ވިނަރެސް ފްލެޓްތައް: ވިނަރެސްގެ ޓަވަރުތަކުން ކާރު ޕާކިންގެ 94 ޖާގަ ބީލަން އުސޫލުން ވިއްކަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
18 ނޮވެމްބަރ 2025 - 11:29
ހުޅުމާލެ 2 ގައި ހުންނަ ވިނަރެސްގެ ޓަވަރުތަކުން ކާރު ޕާކިންގެ 94 ޖާގަ ބީލަން އުސޫލުން ވިއްކަން އެޗްޑީސީން އިއްޔެ އިއުލާންކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ވިނަރެސްގެ ޓަވަރުތަކުން ކާރު ޕާކިން ޖާގަ ވިއްކުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރި އިއުލާން ބާތިލުކޮށް، އުސޫލަށް އިސްލާހު ގެނައުމަށް ފަހު އަލުން ބީލަމަށް ހުޅުވާލަން މިހާރު ނިންމާފައިވާ ކަމަށެވެ.
ވިނަރެސްގެ އެކި ޓަވަރުތަކުން ކާރު ޕާކިންގެ ޖުމްލަ 94 ޖާގަ ބީލަން އުސޫލުން މިފަހަރު ވިއްކާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި، ބީލަމުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.
ވިނަރެސް ޓަވަރުތަކުގައި ޤާއިމުކުރެވިފައިވާ ކާރު ޕާކިންގ ޖާގަ ބީލަމުގެ އުސޫލުން ވިއްކުމާއި ގުޅޭ
— Housing Development Corporation (@hdcmaldives) November 17, 2025
އިތުރު މައުލޫމާތު: https://t.co/GUzuEjtDPt#WithHDC pic.twitter.com/dWzlJ4yLsW
ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 22 ގައި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ހުޅުމާލެ 2 ގައި ވިނަރެސްގެ 10 ޓަވަރު ހުންނައިރު، އޭގެން ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯގައި ކާރާއި ސައިކަލަށް ހާއްސަ ޕާކިން ޖާގަތައް ހަދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަހަނބު މަނިކު
19 November 2025
ފުލެޓުގަ އުޅޭ މީހުނަށް ދީފިއްޔާ ތިޔަ ހަމަ ނުއަގުގަ ވިއްކާލާނެ އެއްކަލަ މުއްސަނދިންނަށް. ކޮން ބަޔެއް މިއީ!
ޢޭންޖަލް
18 November 2025
ކޮބާ ފޭސް 2 އިން ގޯތިލިބުނު މީހުނަށް ކާރު ޕާކިންއަށް ހުޅުވާލި އިއުލާން.
އުދުހޭ
18 November 2025
ގޯތި ހިލޭ. ޕާކިންޒޯނު ވިއްކަނީ. އެމްޑީޕީ އާއި ޕީއެންސީ ރާއްޖެ ހަލާކުކޮށްފި.
ޗޮކްސް
18 November 2025
ވިނަރެސްގެ ކާރު ޕާކިން އަކީ ވިނަރެސްގެ އުޅޭ މީހުންގެ ޙައްޤެއް . އެތަން ތަނެއް ނުވިއްކޭނެ... މޮޔަވެގެންނޫޅޭ... ކީއްކުރާނީ ތަނެއްދޮރެއް ނުދަންނަ މީސްމީހުން ވެރިންނަށް ވީމާ މިހެންވާނީ.. އަބަދުވެސް މީހުންގެ ހައްގަށް އަރައިގަނެވިފައި އޮންނާނީ...
ޜަބަރޭ
18 November 2025
ދެން ޢާއްމު ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ގަރާޖެއް ލިބުމުގެ އެއްވެސް ޙައްޤެއް ނެތީތޯ؟ މުޢިއްޒު ވެރިކަމަށް އައީ ގަރާޖްސިޓީ އުވާލާނެކަމަށް ބުނެ، ފޮނި ހުވަފެންތަކެއް މާލޭގެ ރައްޔިތުންނަށް ދައްކައިގެން. ޙެދީ ހުސް ދޮގު.
ކޮރަޕްޝަނއ
18 November 2025
މީ ވަރަށްބޮޑު އޮޅުވާލުމެއް އެޗްޑީސީން. ވިނަރެސް ވިއްކީ ސައިކަލް އަދި ކާރު ޕާކިންގ ލިބޭނެ ކަމަށް ކިޔާފަ. އެޕާޓްމަންޓް ގަތް އަގުގައި އެ ބިމުގެ އަގުވެސް، ހިމެނޭ ، ވީމާ އެޗްޑީސީ އަށް ކިހިނެތް މި ޕާކިންގ ވިއްކާގެން ލާރި ހޯދެނީ؟ ވިނަރެސް ގައި އުޅޭ އެންމެން ކޯޓަށް ދާންވީ މިކަން ހުއްޓުވަން.
ދެން ލަލަލަ
18 November 2025
މިއަށް ކިޔަނީ ސޯޝަލް ހައުސިންގ ، ހައްހައްހައް
އިލި
18 November 2025
ޕާކިން ސުލޮޓުތަކައް ސަރުތު ހަމަވަންވާނީ ކުލި މަހުންމަހައްދައްކާ ހަލާސް ކުރާ ފަރާތްތައް އެކަނި
ލާމަސީލު
18 November 2025
ނަމުގަ ބޯހިޔާވަހިކަމަށް ދިންތަނެއްތާދޯ. މުއްސަނދިންނަށް ކާރުޕާރކިންގ އަށް ނިކަމެތި މީހާގެ ބޯހިޔާވަހިކަމަށް ދޭފްލެޓްވެސް ގުރުބާކޮށްލާ އުސޫލަކީ ގޯސް އުސޫލެއް
ކީއްކުރާނީ
18 November 2025
ތީދެން ކިހާ ދެރަކަމެއް. މުއްސަނދި މީހާ ބޭނުން އެއްޗެއް ހަދާލަންވީ ކުރިމަތީ ލާރި އުކައިފަގޮސްވެސް ނަގަންވީ. ތިޔަށްވުރެ ރަނގަޅަށް ތިކަން ގެންދަން ވެއްޖެ މިހާރު. ލިމިޓެޑް ޖާގައިގެ ތަނެއް ވީމަ ކޮންމެ މީހަކަށް ސައިކަލެއް ގޮތަށް ދުވަސްކޮޅަކުން ކޮންމެ މީހަކު ހިފާނީ ކާރަކަށް. އަހަރީފީ ބޮޑުކޮށް، ބޭރުގަ ޕާކިން އަށްވެސް ލާރި ނަގަންވީ. އަދި ބަސްފަދަ އެއްޗެއްސަށް މީހުން ގެންދެވޭނެ ގޮތެއް ހަދަންވީ.