އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް މި ކެމްޕެއިން ކުރިއަށް ގެންދާނެ.
11 ނޮވެމްބަރ 2025 - 07:31
އިންޝުއަރެންސް ފައިސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަމިއްލަ އަތުން ހޭދަނުކޮށް އެމްއާރުއައި ހެދޭ ކެމްޕެއިނެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށައިފި އެވެ.
ހަމައެކަނި ދިވެހިންނަށް އަމާޒުކޮށްގެން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކެމްޕެއިންގެ ދަށުން އެމްއާރުއައިގެ ހިދުމަތް ހޯދާ މީހުން އިންޝުއަރެންސް ހަރަދު ފިޔަވައި އިތުރު ފައިސާއެއް ދައްކާކަށް ނުޖެހޭނެ އެވެ.
ހުޅުމާލޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ ހަމައެކަނި އަމިއްލަ ހޮސްޕިޓަލުން އިއްޔެ ބުނީ، އެ ކެމްޕޭންގެ މައިގަނޑު މަގުސަދަކީ، އެމްއާރުއައި ހެދުމަށް ހޭދަވާ ހަރަދުގެ ސަބަބުން ބަލި މީހުންނަށް ކުރިމަތިވާ ހުރަސްތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ. އަދި މާލީ ދަތިކަމުގެ ސަބަބުން، އެމްއާރުއައި ނުހެދި، ބަލި ދެނެގަތުން ލަސްވުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަކީ މިފަދަ ކެމްޕެއިނެއް ހިންގުމުގެ އެއް މަގުސަދު ކަމަށް ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، މި ފަދަ މުހިންމު ޑައިގްނޯސްޓިކް ހިދުމަތެއް ހިލޭ ދިނުމުގެ ސަބަބުން ބަލި މީހުންނަށް އަވަހަށް ބަލި ދެނެގަނެވި، އެކަށީގެންވާ ފަރުވާ ދިނުމަށް މަގުފަހިވާނެ އެވެ.
Scan Today for a Better Tomorrow!
— Tree Top Hospital (@treetophospital) November 9, 2025
Our new MRI campaign is live — enjoy ZERO out-of-pocket expenses on applicable MRI services after your public health scheme and 3rd party insurance.
Promo Duration : 9 Nov – 31 Dec 2025
Call 3351610 to book your scan today! pic.twitter.com/qQVenzYrFI
އެމްއާރުއައިއަކީ ކެންސަރާއި ނާރުގެ ބަލިތަކާއި މަސްތަކާއި ކަށިތަކުގެ އަނިޔާ ފަދަ ބަލިތައް ތަފުސީލްކޮށް ދެނެގަތުމަށް ހަދާ ޓެސްޓެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްއާރުއައި ހެދުމަށްޓަކައި ބަލި މީހުންގެ އަތުން ފައިސާ ނުނެގި ނަމަވެސް ޑޮކްޓަރެއްގެ ރިފަރަލްއެއް ނުވަތަ ލިޔުމެއް ހުށަހަޅަން ޖެހޭނެ އެވެ. މިއީ އެމްއާރުއައި ހެދުމަކީ ސިއްހީ ގޮތުން މުހިންމު ކަމެއްކަން ކަށަވަރު ކުރުމަށްޓަކައި ހުށަހަޅަން ޖެހޭ ލިޔުމެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، މި ކެމްޕޭނުގައި ބޭނުން ކުރާނީ ޒަމާނީ އެމްއާރުއައިގެ ސާމާނު ކަމަށާއި ނަތީޖާ ދިރާސާ ކުރާނީ ތަޖުރިބާކާރު ރޭޑިއޮލޮޖިސްޓުން ކަމަށެވެ. އޭގެ ބޭނުމަކީ އެ ހޮސްޕިޓަލުން ބުނި ގޮތުގައި، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރިޕޯޓުތައް އެންމެ ފުރިހަމަ އަށް ތައްޔާރު ކުރުމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ އެކި ހިދުމަތްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް މިފަދަ އެކި ކެމްޕެއިނުތައް އަބަދު ވެސް އަންނަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy