32 ރަށެއްގައި ކުޑަކުދިންގެ ޕާކް އަޅަން އެޗްޑީސީން ސިޓީސް މިނިސްޓްރީއާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: އެޗްޑީސީ
10 ނޮވެމްބަރ 2025 - 23:23
ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ހަދަން ސަރުކާރުން އެޗްޑީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީގައި ބޭއްވި ހަފުލާއެއްގައި އެ ޕާކުތައް ހެދުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ލޯކަލް ގަވަމެންޓް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރެއްވީ، ފައިނޭންސް އެގްޒެކެޓިވް މުހައްމަދު ސަރާހް އެވެ.
އެ އެއްބަސްވުމުގެ ދަށުން އެޗްޑީސީން ޕާކު ހަދައިދޭނެ އަތޮޅުތަކަކީ:
- ހއ. އަތޮޅު
- ހދ. އަތޮޅު
- ށ. އަތޮޅު
- ނ. އަތޮޅު
- ރ. އަތޮޅު
- ބ. އަތޮޅު
- ވ. އަތޮޅު
- ދ. އަތޮޅު
- ތ. އަތޮޅު
- ލ. އަތޮޅު
- ގއ. އަތޮޅު
- ގދ. އަތޮޅު
އެޗްޑީސީން ބުނި ގޮތުގައި އެ 12 އަތޮޅުގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ހަދާނެ އެވެ. އެކަމަށް އެ ކުންފުނިން 28 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް އެނގިފައި ވެ އެވެ.
އެ ރަށްތަކުގައި ޕާކު ހަދަން ބޭނުންވާ ސާމާނު ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް އެޗްޑީސީން ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީގެ އަމާޒަކީ، ސަރުކާރުގެ މިފަދަ ޕްރޮޖެކްޓުތަކަށް އެއްބާރުލުން ދިނުމާ އެކު، ކުރިމަގުގައި ވެސް މުޖުތަމައުއަށް ފައިދާހުރި އަދި ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަޓާޓޯ
11 November 2025
ދިވެހިން އަސްލު އަސާސީ ހިދުމަތް ބޭނުންވާހެނެއް ހިއެއް ނުވޭ. ދިވެހިން ބޭނުންވަނީ ބޭރަށް އޮފު ދެއްކުންތެރި ތަކެތި. އެހެންވެތާ ފުޓްސަލް ދަނޑުތަކާ ޕާކުތަކާ ރިކްރިއޭޝަން ސެންޓަރުތަުގެ ވާހަކަ ކުޑަކުދިންއަތަށް ދީގެން އެފޮނުވާ ނޯޓުތަކުގައި އޮންނަނީ. ސްކޫލް، ސިއްހީ ހިދުމަތް، ދަތުރު ފަތުރު، ބޯހިޔާވަހިކަން މީ ދިވެހިންނަށް މުހިންމު ކަންކަން ހެނެއް ހިއެއް ނުވޭ. އެހެންނަމަ އެކަންތައް ނުކޮށް އޮފު އަރުވަން ކުރާ ކަންކަމާ ދެކޮޅަށް އަޑުއުފުލާނެ.
ލާފްމް
11 November 2025
ފޭސް 2 ގެ ހިޔާ ފްލެޓު، ވިނަރެސްގެ މެއިންޓެނެންސް މަސައްކަތް ކުރާނީ ކުރަނީ ކޮން ދުވަހަކުންބާ؟
ވވދެރަ
11 November 2025
ކ އަތޮޅުގެ ރަށްތައް ނުފެނޭ ދޯ އެއްވެސް ސަރުކާރަކަށް؟؟
ލޮލްޒ
11 November 2025
ހެޔޮނުވާނެ. ހުޅުމާލެ ދުވާރުތަކުގެ މައްޗައް އަރާފަ ހުންނަ ދިގު ވިނަތަކާ ގަސްތައް ކޮށާބަލަ. އެއީޑީސީގެ ޒިންމާއެއް ނޫންތަ؟ ރައްޔިތުން ނުކުމެ ކޮށައިދޭން ވީތަ؟ ތަނެއްގަ ހެދިކާ ހަރުގަނޑެއް ބަހައްޓާއިރައް ރޭރުވާނެ. އެކަމަކު މަގުތަކެއް ނުބެލެހެއްޓޭ.
ހުޅުމާލެކޮށްބަލަ
11 November 2025
ވައި އެޗްޑީސީ؟؟
ރެކިފުތާން
11 November 2025
ޅ. އަތޮޅު ވެސް ނެތް. ކިހިނެއްބާ ސާވޭކުރީ ، ހިންނަވަރުގައި ކުޑަކުދިންގެ ޕާކުގައި ކުޑަކުއްޖަކަށް އެރޭނެ އެއްޗެއް ނެތްތާ 2 ނޫނީ 3 އަހަރު ވަނީ، ޕާކުގައި ހަލާކުނިވާ އެކަތިވެސް ނެތް
ށައިކުރާ
11 November 2025
ހުޅުމާލޭގަ ހުރި ޕާކުތައް ފުނޑިފަ ހުއްޓަސް ހެޔޮތާ. ނޫނޭ މިއީވާ . ސަރުކާރެއް