18 ނޮވެމްބަރ 2025 - 13:42
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ހިދުމަތް ލިބޭ ގޮތަށް މާލޭގައި ބަސް ސްޓޭޝަންތަކެއް އިމާރާތްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ބުނީ މާލޭގައި މުޅިން އަލަށް، އޭޓީއެމްގެ ހިދުމަތްތަކާ އެކު، ބަސް ސޮޓޮޕް އިމާރާތްތަކެއް ހެދުމަށް އެމްއައިބީއާ އެކު މިދިޔަ އާދިއްތަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ. ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ބޭންކު އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު ޒުލާލް ޒައީމެވެ.
ސިޓީ ކައުންސިލުން ބުނީ، މި އެއްބަސްވުމަކީ ފާހަގަކުރެވޭ މިންވަރަށް، މާލޭގެ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްގީކޮށް، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ފަސޭހަކުރުމަށް އަމާޒުކޮށްގެން، މާލޭގެ ހަތަރު ސަރަހައްދެއްގައި ބަސް ސްޓޭޝަންތައް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.
• މަޖީދީ މަގު މާފަންނު މައިޒާން (ކުރީގެ މާފަންނު ގަބުރުސްތާން)
• އަމީނީ މަގުގައި ހުންނަ ސިނަމާލެ 3
• ބޮޑުތަކުރުފާނު މަގުގައި ހުންނަ ތައިސޭކޮށި
• ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދު
ސިޓީ ކައުންސިލުން ބުނި ގޮތުގައި، އެ މަޝްރޫއުގެ ޖުމްލަ ހަރަދު ކުރާނީ އެމްއައިބީންނެވެ. އެ އިންތިޒާމު ހަމަޖެއްސީ 10 އަހަރުގެ މުއްދަތަށް ކުލި ދައްކަން ނުޖެހޭ ގޮތަށެވެ.
އޭޓީއެމް ކިއޮސްކުތައް ހުންނަ އެ ބަސް ސްޓޭޝަން އިމާރާތްތައް ފަރުމާކޮށް، އިމާރާތްކޮށް އަދި އެ ތަންތަން ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރާނީ އެ ބޭންކުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ ނިމުމަކަށް އައުމުން އިމާރާތްތަކާއި ދާއިމީ ސްޓްރަކްޗާތައް، ބިމުގައި ދެމިހުންނާނެ ކަމަށާއި އެ ތަންތަން ވާނީ އެ ކައުންސިލުގެ ތަންތަނަށް ކަމަށް ވެސް އެ އެއްބަސްވުމުގައި ބަޔާންކޮށްފައި ވާނެ ކަމަށެވެ.
މި އިމާރާތްތައް ތަރައްގީ ކުރުމުގައި ދެ ފަރާތުން ވެސް އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ބަސް ހުއްޓާ ސަރަހައްދުގައި އެ ތަނަށް ވަދެނިކުތުމަށް އެއްވެސް ހުރަހެއް ނުވަތަ ދަތިކަމެއް ދިމާނުވާނެ ގޮތަކަށް ތަން ފަރުމާކުރުމަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
19 November 2025
ކިތަންމެ ޑިޖިޓަލްވެގެން ކޭސްލެސް އޭގޮވިޔަސް ކޭސްލެސް ދުވަހަކުވެސް ނުވެވޭނެ. ސަބަބަކީ ކޭސްލެސް ޑިޕެންޑްވާ އިންޓަރނެޓްޑައުން، ސަރވަރޑައުން ސޮފްޓްވެއަރ ކްރޭސް ފަދަކަންތަކުން ދުވަހަކުވެސް ސަލާމަތް ނުވެވޭނެތީ.
ޑރ ޗިންޗިން
19 November 2025
ތިޔަބުނާ އޭޓީއެމް ގަމިހާރު ވެސް ގިނަ ފަހަރު ފައިސާ ނުހުރޭ އަދި ޑައުން ވެފަ ހުންނަނީ. މިއީ ހަގީގަތް. އެއީ ފައިސާ ޗާޕުކުރާ މެޝިނެއް ނޫން. އެއަށް ފައިސާ އަޅަން ބެންކު މުއައްޒަފުންދާނެޖެހޭ. ބެންކު ނުހުންނަ ރަށްރަށުގަ ހުންނަ އޭޓީއެމް އަށް ފައިސާ ހިފައިގެން ލޯންޗްގަ ދެވޭއިރު ތިނެތިން އެކަތިވެފަ މިއޮންނަނީ.
ހަމަދެދެއް
19 November 2025
އިންޑިއާ ބޮޓެއް
ފައިސާފޮތި
19 November 2025
ޓެލެފޯނު ބޫތު ތައް ބާކީވެ އެކަނިވެރިވެ ނިމިދިޔަ ގޮތަށް މި އޭޓީއެމް ތައް ވެސް ދާނެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން. އޭގެ ހެކި، ޑިޖިޓަލް ވަމުންދާ މި ހައިޓެކް ޒަމާނުގައި އޭޓީއެމުން ފައިސާ ނަގައިގެން ޖީބަށް ލައިގެން އުޅުން މިހާރު ވެސް ދަނީ މަދުވަމުން.
ޑރ ވާންޗޯ
18 November 2025
ތިޔަ އޭޓީއެމް ބަސްތެރޭގަ ނުބެހެއްޓޭނެތަ؟.
ޟަސނަ
18 November 2025
މާރަގަޅެއްނު ވެންޑިން މެޝިން ބެހެއްޓިނަމަ!
ރާވެރިބެ
18 November 2025
މާލެއާ ހުޅުމާލޭގަ އެކި ސަރަހައްދުގަ ސާފުތާހިރު އަދި އިންސާނުންނަށް އެތަންތަން ބޭނުންކުރެވޭނެ ފެންވަރުގެ ޕަބްލިކް ފާޚާނާ ހެދިއްޔާ މާރަގަޅު ނުން. މިޑިޖިޓަލް ޒަމާނުގަ އޭޓީއެމް މުހިންމެއް ނޫން. މިހުންނަނީ ސިޓީ ކައުންސިލުން ކުރަން ޖެހޭނެކަންކަން
އަލީ އަ
19 November 2025
ހަކުރުބޯ ކުދިންނަށް ދޭންތޯ؟
ކޭޝްލެސް
18 November 2025
އޭޓީއެމްގެ ހިދުމަތް ލިބެންޖެހުނު ވަގުތު ތިޔާ ހިދުމަތް ލިބުނީ ވަރަށް ދެރަވަރުކޮށް މީހުން ވަރަށް ދަތިހާލުގަ އުޅުނީ. މިހާރު ޒަމާން ބަދަލުގެ އޭޓީއެމް ދޫކޮށް ކޭޝްލެސްވީމާ ދެން ތިސަކަރާތް ޖެހުމުގެ ބޭނުމެއްނެތް. މަގުމަތިން ބޭކާރު ޖާގަ އޭޓީއެމް މެޝިނަށް ހުސްކުރުމަށްވުރެ ހިިގާމީހުނަށް މަގުތަނަވަސްކޮށްދިނުން މާއައުލާކަން ބޮޑު.
ބޭރު
18 November 2025
އަހަ! މުއިއްޒުގެ މެގަ ޕްރޮޖެކްޓަކީ އޭޓީމް ބެހެއްޓުން ކުޑަ ކުދިންނާއެކު ދެތިން ސަތޭކަ މީހުން އުޅޭ ރަށްރަށުގައިވެސް އޭޓީއެމް ހުޅުވަމުން މުއިއްޒު އެދަނީ.