ފުލުހުން ބޭނުންކުރަން ގެނައި ބޮޑީ ވޯން ކެމެރާ ދައްކާލަނީ. -- ފޮޓޯ: ޕޮލިސް
19 ނޮވެމްބަރ 2025 - 13:29
ފުލުހުންގެ އިދާރާއިން 2022 ވަނަ އަހަރު ބޮޑީ ވޯން ކެމެރާ ހޯދަން ހަވާލުކުރީ، އެންމެ ފުރަތަމަ އެ މަސައްކަތް ހަވާލުކޮށް، ޝަރުތު ހަމަ ނުވާ ކަމަށް ޓެންޑާ ބޯޑުން ކަނޑައެޅި ކުންފުނީގައި ހިމެނޭ ހިއްސާދާރުންގެ އެހެން ކުންފުންޏަކާ ކަން ހާމަވެއްޖެ އެވެ.
ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންނަށް ގެނައި 200 ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށީ ފެބްރުއަރީ 13 2022 ގައި އޭރުުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ލީޑަޝިޕްގަ އެވެ.
ފުލުހުންގެ ކުންފުނި، ފޮލްކޯއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ބަލަމުން އަންނަ މައްސަލައިގައި ހޯދާފައިވާ މައުލޫމާތުން އެނގޭ ގޮތުން ބޮޑީ ވޯން ކެމެރާ ހޯދުމަށް ފުރަތަމަ ހުޅުވާލީ 1،400 ކެމެރާއަށެވެ. ސިންގަލް ޕްރޮކިއުމެންޓް އުސޫލުން އެކަން ކުރުމަށް ކަނޑައަޅައި އެ މަސައްކަތް ހަވާލުކުރީ ޒެޓާ އެންޓަޕްރައިޒަސް އާ އެވެ.
އެކަން ޓެންޑާ ބޯޑުން ބެލުމަށް ފަހު، އެއީ އެ ކަމަށް ޝަރުތުހަމާ ކުންފުންޏެއް ނޫން ކަމަށް ފަހުން ނިންމި އެވެ. ޓެންޑާ ބޯޑުން އެގޮތަށް ނިންމީ 1،400 ކެމެރާ ހޯދުމަށް ސިންގަލް ސޯސްކޮށް އެކަން ކުރަން ނުފެންނާތީ އެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ -- ފޮޓޯ: މިހާރު
ޓެންޑާ ބޯޑުން ބުނީ ޒެޓާ އެންޓަޕްރައިޒަސް އިން ސަޕްލަޔަ ކްރެޑިޓް ލެޓާއެއް ހުށަހެޅި ނަމަވެސް، އެ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު އެފަދަ ކަމެއް ކުރުމުގެ ގާބިލްކަން ނެތް ކަމަށެވެ. ޒެޓާ ކުންފުންޏަކީ ސެކިއުރިޓީ އާއި އިލެކްޓްރޯނިކް ސާމާނު ސަޕްލައި ކުރަމުން ދިޔަ ކުންފުންޏަކަށް ނުވާތީ އެފަދަ ކަމެއް ކުރުމުގެ ފަންނީ ގާބިލުކަން ވެސް ޒެޓާގައި ނެތް ކަމަށް ޓެންޑާ ބޯޑުން ބުންޏެވެ.
ޓެންޑާ ބޯޑުން ވަނީ ފުލުހުން އެ މަސައްކަތް ކުރުމަށް ޕްރޮކިއުމެންޓް ފެށި ތާރީހާއި ޒެޓާ އިން ކެމެރާ ހޯދުމުގެ ޓްރަޔަލް މަސައްކަތް ފެށި ތާރީހުތަކުގައި ފުށުއެރުންތަކެއް ހުރި ކަން ވެސް ފާހަގަކޮށްފަ އެވެ.
ނެޝަނަލް ޓެންޑާ ބޯޑުން އެގޮތަށް ނިންމުމުން، ފުލުހުންގެ އިދާރާއިން އަނެއްކާ ވެސް ވަނީ 200 ބޮޑީ ވޯން ކެމެރާ ހޯދުމަށް ގެޒެޓްކޮށްފަ އެވެ. އެކަމަށް އިއުލާނުކުރީ ކުުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އޮކްޓޫބަަރު 2021، ގަ އެވެ. އެ ޕްރޮޖެކްޓަށް ތިން ފަރާތަކުން ކުރިމަތިލި އިރު ފުލުހުންގެ އިދާރާއިން އެ މަސައްކަތް ހަވާލުކުރީ ޒެޓާ ޓެކްނޮލޮޖީއާ އެވެ.
