ހިޔާ މަޝްރޫއުގެ ޓަވަރުތައް-- މިހާރު ފޮޓޯ
16 ނޮވެމްބަރ 2025 - 13:54
ހިޔާ ފްލެޓް ނިންމުމަށާއި ވިނަރެސް ފްލެޓު ގަތުމަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ކުޑަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލްގައި އެދިވަޑައިގެންފި އެވެ.
އެ މަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާ ފްލެޓްތައް ނިންމަން 535 ލޯނާއި ވިނަރެސް ފްލެޓް ގަންނަން 26 ލޯނު ދޫކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އިޖުތިމާއީ އަދި އަތްފޯރާ އަގުގައި ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ލޯނުތަކަށް ވާތީ އެ ލޯނުތަކަށް ލުއި ގޮތްތަކެއް ހަދަން ބީއެމްއެލްއާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން
— Dr Mohamed Muizzu (@MMuizzu) November 16, 2025
* ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި،
* ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ،
ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢު ތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނު ތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް…
ހިޔާ ފްލެޓުތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓެވެ. ނަމަވެސް، އެ އަދަދު 10 ޕަސެންޓަށް ކުޑަކޮށް، ލޯނު ދައްކަން ދަތިވެ، ޑީފޯލްޓް ވެފައިވާ މީހުންނަށް ފަސޭހައިން ފައިސާ ދެއްކޭނެ ޕްލޭނެއް ހަދައި ދިނުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
އޭގެ އިތުރުން ވިނަރެސް ފްލެޓް ގަންނަން ދޫކުރި ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން އަށް ޕަސެންޓަށް ކުޑަކޮށްދިނުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
"އެއީ ކުރެވިދާނެ ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން މި ކަންތައް ކޮށްދެއްވުމަށް ވާނީ ދަންނަވާފައި،" އެ މަނިކުފާނުގެ ޕޯސްޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސޭނުބޭ
17 November 2025
މި ނޫނީ ރައްޔިތުންގެ ހާޖަތު ތަކަށް ހުރިހާ ދިމާލަކުން ބައްލަވައި ހައްލު ހޯދުމަށް މަސައްކަތް ކުރާ ސަރުކާރެއް ނާދެ، ހިޔާ ފުލެޓަށް ލިފްޓް އިތުރު ކޮށްފި، ކަރަންޓާއި ފެން ބިލު ކުޑަކޮށްދީފި، ލޯނު ތަކުގެ އިންޓަރެސްޓް ރޭޓް ކުޑަކުރުމަށް މަސައްކަތް ކޮއްދީފި، ސިނގިރޭޓުން ޒުވާނުން ސަލާމަތްކޮށް ދީފި. މީ ހެޔޮއެދޭ ހެޔޮ ވެރިކަމަކީ.. ޝުކުރިއްޔާ ރައީސް ޑރ މުއިއްޒު
ނައުޝޫދް
17 November 2025
ކުރީގަ ވެރިން ރައްޔިތުންގެ ކަންބޮވުންތައްކަށް ހައްލު ގެނެސްދެވިފައެއް ނެތް. މުއިއްޒު ނޫނީނެތް މިވަރު ވިސްނާލި ވެރިއެއްވެސް
ނުއުމާން
17 November 2025
