އަލީ އަންވަރު: އޭނާ ދޫކޮށްލި މައްސަލާގެ އިސްތިއުނާފް ހައި ކޯޓުން ބަލައިނުގަތުމަށް ނިންމި ނަމަވެސް މިހާރު ހުރީ ކްރިމިނަލް ކޯޓުން ފަހުން ނެރުނު އަމުރެއްގެ ދަށުން ބަންދުކޮށްފައި.
09 ނޮވެމްބަރ 2025 - 20:33
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ކުރިން ހައްޔަރުކުރި މީހަކު އެފަދަ އެހެން މައްސަލައެއްގައި ހައްޔަރު ކުރުމުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ހުށަހެޅުމުން އެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.
ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ހައްޔަރުކުރީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މިދިޔަ މަހު އެވެ. އޭނާއަކީ ރާއްޖެއަށް އީރާނުގެ ބޯޓަކުން ކުރިން އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ވެސް 2019 ވަނަ އަހަރު ހައްޔަރުކުރި މީހެކެވެ.
އަލީ އަންވަރު މިދިޔަ މަހު ހައްޔަރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އަދި އޭނާ ދޫކޮށްލުމުން ސްރީ ލަންކާ އަށް ދިއުމާ އެކު، އެ ގައުމަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލުމުން ދިވެހި ފުލުހުން ވަނީ އޭނާ އަލުން ހައްޔަރުކޮށްފަ އެވެ.
އަލީ އަންވަރު ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން މިއަދު ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ގާނޫނާ ހިލާފުވާ ގޮތެއް ދައުލަތަށް ބުނެދެވިފައި ނުވާތީ ކަމަށް އެ ކޯޓުން ނިންމުމުގައިވެ އެވެ.
އޭނާ ދޫކޮށްލި މައްސަލާގެ އިސްތިއުނާފް ބަލައިނުގަތުމަށް ނިންމި ނަމަވެސް، އޭނާ މިހާރު ހުރީ ކްރިމިނަލް ކޯޓުން ފަހުން ނެރުނު އަމުރެއްގެ ދަށުން ބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާފްމް
10 November 2025
މި ސަރުކާރު ގައި ވަކިން ތަފާތު ވެއްޖެ؟ ޑްރަގު ވިއްކާ މީހުންނާ ކޯޓު ޓަކައި ގުޅިފައި ހުރި ވަރު މިފެންނަނީ! ހިތާމަ ހުރި ކަމެއް
ކަމީނާ
10 November 2025
މި އަލީ އަންވަރު ކުޑައިރު ސުކޫލުގަ އުޅުނުއިރުގަ ވެސް ވަރަށް ވިޔާނުދާކޮށް އުޅުނީ. އެކަމަކު އޭނަގެ ބޮޑަށް ތިބޭ ބޭބެއިން ވަރަށް ބަސްއަހާ.
އެޑްމުންޑޯ
10 November 2025
ޑްރަގު މައްސަލައެއްވިއްޔާ ދޫކޮއްލާނެ ، ހައްޔަރުކުރަން ވަރަށް ދަނތިވާނެ
ޝަޕް
10 November 2025
އެހެންވީމަ ގާޒީ ފާއިޒް ސަސްޕެންޑްކުރީ ކީއްވެ؟
ގޮނުއަނގަ
10 November 2025
(އަލީ އަންވަރު ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން މިއަދު ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ގާނޫނާ ހިލާފުވާ ގޮތެއް ދައުލަތަށް ބުނެދެވިފައި ނުވާތީ ކަމަށް އެ ކޯޓުން ނިންމުމުގައިވެ އެވެ.) މާނައަކީ އިސްތިއުނާފުންވެސް މައްސަލަ ބަލަން ބޭނުން ނުވަނީ ފުލުހުން އޭނާ ހިފެހެއްޓީ ކުށެއް ނުކުރަނީސް ކަމަށް ދެކިލައްވާތީ. ބަދަލު ދިނުމުގެ މައްސަލަ ކުރިޔަށް ގެންދަން އޭނާއަށް އެންގެވިނަމަ ކިހާރަނގަޅުވީސް
ކޮރަލް
09 November 2025
ޑްރަގް ގެ ބޮޑު މައްސަލަ އެއް ތަހުގީގު ކޮށްލަން ލިބުމަކީ ނޫނީ ކޯޓް އިން އެ މައްސަލަ ނިންމަން ލިބުމަކީ އެއް ފަހަރުން ނަހަމަ ގޮތުގަ ފައިސާ ހޯދާ މުއްސަނދި ވާ ކަމެކެވެ.
ޢަރުތަ
09 November 2025
"އަލީ އަންވަރު ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން މިއަދު ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ގާނޫނާ ހިލާފުވާ ގޮތެއް ދައުލަތަށް ބުނެދެވިފައި ނުވާތީ ކަމަށް އެ ކޯޓުން ނިންމުމުގައިވެ އެވެ". ދައުލަތްވެސް ތަޝައްރަފު ނުފުދެނީ އިތަ! އާނފަހެ............
ބޮކި
09 November 2025
މީތޯއެބުނާ ކޯޓްތަކަށް އަތްބޭނުން ނިމުމަކަށް ގެނާގޮތަކީ.....
ށުޖާބެ
09 November 2025
ގާޒީފާއިޒު ސަސްޕެންސަން ވެސް ދެން ޖެހޭނީ އުވާލަން ނޫނީ ހައިކޯޓުފަނޑިޔާރު ސަސްޕެންޑްކުރަން
1828
09 November 2025
އިއްތިފާޤް