އެއީ ޒެޓާ އެންޓްޕްރައިޒަސްގައި ހިމެނޭ ހިއްސާދާރުންނަށް ނިސްބަތްވާ ކުންފުންޏެކެވެ.
ބޮޑީ ވޯން ކެމެރާ ގަތުމަށް ހަވާލުކުރި ކުންފުންޏާ ގުޅޭ މައްސަލައެއް އޭސީސީއިން އޭރު ބެލި އެވެ. އަދި މައްސަލައިގައި އޭސީސީން ވަނީ އެކަން ކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނެތް ކަމަށް އޭރު ނިންމައިފަ އެވެ.
ސަބް ކޮމިޓީގެ މުގައްރިރު ނާޒިމް -- ފޮޓޯ: ނިޝާން އަލީ / މިހާރު
މާލިއްޔަތުގެ ސަބް ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ، ކެމެރާ ގަތުމުގެ ކަންކަން ހިންގި ޓައިމްލައިން މިހާރު ވަރަށް ފުރިހަމައަށް ސާފުވެއްޖެ ކަމަށާއި ޒެޓާ އެންޓްޕްރައިޒަސް އަކީ ކޮލިފައި ނުވާ ބައެއް ކަމަށް ނިންމުމުން އަނެއްކާ ވެސް އެއް ހިއްސާދާރުން ހިމެނޭ އެހެން ކުންފުންޏަކަށް ދީފައި އޮތް ކަން ސާފުކޮށް އެނގޭ ކަމަށެވެ.
އެ ކަމަށް އެންމެ ފުރަތަމަ ހަރަދުވާނެ ކަމަށް 48 މިލިއަން ރުފިޔާ ލަފާކުރި ނަމަވެސް، މަސައްކަތް ނިމުނު އިރު އެ ކަމަށް 66 މިލިއަން ރުފިޔާ ހަރަދުވި އެވެ. އެހެންވެ، ކެމެރާ ހޯދުމަށް ލަފާކުރި އަދަދަށް ވުރެ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ހޭދަކުރި ކަން ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އޮބްޒަވޭޝަންގައި ފާހަގަކުރެވެނީ ޒެޓާ ޓެކްނޮލޮޖީސް އިން ޕްރޮސެސް ފެށި ފަހުން މިއޮތީ އޭޖެންސީ ހޯދާފައި. 1،400 ކެމެރާ ގަންނަން އުޅެފައި 200 ގަނެފައި ދެން 1،200 ގަންނަން ބުނި ޖަސްޓިފިކޭޝަން އަކީ މިހާރު ހުރީ 200 ކެމެރާ ހޯދިފައޭ، އެހެންވީމަ ދެން ހޯދަން ޖެހޭނީ މި ބްރޭންޓް ގެ ކެމެރާއޭ،" ނާޒިމް ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގައި އާންމުކުރި މައުލޫމާތުން އެނގޭ ގޮތުން އެޒޯން ބްރޭންޑްގެ ބޮޑީ ވޯން ކެމެރާ ގަތުމުގެ މަސައްކަތް 2021 ވަނަ އަހަރު ޒެޓާއިން ފެށި އިރު އެކުންފުންޏަށް އެކްސްކްލޫސިވް ރައިޓް ލިބިފައިވަނީ އޭޕްރީލް 2022 ވަނަ އަހަރު އެވެ. އެހެންވެ، އެކްސްކްލޫސިވް ރައިޓް ލިބުމުގެ ކުރިން ވެސް ކެމެރާ ގަތުމުގެ ކަންކަން ކުރި ކަން އެނގޭ ކަމަށެވެ
އިތުރު 1،200 ބޮޑީ ކެމެރާ ގަތުމަށް ނޮވެމްބަރު 27 2022، ގައި ފުލުހުން ޒެޓާ ޓެކްނޮލޮޖީއާ ހަވާލުކުރީ 66 މިލިއަން ރުފިޔާއަށް ނަމަވެސް، ފުލުހުންގެ އިދާރާއިން އެ ކުންފުންޏަށް 67 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަން ވެސް ސަބް ކޮމިޓީން އެއްކުރި މައުލޫމާތުތަކުން އެނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޯބު
20 November 2025
ލިޔުމުގައިވާ މައުލޫމާތައް ބަލާއިރު ކެމެރާއަކަށް 55833 ރުފިޔާ ޖެހޭ. މިވަގުތު މާކެޓަށް ބަލާއިރު މީގެ އެއްމެ އަގުބޮޑު ކެމެރާތައްވެސް އުޅެނީ 500 ޑޮލަރަށް. މާނައަކީ 8 ހާސް ރުފިޔާވެސް ނުޖެހެއޭ ކެމެރާއަކަށް. އެހެންވީމާ ވަރަށް ރަގަޅު ޕްރިޓެއް މޭކް ކޮށްފަ މިއޮތީ.