ހިޔާ ފުލެޓްގަ ދިރިއުޅޭ މީހުން މިއަދު ރައީސް މުއިއްޒުއަށް ވޯޓުދޭން ހައްގު. އެމީހުންނަށް އެކަނި ޓާގެޓްކޮށްގެން އެތައް ބައިވަރުކަންތައް މިހާރު ކޮށްދީފި. 200000 ހުރިހާ އެންމެން އަތުން ކަޑާފި. ދައްކަންޖެހޭ ކުލީގެ އަދަދު ކުޑަކޮށްދީފި، އިތުރު ލިފްޓުތައް ހަރުކޮށްދީފި
ލުފްޝާން
17 November 2025
ކިހާ ރަނގަޅު ރައީސްއެއް މީ. ރައްޔިތުން ފެލާލާ ބޭންކޭ ބުނި ބޭންކު މެދުވެރިކޮށް ވަރަށް ގިނަގުނަ ލުއި ފަސޭހަތަކެެއް މިއަދު ލިބިގެންމިދަނީ
ހަސަދަވެރި އިންސާނާ
17 November 2025
އެންމެންވެސް ގަބޫލުކުރޭ ބޭންކުތަކުގެ އިންޓަރެސްޓް ރޭޓް އިންތިހާއަށް ބޮޑުކަން، އެކަމަކުވެސް ސަރުކާރުން ވިނަރެސްގެ ފްލެޓުތަކުގެ ލޯން އިންޓަރެސްޓް ރޭޓް ދަށް ކުރާ ވާހަކަ ބުނީމަ އެންމެން ވެސް މި ތެޅިގަތީ، އެކަމާ ދެކޮޅަށް، އަޖައިބުވެ އަންތަރީސް ވޭ! ކަން ކަން ރަގަޅަށް ކުރާތަން ބަލަން ވެސް ހަޖަމު ނުވެގެން އުޅޭބައެއް މި ނޫނިއްޔާ ނޫޅޭ.. ވަރަށް ސަލާމް.. މަރުހަބާ ރައީސް
ސުޖާހަސަންބެ
16 November 2025
ތިޔަ ހިޔާ އަކީ ގައުމުގެ ބަލި ދަރި ވަހި ހިޔާ އަކަށްނޫން ހައުސިން ކޮންމެ ލޯނެއް ހަމަ ހަމަވާން ޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
16 November 2025
ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް އެކަމަށް ބޭނުންވާކަންކަން ފުރިހަމަކޮށް ސިޔާސަތުކަޑައަޅާ ތަންފީޒުކުރާ ފަދައިން "ދައުލަތުގެ ޙައްޤާއި، މުދަލާއި ފައިސާ ރައްކާތެރިކޮށް ބެލެހެއްޓުމަކީވެސް" ރައީސުލް ޖުމްހޫރިއްޔާކަމުގައި ހުންނަ މީހެއްގެމައްޗަށް ލާޒިމްވެގެންވާ ކަމެއް. ކަށިމައްޗަށް ޕޮއިންޓްދީގެން ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ފުލެޓްތައް ލިބުނުމީހުން އެއްބަސްވުމާއިއެއްގޮތަށް ފައިސާނުދައްކާތީ ދައުލަތަށްލިބެންޖެހޭ 900މ ރުފިޔާ ހޯދަންވެސް މަސައްކަތްކުރޭ.
ާެއެމްވީ
16 November 2025
ކޮބާހޭ ދެވަނަބުރުގެ ގޯއްޗަށް ލީފޯރމްތައް ، 19 ހާސްރައްޔިތުން އެބަތިބިކަން ސަރުކާރަށް ހަންދާންކޮއްދެން، އަހަރުމެންނަށް އިތުރު އެއްވެސް ތަނަކަށް ފޮރމުލިޔަކަނުދިން އަންބިމީހާގެ ފުލެޓެކޭކިޔާފަ އޭރު ، މިހާރު މިހުރީ ވަންނާނެ ތަނެއްނެތި މަގުމަތިވެފަ. ދެން މިޖެހެނީ ހިލޭ ކާންދޭތަނައް ދާން
ސީނުހުސެން
16 November 2025
އަދި ތިޔަތަންތަނަށް ނެގި ލޯ އެއްކޮށް މާފްވެސްކުރާނެ ، މި ގައު މިހިނގަނީ ރަގަޅަކަށް ނޫން، ވެރިކަމުގަ ގިނަ ދުވަހު ހުންނަން ބޭނުން ވިޔަސް ތިބެންވާނީ ހަމާއިގަ ، ހަމައިން ނެއްޓިގެން ނުވާނެ.
ސާފު ހިސާބު
16 November 2025
އަޅުގަޑުގެ ރައްޓެއްސަކު ބީއެމްއެލްއިން ނެގި 4.5 މިލިއަން ރުފިޔާގެ ފުސިލިޓީއަކަށް އެއްވެސް ދިޕޯލްތެއް ނުވެ މިހާރު 1.6 މިލިއަން ރުފިޔާ ދައްކައިފިއެވެ. ޢެކަމަކު ލޯނުގެ ޖުމުލައިން ބާކީ ހުރި ޢަދަދު 4 މިލިއަނަށްވުރެ އަދިވެސް ބޮޑެވެ. މިއީ ތަންކޮޅެއް ބޮޑުވަރު ނޫންތޯއެވެ؟