ރައީސް މުއިއްޒު މިއަދު ހަވީރު ވަނީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވާފައި.
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު، މިއަދު އަލުން ފަށައިގެން ކުރިއަށް ގެންދަނީ.---ފޮޓޯ: ރައީސް އޮފީސް
10 ނޮވެމްބަރ 2025 - 18:01
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު، މިއަދު އަލުން ފަށައިފި އެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު އަލުން ފެށުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވައި، މައުލޫމާތު އޮޅުން ފިލުއްވައިފަ އެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދާ ގޮތް ރައީސް މުއިއްޒު މިއަދު ހަވީރު ބައްލަވާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަސައްކަތް ސެޕްޓެމްބަރު 2023 ގައި ފަށައި މިހާތަނަށް 24 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ. އޭގެ ފަހުން އެ މަޝްރޫއު މަޑުޖެހުނީ، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިސް ކުރުމުގެ މަސައްކަތް ފެށުމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ރައީސް މުއިއްޒު މިއަދު ހަވީރު އޮޅުން ފިލުއްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެޗްޑީސީން ބުނީ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު އަލުން ފެށުމާ ގުޅިގެން، އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުތައް އެ ކަމަށް ސަމާލުވާން އެދޭ ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި، އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހިދައުލަތް
11 November 2025
ސުކޭމަކުން މާލެ ރައްޔިތުންނަށް ފަޅުންނާއި ގިރިތަކުން ދިން ގޯތި ފެނުން މައްޗަށް އަރަނީ.. ސުކުރިއްޔާ ރައީސް ޑރ މުއިއްޒު
ސަމާލު
11 November 2025
ތިޔައީ ނޮވެމްބަރު 14 ޖަލްސާ އަށް ޖެހި ސްޓަންޓެއް
ބަލާށޭ
11 November 2025
ހުޅުމާލެ 4 ބިން ހިއްކަން ފަށަންވީ ހުޅުމާލެ އިރުން އޮތްފަޅު އެތަން ހިއްކާ އެތަނަށް ބަދަލު ކުރަންވީ ހުރިހާ ރިސޯރޓް ތަކުގެ މާލެ އޮފީސް މިގޮތުން ކޮންމެ ރިސޯރޓަކަށް 1 ހެކްޓަރުގެ ބިމެއް ވިއްކާނީ 10 މިލިއަން ޑޮލަރަށް ދެން މާލޭގައި ހުރިއްޔާ ހުރި ހުރިހާ ވާރކްޝޮޕް ތައް ވެސް އެތަނަށް ބަދަލުކުރާށޭ ބިން ވިއްކައިގެން މާލެ ލުއި ކުރާށޭ އަމިއްލަ ކުންފުނި ތަކަށް ވެސް ފްލޯރ ސްޕޭސް ވިއްކާށޭ ދިގު މުއްދަތުން އަމިއްލަވާ ގޮތަށް އެއިރްށް ދައުލަތަށް އާމްދަނީ އިތުރުވާނެއޭ
ސާބަހޭސާބަހޭ
11 November 2025
ދަރަމުން ގޮސް ނޭވާ ހޮޅިއަށް އެޅިފަ އޮތަސް ބިލިޔަނުން ލޯނު ނަގައިގެން ބިން ހިއްކާފަ 18 އަހަރު ކިރިޔާ ފުރުނު ބޭފުލުންނަށް ބަހާލާ! ޜޓ ގުރޫޕު 1000 އަހަރަށް ކުލި ދައްކާނެ! ސާބަހޭ!
އޮނަރަބަލް ލަބަރި
11 November 2025
ހިއްކާފައި ގޯތި ހަވާލު ކުރީމައި ނޫނީ ވޯޓެއް ނުދޭނަން.
