ހިރިމަރަދޫގައި އަންހެނަކު ގަހެއްގެ ކައިރީގައި މަޑުކޮށްލައިގެން.-- ފޮޓޯ: މިހާރު
01 ފެބުރުއަރީ 2025 - 12:34
ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ހިރިމަރަދޫގެ ރައްޔިތުން އެދުނު ގޮތަށް" އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ މިހާރު ވަނީ އެތައް އަހަރެއް ވެފަ އެވެ. އެކަމާ ގުޅޭ ގޮތުން، ރަށު ކައުންސިލުން ސަރުކާރާ އެކު އެތައް މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބޭއްވި އެވެ.
އެ ރަށު ކައުންސިލުން މީގެ ކުރިން ވަނީ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން ވެސް އެދިފަ އެވެ. އެކަމަށް ތުލުސްދޫ ކައުންސިލުން ވެސް މަރުހަބާ ކިޔެވެ.
ހިރިމަރަދޫގެ ހޮޅުއަށްޓެއްގައި މީހަކު އިށީނދެލައިގެން.-- ފޮޓޯ: ލޫކަސް ޖަލީލް
ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ.
ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން ނިންމި އިރު، މ. ރަތްމަންދޫގެ ގިނަ ބަޔަކު ވެސް ވަނީ އެ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލަންދޫ ތަކުރު
03 February 2025
ތިޔަ ރަށުގަ ދިރިއުޅޭމީހުން މަދީ. ރަށުގެ މީހުން މަދީކީ ނޫން. އެންމެންއައިސް މިމާލޭގަ އުޅުނީ. ރަށުގެ ބިމުގެ މުއްސަނދިކަން އިންތިހާ. އެގްރިކަލްޗަރަލް ރަށަކަށް އަވަހަށް ތިރަށްބަދަލުކުރަންވީ ތި ރަށުން ބޭރުނުވެވިގެން އުޅޭމީހުން (ހުރިހާ) ބާލާފަ. އަދި ނުވިތާކަށް ފެނާނަރުދަމާއަޅާދީ ނިމިފަ އޮތްރަށެކޯލަ.
ތިލަ ދެކުނު
02 February 2025
ނިންމެވި އަކަސް ކަމަކު ނުދާނެ އަމަލީ ގޮތުން ކޮއްފަ ދައްކާ ތިޔަ ވެދާނެ ހޮޅި ވާހަކަ އަކައްވެސް،
ރިޔާޒް މޫސާ
02 February 2025
މިކަމުގެ ސަބަބުން ރައްޔިތު މީހާއަށްވެސް އަދި ސަރުކާރަށްވެސް ވާނީ ފައިދާ. ކުޑަ އާބާދީ ތަކުގެ އެންމެން ބަދުލުކޮށް ރަނގަޅު ފެންވަރުގެ ހިދުމަތް ދީ ރައްޔިތުން އުފާކޮށްދޭންވީ
ސިދުގީ
02 February 2025
އެމްޑީޕީ މީހުން ބުނާނެ ރައްޔިތުންނަށް ހެޔޮއެދެނީ ތިމަންނަމެންނޭ... ބަލަ ކީއްވެތަ ކަލޭމެންގެ ވެރިކަމުގަ މިވަރުގެ ކަމެއް ހިރިމަރަދޫ ރައްޔިތުންގެ ހައްގުގައި ނުވެދިޔައީ. ދެންބުނޭ ކޮވިޑްގެ ސަބަބުންނޭ
މިއުޒަމް
02 February 2025
ހިރިމަރަދޫގެ ރައްޔިތުންގެ އާދޭސް އަޑުއެހި ހަމައެކަނި ރައީސް.
ބަޑިތަކުރު
02 February 2025
ޖަޒީރާ ރާއްޖެފަދަ ކިތަންމެ ރީތި ނަންނަން ކިޔަސް ހުރިހާ ރަށެއްގައި މީހުން ބައިތިއްބައިގެން ރާއްޖެއާއި ސިންގަޕޫރާ އަޅާކިޔޭކަށް ނޯންނާނެ. ރުހުމުގައިވިޔަސް ނުރުހުމުގައިވިޔަސް މިރާއްޖޭގެ ތަރައްގީގެ ސްޕީޑް ހަލުވިކުރެވޭނެ ހަމައެކަނި ގޮތަކީ ކުދިރަށްރަށުގެ މީހުން ބިންއޮތް އަދި ބިންބޮޑުވެސްކުރެވެންއޮތް ރަށްރަށަށް ބަދަލުކުރުން. ކިތަންމެ ބޭނުންވިޔަސް ހުރިހާ ރަށެއް އެއްވަރަކަށް ތަރައްގީއެއް ނުކުރެވޭނެ.
ކުޑަސައިހު
02 February 2025
އެވެސް ރަށެއްގަ އާބާދީ ދެން އިތުރެއް ނުވާނެ ތިއަތޮޅު ނޮޅިވަރަން ފަރަކީވެސް ކުރިން ދެހާހެއްހާ މީހުން އުޅުނު ރަށެއް މިހަހާރު ހާހަކައް ކުޑަވެއްޖެ ހަމަ އެގޮތައް އެވަރުގެ އާބާދީ އޮތް ވައިކަރަދޫވެސް މާލރ ސަރަހައްފައް ހިޖުރަކޮއް ހުސްވެއްޖެ
ވިސް ނުން
02 February 2025
1000 ތިރީގެ އާބާދީ ތަށް ވޯޓް ހޯދަން ވެރިން ބެހެއްޓިޔަސް، އެއީ މުޅި ގައުމުގެތަރައްގީ އަށް ލިބޭ ވަރަށް ބޮޑު ގޮންޖެހުމެއް.
ވާވުމީހާ
02 February 2025
މިގޮތަށް ވ.އަތޮޅުގެ ހުރިހާ ރަށެއް އެއްފަސްކުރަން ފެނޭ, އެންމެން އެއްރަށަކަށް ބަދަލުކޮށް (ރަސްމާލެ ކަލަހަ ރަށެށް) ވ ގެ ރަށްތަށް ގެސްޓްހައުސް ވިޔަފާރިތަކަށް ދޫކޮށްލާ, އަދި ރަށްތަށް ހިންގަން ކޯޕަރޭޝަނެށް ހެދީމަށް ދައުލަތަށް ބުރަޔަކަށް ނުވެ ކުރިޔަށް ދާނެ,
އަބްޑޫޅް +
01 February 2025
ހިރިމަރަދޫ ގެ މާނަޔަކީ، ހިންދުސްތާނުބަހުން ނަމަ، "ސިރީ މަރަދޫ" ނުވަތަ، "މާތްވެގެންވާ މަރަދޫ". ސިރީލަންކާ އަކީ ވެސް، "މާތްވެގެންވާ ލަންކަންފުށި"
މައިހޯ
02 February 2025
މިދޮރު ހާދަމޮޅޭ ބަސްތައް ތަރުޖަމާ ކޮއްލަން ، "އިންނަމާދޫ " ހިންދުސްތާނު ބަހުން ތަރުޖަމާ ކޮއްދީބަލަ