ކޯސްޓްގާޑްގެ އުޅަނދެއް ހަރަކާތްތެރިވަނީ: މުދަލާއެކު ދަތުރުކުރި ބޯޓެއް ފަރައި އަރައި، އަޑިއަށް ދާން ވަނީ ފަށާފައި --- ފޮޓޯ/މިހާރު
08 ނޮވެމްބަރ 2025 - 14:39
މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ވ. ފެލިދޫ ކައިރިއަށް ފަރަށް އަރައި، އަޑިއަށް ދާން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި "ފަހިރޯޅި ބޯޓު" ފަރަށް އަރައިގެން ރޭ ފަތިހު 5 ޖަހާކަށް ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ބޯޓުގައި ތިބި 12 މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ފެލިދުއަށް ގެންގޮސްފަ އެވެ. އެއީ ނުވަ ބިދޭސީންނާއި ތިން ދިވެއްސެކެވެ. އޭގެ ތެރޭގައި ބޯޓުގެ ވެރިފަރާތާއި ކެޕްޓަން އަދި ހަތަރު ފަޅުވެރިން ހިމެނެ އެވެ.
އޮފިޝަލް ވިދާޅުވީ ބޯޓު ފަރަށް އަރައި ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑުބައި މިހާރު އޮތީ ކަނޑު އަޑީގައި ކަމަށެވެ.
އެ ހާދިސާ ހިނގި ގޮތް ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީބެ
09 November 2025
ރާއްޖެތެރޭ މީހުނަށް މިނޫންގޮތެއް ނެތީބާ. އެތައްމަސައްކަތެއް ކޮށްގެން މާލެއިން ގެންނަ މުދާކޮޅު ކަނޑުވަނީއެވެ. މިބޯޓުތަކުން އުފުލާ ބުދަލަށް ބަދަލު ލިބޭނެ އިންޝުރެންސް އިންތިޒާމެއް ހަމަޖެއްސުމުގެ ވިސްނުން އެއްވެސް ވުޒާރާއެއްގަ ނެތެވެ. ޒިންމާއަކީ ކޮބައިކަމެއް ޒިންމާއެއް ހަވާލުވެފައޮތްކަމެއް ނޭނގެއެވެ. ކޮންމެހެނެއް ވިޔަސް ހިތައް އެރީމަ ވަލިއްޔުލް އަމްރެއް ފާޅުވެއެވެ.
އިހްސާސް
08 November 2025
ވ އަތޮޅަށް އަނެއްކާ ރަންގަޑެއްތަ؟
ބޮންދުތ
08 November 2025
އަދިވެސް ތަނެއް ދޮރެއް ނޭންގޭ ބަންގާޅީން ގެންގުޅޭ. އެއީ ބޮޑުސިންގާ ފަޅެއްވިއްޔާ އެއީ