ހުސެން 833
11 November 2025
ހިއްކަން އޮތަނެއް ވިއްޔާ ހިއްކާފަ މާލެމީހުންގެ ދަރިންނާއި ދަރިފަސްކޮޅަށް ބަހާލާށެވެ. ހިޔާފުލެޓަށްވެސް ބަހާލަން ލިބުނީ އެމްޑީއަށް، ފަހިދިރިއުޅުމުގެ 4000 ފުލެޓްވެސް އެމްޑީޕީން ހަދާފައޮތް ލިސްޓަށް ބަހާލީ ރައީސް މުއިއްޒުއެވެ. މުލިއެކު 11 ހާސް ފުލެޓް މިދިޔައީ އެމްޑީޕީން ބޭނުންވާ ގޮތަށެވެ. މިސަރުކާރުން އަޅާ ފުލެޓަކަށް ދެން މީހަކަށް ވަދެވޭނީ ކޮންދުވަހަކުންބާއެވެ.؟ ސަރުކާރުގެ ފިކުރުގެ މީހުންނަށް މުޅިންވެސް މިލިބެނީ ފުލެޓް ކަންތަކުގައި ބޮޑެތި ބޮޑިއެވެ.
ގޮމަކަސްތޫރި
11 November 2025
ކަލޯމެން ބަތް ކައްކާ އުސޫލުން ތިޔަކަން ނުކޮއްބަލަ. 1 ދުވަހު ހިތްކާފަ، އަނެތް 12 މަސް މަޑު ޖައްސާފަ. ހާދަ އުންމީދެކޭ މިކަހަލަ ހަބަރެއް ފެންނަ އިރަށް މި އާވަނީ. އެކަމަކު ކައުންސިލް އިންތިހާބު ނިމޭ އިރަށް އަނެތްކާ އަހަރުމެން ވީ، ކަލޯމެން ތިކަން ހުއްޓާލައިގެން ކަރު އެލެން!
އަވަސްކުރޭ
10 November 2025
މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ތިލަ ފަޅުވެސް ހިއްކަންވީ މިކަން ކުރަން ޗައިނާ އިން 10 ޓްރިލިއަން ޑޮލަރުގެ ލޯން ނަގައިގެން އެކަަން ކުރަންވީ ފަސް ނަގާނީ އަލިހުރަސް ކަނޑުންނޭ އެކަނޑުގައި ފަސް އެބަހުއްޓޭ 1000 ކިލޯ މީޓަރު ބޯމިނުގަިއ އެފަސް ނަގައިގެން މާލެއާއި ވިލިގިލި ދެމެދު އޮތް ތިލަފަޅު ހިއްކާލާ މާލެ އާއި ހުޅުލެ އާއި ދެމެދު އޮތް ތިލަފަޅު ހިއްކާލާ އަދި މާލޭ ދެކުނުން ފެށިގެން ގޮސް ހިއްކަންވީ ރަސްމާލެ އާއި ޖެހެން ދެން އެއިރުން ތަނެއް ހިއްކުނީ
ޖައްސާޖައްސާ
10 November 2025
ތިރީސް އަށް ހެކްޓަރު އެއީ 3800 މީޓަރު ދިގު 3800 މީޓަރު ފުޅާ މިނުގެ ބިމެކޭ އެއީ ވަރަށް ކުޑަބިމެއް ކަމަށޭ މަމެން ދެކެނީ އަދި އެބަޖެހޭ ހުޅުމާލެ ބޮޑުކުރަން ހަދަންވީ ގޮތަކީ ހުޅުމާލޭ އިރުން އޮތް ބިން ހިއްކަންވީ ގޮސް ކަނޑުން ބަޔަކާއި އެކު ފުޅާ މިނުގައި 10 ކިލޯމީޓަރު ހުންނަން ޖެހޭނެއޭ އެއިރުންނޭ ބިން ހިއްކުނު ކަމަށްވާނީ ރާއްޖެތެރޭގައި ބިން ހިއްކާ ގޮތަށް ބޯކިބާ ފޮތިވަރުގެ ބިން ހުޅުމާލޭން ހިއްކައިގެން ކުރެވޭނެ ބިމުގެ ވިޔާފާރި އެއް ނުހުންނާނެއޭ ނުހުންނާނެއޭ
ގުދުގުދާބެއްޔާ
10 November 2025
ތިޔަ ތަނުން ގޯތީގެ ރަޖިސްޓްރީ ލިބިފަ އޮންނަތާ 2 އަހަރު ވެއްޖެ! އަވަހަށް ތިޔަތަން ހިއްކާފަ ލިބިފައިވާ ލޮޓުން ގޯތި ހަވާލުކޮއްދީ! އޭރުންތާދޯ ވޯޓުވެސް ދެވޭނީ!