސްޓްރީން މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ނެރުނު އިއުލާނުގައި ބުނީ ހިރިމަރަދޫން އެ މަހުގެ 24 ގެ ނިޔަލަށް ގޯތި ލިބިފައިވާ މީހުންނަށް ހަނިމާދޫން ގޯތި ލިބޭނެ ކަމަށެވެ. އެހެންވެ، ގޭގެ ރަޖިސްޓްރީ ބަދަލުކުރުން ފަދަ ކަންކަން ނުކުރަން ވަނީ އަންގައިފަ އެވެ.
ހިރިމަރަދޫ އަކީ ހދ. އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެގޮތުން އެންމެ ފަހުގެ ބޯހިމެނުމުން އެނގޭ ގޮތުގައި އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
11 November 2025
ހިރިމަރަދޫ މީހުން ހިރިލަންކާ އަށް ބަދަލުކޮށްގަ.
raajje
09 November 2025
މީވޯޓުހޯދަން ރައްޔިތުންެގެފައިސާ އިސްރާފުުކުރުން، ރަށުންފައިބަންބޭނުންމީހުނާ ފައިބަންބޭނުންނުވާމީހުންވެސް ރަށުންބާލާ އެބަދަލުކުރާތަނަކުން ގެދޮރުދިނީމާ ހުރިހާކަމެއްހަމަޖެހުނީ، ފުރަތަމަ ހިތްހަމަނުޖެހޭމީހުންތިބިޔަސް ފަހުންހުރިހާކަމެއް ހަމަޖެހޭނެ، ނަމަވެސްމިކަން މިގޮތަށްހަރުދަނާކަމާއެކު ކުރުމުގެބަދަލުގާ ނުފައިބާތިބޭމީހުނަށް އަސާސީހިދުމަތްދޭންކަމަށްބުނެ ހަރަދުކުރުމަކީ އިސްރާފެއްނޫންތަ؟ މުޅިރަށުގެ ރުއްގަހާ ވަސީލަތްތައްވެސް ނުފައިބާމީހުނަށްދޯ
އަލިބޭބެ
09 November 2025
ހީނާ، ދެން ކޮބައިތޯ ރަތްމަންދޫގަ ތިބޭ މީހުންނަށް އޮތް މަޝްރޫޢަކީ؟ ހިރިމަރަދޫން މީހުން ދަނީ އެއްކޮށް. ރަތްމަންދޫއިން ތިޔަ ފައިބާ މީހުން ދާއިރަށް މި ރެޑީވަނީ އިރާދުކުރެއްވިއްޔާ ގެސްޓްހައުސްގެ ބޮޑު ޕްރޮޖެކްޓެއްފަށަން އެރަށު ތިބި މީހުންނާ ގުޅިގެން. އެކަމު އެރަށަކަށް ނެތް އެއްވެސް ކަމެއް. ކައުންސިލުގެ މެޖޯރިޓީ ބޭނުންވަނީވެސް ރަށަށްކަމެއްނުކުރަން އެއީ އެމީހުން ފައިބާތީ. ދެން ކޮބައިތޯ ތިބޭ މީހުންގެ ހައްގު.
މޭނާ
09 November 2025
ހޫން މިޖެހުނީ ސައި ތައްޓެއް ގިރައިން އައިސް އޮނަރަބަލް އަފީފް ދީދީގެ ތަޤުރީރުތައް ކިޔަން.
ތެފައާސާ.
09 November 2025
ބަރާބަރު. މި އުޅެނީ ލާރި ގިނަވެގެން ކުރާނޭކަމެއް ނޭގިގެން ވިއްޔާ!!!!!!
ދާލު
09 November 2025
އެހެންޏާ ފަހެ، މިއުޅެނީ ހުން މަޑުކުރާނެ ޕެނަޑޯލް ގުޅައެއް ވެސް އެރަށްރަށުން ނުލިބިގެން ވިއްޔާ! ޕެނަޑޯލް ފޯރުކޮށްދޭން ވިއްޔާ! މިއުޅެނީ ބޯފެން ހުސްވެގެން ގެއަކަށް ފެންފުޅިއެއް ފޯރުކޮށްދޭން ވިއްޔާ!
އެއްބަސް
09 November 2025
އަތުން ގޯހެއް ހެދުނީމަ އެކަމާއި އެއްބަސްވުމަކީ ނިކަމެތިވުމެއް ނޫން. ނަމަވެސް އެކަމެއް ދިފާއުކުރަން ހަދައިގެން އިތުރަށް ފަޟީހަތްވެ އަގުވެއްޓުން ނޫންކަމެއް ނުވާނެ.
ސޮބީހާ
08 November 2025
ކޮމެންޓް ކުރިޔަކަސް ކަމަކުނުދާނެ, 'މާލެ ނޫން އެހެންގޮތެއް' މި ސުލޯގަން އެމީހަކައް ވީވަރަކުން ޕްރޮމޯޓްކުރަންވީ, ހައްްގުތައް ލިބެންއޮތީ ހައްގު ގެއްލިފައިވާ މީހުން އެކަމަށް މަސައްކަތްކޮށްގެން, ކޮން އެމްޑީޕީއެއް ޕީއެންސީއެއް,
އައްލާ ބެއްޔާ
08 November 2025
ކަނބުލޮޔަށް ތިކިޔޭއެއްޗެއް ކަނބުލޮޔަށްވެސް އެގޭހެން ހީއެއްނުވޭ. ބަލަ ތިމަޝްރޫއު ނިންމަން 18 މަހަށް ވުރެ ގިނަ ދުވަސް ނަގާނެ. މަޝްރޫއު ނިމޭ އިރު ތި ރަށުމީހުން ތިބޭނީ ރައީސް ވިދާޅުވި ގޮތުން 18 މަަސްދުވަހުން ގެއަޅާދީގެން ހަނިމާދޫއަށް ބަދަލުވެފައި. ނުވަަތަ އެއްމަސް ދުވަހުން ތި ކުނި ޕްރޮޖެކްޓް ނިމުނަސް ތިވަރުގެ އާބާދީ އަކަށް 17 މަސްދުވަހު ބޭނުން ކުރަން ދެކޮޅޫ ނުޖެހެޔޭ ރައްޔިތުން ބުނަނީ. ތި ފައިސާ އިން އެރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން އެހީވޭ
ކޮރަޕުސަންގެ ވަސް
08 November 2025
4.1 މިލިއަން ރުފިޔާގެ ޕުރޮޖެކްޓެއް މާދަމާ މީހުން ބަދަލުކުރަން ނިންމާފަ އޮތް ރަށަކަށް؟ މި ކޮންކަހަލަ ހިސާބެއް ބާ؟
މާނިއުބެ
08 November 2025
ހަމަ އެންމެ ރަނގަޅު ހިސާބެއް . މި ސަރުކާރުން ޕްރޮޖެކްޓްތައް ހަމަ ހިންގީއޭ ބުނާ އުސޫލުން ނުހިންގާނެ . ކޮލެޓީ ރަނގަޅުކޮށް ކުރަންޏާކުރެވޭނީ