ސިވިލްކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިން: ސިވިލް ކޯޓުން ވަނީ އޮންދިގޯ އިން 14 ދުވަސް ތެރޭ 8.5 މިލިއަން ރުފިޔާ ދައްކަން ހުކުމެއް ކޮށްފައި. -- މިހާރު ފައިލް ފޮޓޯ
11 ނޮވެމްބަރ 2025 - 11:04
ރާއްޖެއަށް އެކި ބާވަތްތަކުގެ މުދާ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ އޮންދިގޯ ޕްރައިވެޓް ލިމިޓެޑުން ޖީއެސްޓީ އާއި ޕްލާސްޓިކް ކޮތަޅު ފީ އާއި އެ ފައިސާ ނުދެއްކުން އަރާފައިވާ ޖޫރިމަނާއާ އެކު 8.5 މިލިއަން ރުފިޔާ މޯލްޑިވްސް އިންލޭންޑް ރެެވެނިއު އޮތޯރިޓީ (މީރާއަށް) ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން، 2020 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އޮންދިގޯއިން ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ 7.3 މިލިއަން ރުފިޔާ އެ ކުންފުނިން އޮތީ ނުދައްކަ އެވެ. އެހެންވެ، ޖޫރިމަނާގެ ގޮތުގައި އެ ކުންފުނިން 1.8 މިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ދައްކަން ޖެހޭ 474ރ. ވެސް އޮންދިގޯއިން ނުދައްކާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ ފައިސާ ހޯދަން މީރާއިން ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ދައުވާގެ ލިޔެކިޔުންތައް އޮންދިގޯއަށް ރައްދުކުރި ނަމަވެސް، އެކަމަށް ގާނޫނުގައި އޮންނަ މުހުލަތުގައި ޖަވާބުދާރީވެފައެއް ނުވެ އެވެ.
އެހެންވެ އޮންދިގޯގެ ޣައިރު ހާޒިރުގައި، ޝަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމައިދޭން މީރާއިން އެދުމުން އެގޮތަށް ވަނީ މައްސަލަ ކުރިއަސް ގެންގޮސްފަ އެެވެ. ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހާލަތުގައި ދައުވާ ލިބޭ ފަރާތުން ރައްދު ނުދޭ ނަމަ ޝަރީއަތް ހިންގުމަކާ ނުލައި ޣައިރު ހާޒިރުގައި ހުކުމް ކުރެވޭނެ ކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގައި އޮވެ އެވެ.
އެހެންވެ، މީރާއިން ކުރި ދައުވާގައިވާ 8،511،029.30ރ. އަކީ އޮންދިގޯ އިން ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކުރީ މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 14 ދުވަސް ތެރޭ މި ފައިސާ މީރާއަށް ދެއްކުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޟާޜި
11 November 2025
ބުނާތީ އެހިން ރ.ޔާމީންގެ ހިއްސާއެއް އޮންނަ ކަމަށްވެސް
އޮންދިގޯ
11 November 2025
ބަލަ މި ޞަރީއަަތް ލިބޭ އިންސާނެއްގެ ނަން ނުޖެހީ ކީއްވެބާ -
ާޮއޮންދިގޯ
12 November 2025
މިއޮއްހުރިހާޢިރު މަ ހީކުރީ އޮންދިގޯ އަކީ އިންސިއެއް ކަމަ ށް..
މުލޭ
12 November 2025
މިއީ އިންސާނަކާ ދެކޮޅަށް ހިންގި ޝަރީޢަތެއް ނޫން. މިއީ ވިޔަފާރިއަކާ ދެކޮޅަށް ހިންގި ޝަރީޢަތެއް. ވިޔަފާރީގައި ހިމެނޭ މީހުން ބަލަންޖެހޭނީ.
ޑރ ވާންޗޯ
11 November 2025
ޖީއެސްޓީއަކީ ރައިއްޔަތުންގެ އަތުން ސަރުކާރަށްނަގާ ޓެކްސްއެއް، ތިޔަ ކޮމްޕެނީގެ ފައިސާއެއްވެސްނޫން. ރައިއްޔަތުން ސަރުކާރަށް ދެއްކުމައްޓަކާ ހަވާލުކުރާ އަމާނާތެއް. އަމާނާތައް ޚިޔާނާތްތެރި ވުމުގެ ދައުވާވެސް ކުރެވެންޖެހޭނެ.
މުލޭ
11 November 2025
ޖީއެސްޓީއާއި ޕްލާސްޓިކް ކޮތަޅު ފީއަކީ ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސެއް. ދައުލަތަށް މި ޓެކްސް ޙަވާލުކުރަން ވިޔަފާރިވެރިން މެދުވެރިވަނީ. މިޓެކްސް ރައްޔިތުންއަތުން ނެގުމަށްފަހު ދައުލަތާ ޙަވާލު ނުކުރުމަކީ ޚިޔާނާތެއް. މިފަދަ ކަންކަމުގައި މީރާއާ އެއްބަސްވުމަކަށް ނާދެވި ދައުލަތަށް ފައިސާ ޙަވާލުނުކުރުން ވާނީ ޚިޔާނާތަކަށް. އެކަމަށް ވެސް އަދަބެއް ދޭންވާނެ.
ބޱ ޓެކުސް
11 November 2025
ކަލޯ ނިކަން ބުނެދީބަލަ މިވިއަފާރީގެ ވެރިން.
ކައްޒާބުދޮންތުއްތު
11 November 2025
ކަސްޓަމްގެ ކުރީގެ ވެރިޔާ މުހައްމަދު ޖުނޭދުބޭގެ ކުންފުންޏެއްތަ މީ.
މުސަފިޔާ
11 November 2025
ޖުނެއިދު ދައްކާނެ ކަމަށް ބެލެވޭ