ޑެބިޓް ކާޑުތަކުގެ ލިމިޓް މާދަމާއިން ފެށިގެން 1،000 ޑޮލަރަށް އިތުރުވާނެ -- ފޮޓޯ: ބީއެމްއެލް
10 ނޮވެމްބަރ 2025 - 13:16
ކުރިން ވެސް އިއުލާނުކޮށްފައިވާ ގޮތަށް މާދަމާ އިން ފެށިގެން ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ ޓްރާންސެކްޝަންތަކަށް ބޭނުން ކުރެވޭ އަދަދު މަހަކު 1،000 ޑޮލަރަށް ބޮޑުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އިއުލާން ކޮށްފައިވާ ގޮތުން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް ބޮޑުވާނެ އެވެ. އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ފައިސާ ދެއްކުމަށާއި ބޭސް ފަރުވާގެ ކަންކަމުގައި ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމަށް ވެސް 3،000 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ.
ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް އެންމެ ކުރިން ދީފައި އޮތް 250 ޑޮލަރުގެ މަހު ލިމިޓް މިދިޔަ ޖުލައި މަހުން ފެށިގެން ވަނީ 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބީއެމްއެލްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް ބޮޑުކުރުމަށާއި ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 2،000 ޑޮލަރަށް ބޮޑުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ބީއެމްއެލްއިން އެގޮތަށް މިއަދު ހަމަޖެއްސިއިރު، އެ ބަދަލު އެގޮތަށް ގެންނާނެކަން މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އޮތީ އިއުލާން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަކަޔަންބޯ
10 November 2025
އަމިއްލަ އެކައުންޓުގައި ހުންނަ ޑޮލަރު ކޮޅު ތާށިކުރުމަކީ ޓެކުމެއް ، އަމިއްލަ އެކަުންޓުގައި ފޮރުވާފައި ހުންނަ ޑޮލަރުން ބޭނުން ހިދަކު ބޭނުން ވަރަކަށް ބޭނުން ކުރުމުގެ އެކަންޓު ވެރިފަރާތަށް އޮތުމަކީ އަސާސީ ހައްގެއް ރައްޔިތެއްގެ އަސާސީހައްގަށް ބޭންކަކަށް އަރައެއް ނުގަނެވޭނެ .
ޑޮލަރު
13 November 2025
ޑޮލަރު ކާޑަކަށް ލިމިޓެއް ނޯވޭ ކަންނޭގެ
ވަށޮދިޔެގެ ޕީބޯޅާ
10 November 2025
އެންމެން ދާންވީ ގައުމުން ބޭރަށް. މިގައުމުން ނުލިބޭ މާގިނަ ޚިދުމަށް މާއަގުހެޔޮކެއް އެހެންގައުމުތަކުން ލިބޭ. މިރަށުގެ މަގެއްގެ މައްޗަށް ނުކުމެވޭ ވަރެއްނުން މީހުންގިނަކަމުން. ލިޓްރަރީ ބައްދައިގެން ތިބެންޖެހެނީ. އެކެއްގެ ދާ ވަސްދުވާ ހާ ކާރީގަ. ބައެއްމަގުތަކުން ނުދުވާކަށް ވަހެއްނެތް. ބަބުރުވަސް، ރޯކިއްފަތިވަސް، ޗީޒްވަސް....ބަންގާޅީ ބަބްރިޒަމް..ކޮންމެއަކަސް ވަރަށް ސަކަރާތް. ގެއަށްވަދެވޭއިރު މީހާހުންނަނީ ދެވަރުން އެއްވަރުވެފައި.
ޑޮލަރުގެ ޑިމާންޑް
10 November 2025
މީހަކަށް ދެރަބަހެއް ބުނާކަށް ނެތިން، އަހަރެން ހިތަށް އެބަ އަރާ، ދިވެހިން ކޭސްގެ ގޮތުގައި ޑޮލަރު އެހާ ބޭނުންވަނީ ކީއްވެ ބާވޭ،.. އަހަރެން މީ 2މަފިރިން ބޭރަށް ދާނަމަ 1000 ޑޮލަރ އެބަ ލިބޭ ކޭސްގެ ގޮތުގަ.. 2 މީހުންގެ ކުރެޑިޓު ކާޑުއޮވޭ، ވިސާ ކާޑު ވެސް އޮވޭ . މި ކޮންމެ ވަސީލަތަކީ ޑޮލަރުން ފައިސާ ދެއްކުމަށް ބޭނުންކުރާ ކާޑު.. އަހަރުން 7 ދުވަހުގެ ދަތުރެއް ނިންމާ އިރު 600 ޑޮލަރު އެބަ އޮވޭ މާލެ ގެންނަން.. ބިލްތައް ދައްކަނީ ކާޑުން..
ޙުސައިން.
10 November 2025
އޮންލައިންކޮށް viyafaar kuraa ބޭފުޅުންނަށް ވަރަށް ބޭނުން ކަމަކަށްވާނެ. ކިޔަވާ ކުދިންނަށް ވެސް
ފައިސާ
10 November 2025
ބެންކް ތަކުން އެކަނި ޑޮލަރު ގަނެވޭގޮތް ހަދާކަށް ނުވޭތަ؟ އެކްސްޗޭންޖްތައް ކަޅުބާޒާރު ހިންގުން ފިޔަވާ އިތުރު ކަމެއް ނުކުރޭ! ނޯމަލް ލިމިޓްއަށް ވުރެ ބޮޑަށް ޑޮލަރު ބޭނުންނަމަ ބެންކްއަށް ޑޮކިއުމަންޓް ހުށަހަޅައިގެން ކުރާގޮތަށް ހަދަންވީ، އޭރުން އެންމެނަށް ހަމަހަމަ އުސޫލަކުން ޑޮލަރު ލިބި ކަޅުބާޒާރު ހުއްޓޭނީ.
އޭކު ސަވާލް
10 November 2025
ކުރިން އޮންނަނީ ދުވާލަކު 400 ޑޮލަރގެ ލިމިޓެއް ނޫންތޯ؟
އަހާނަމޭ ބުނެދޭށޭ
10 November 2025
ރާއްޖެއިން ބޭރު ޤައުމުތަކުގައި ބީއެމްއެލް ޑެބިޓް ކާޑު ބޭނުންކުރީމާ ޑޮލަރަކަށް ބޭންކުން ކަނޑާލަނީ ކިހާވަރެއްކަން ބުނެދީބަލާށެވެ. މިސާލަކަށް އިންޑިއާ، މެލޭޝިާ، ތައިލެނޑް ސައޫދީއަރަބިޔާ، ޗައިނާ އަދި ސިންގަޕޯރ،
އަޖައިބުވޭ
10 November 2025
ކޮމެންޓު ތައް ކިޔާފަ މި ހިތަށް އަރަނީ އަހަރެމެން ދިވެހިންނަށް ރަގަނޅު އެއްކަމެއް ވެސް ނޯވޭހޭ! ދަރިންނޭ މިހުންނަނީ ވަރަށް ބޮޑަށް ފައިދާވާ ކަން ކަން، މި ސަރވިސް ރަނގަޅު ގޮތުގަ ބޭނުން ކޮށްގެން ފައިދާ ހޯދޭނެ، ޓްރެވެލް އެޖެންޓުން ޓިކެޓަށް ބަހަށް ޗާޖުކުރޭ، އޮންލައިން ކޮން ވިސާ ކާޑުން %20-%30 އަގުހެޔޮކޮށް ޓިކެޓް އެބަނެގޭ، މީ ވަރަށް ރަނގަޅު ނިންމުމެއް.. ބޭންކުން މި ނިންމުމަށް އަމަލު ކުރުމުން މާލީ މިނިވަންކަން ލިބިގެން ދާނެ ޒުވާނުން އުޅޭނެ. ޝުކުރިއްޔާ
މިމީހާ
10 November 2025
ޓްރެވަލް އެޖެންޓުންކުރާ މަސައްކަތަކީވެސް އެފަރާތްތަކުން އާމްދަނީ ހޯދަން ކުރާ ކެތްތެރި (ތިކަހަލަ މީހުންނާ މުޢާމަލާތު ކުރަންޖެހޭ) ބުރަ މަސައްކަތް. ތިހާ ދަށްކޮށްނުލާ.
ހަންބޯ
10 November 2025
މިފޮރިންކަރަންސީ ހުއްޓުވަން ވެއްޖެއެއްނޫން. ބޭންކުން މިހާރު ސަރުކާރުކަރު ޕްްރޮޖެކްޓްތަކަށް އެތައް ބިލިއަން ރުފިޔާއެއްގެ ޕްރޮޖެކްޓް ކޮންޓްރެކްޓަރ ފައިނޭންސް ގޮތުގައިދިނުން މީ އިކޮނޮމިކް ކާރިސާއަކަށް ވެއްޓޭން ކަމެއް. ލުބްނާންއަކީ މީގެރަގަޅު މިސާލެއް މުއިއްޒް އެބަޖެހޭ ދިވެހިންކައިރީ ބުނަން ކަލޭމެންގެ ބޮޑާކަމަށް އީގޯއަށް ޕޮލިޓިކަލް ފިއްތުންތަކަށް ޕްރޮޖެކްޓް ނުހިގާނެކަމަށް، ގައުމުގެ ދަރަނި އޮތީ ވަރަށް ދަށުގައި. ފައިނޭންސް މިސްމެނޭޖްކުރުން ހުއްޓާލާ
ފަތިބޯ ލަނޑާ
10 November 2025
ބޮރޯ ކޮބާ ކަލޭގެ މައްސަލަ އަކީ..؟ އެއްކޮށްލައިގެން ތިބޭ ވެރިކަމަށް ފެން ބޮވައިގަނެފައިވާ އިދިކޮޅަށް ރައްޔިތުންގެ ތާއިދެއް ނެތް.
ޖެންޒީ
10 November 2025
މިހުންނަނީ ސަޅި ކަން ކަން ހާޑު ކޭސް ނެތި ބީ ލައިކް މިލިއަނަރ، ޝުކުރިއްޔާ
ޑރ ވާންޗޯ
10 November 2025
އިރާދަކުރެއްވިއްޔާ ޑޮލަރުގެއަގު ތިއޮތީ ތިރިވެފަ. ސުކުރިއްޔާ ރައީސް، ސުކުރިއްޔާ ބީއެމްއެލް.