ޕޮލްކޮ
20 November 2025
ޗުކުރިއްޔާ އެމްސީ ހަމީދު
އުއްތަމް އުސްތާޛް
20 November 2025
ފުލުހުންގެ މައްސަލަތައް ހާދަ ގިނައޭ
ނާ ހަމަ ތެދު؟
20 November 2025
މީ ހަލާލު ލާރި އަށް ވާނެބާ
ބާބާ
19 November 2025
މިހާރު ގައުމުގެ ހާލަތުއޮތީ ބޭރުން ބަޖިޔާ ގަންނަން ޖެހުނަސް އެކަމާގުޅޭ ސަރުކާރު އޮފީހެއްގެ މީހަކު މާދަމާ ޝަރުތުހަނަނުވާ ކުންފުންޏެއް ހަދައިގެން ބިޑުކާމިޔާބޮށް ނުހައްގުގައި މުއްސަދިވާން ދޫކޮށްލާފައި.
އަބުދުގެ އައްލޫ
19 November 2025
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ބޭއްވި އިވެންޓްގައި ރައީސްވާހަކަ ދެއްކިއިރު ކީއްވެ މިކަހަލަ ރަގަޅު ކުރަންޖެހޭ ކަންތަކުގެ ވާކަނުދެއްކީ. ގޭންގެއްގެ ޝަރުތުހަމަވާ ބަޔަކުނެެތް ވާހަކަ ދެއްކިއިރު މީ ގޭންގުތަކަށްވުރެ ވަކިކުޑަކަމެއްތައް. ޖެހުނުތަނަކުން ކާތަން މިފެންނަނީ، ބޭރުން އެއްޗެއް ގެނެވޭކަށްނެރް މިކަމަކާއިހެދި.
ގޮރުނުދޯރި
19 November 2025
މިރާއްޖޭގައި ހިގާނީ އަބަދުވެސް ވައްކަން. ވެންޓިލޭޓަރަކަސް ގައިގަހަރުކުރާ ކެމަރާ މައިކު، ރަށެއްގެ މަގުމަތީއަޅާ ތާރުގަޑަކަސް ކާންދޭންދެވޭ ބަޖެޓު މަގުމަތީ އިންދާ ކަދުރު ރުކަކަސް ހަމަ ކޮރޮޕްސަންތެރޭ. މިކަން ކުރަން ސީދާ އިސްވެރިން، ޔުނިފޯމުލީވެރިން ހިސާބުން ފެށިގެން އާދައިގެ މީހާއިން ތިރިއަށްގޮސް ގެންގުޅޭ ބަގަލާސޮރުވެސް ފަރިތަވެ ބިރުކެޑި ކޮންޓެއިނާތައް ވަގަށްގެންދެވޭހާ ވަރަށް ކުރިއަރާފަ. ދެން ސަރުތުހަމަ ނުވި ކުންފުނި ކޭސް ނިސްބަތުން ބަދަން ފުކެއްނޫން.
ދޮންދިއެގެ އަހައްމާދީ
19 November 2025
އުނހު ތިޔަކަން ކޮށްފަ ތިޔަ އޮތީ މަގުމަތީ ޓްރެފިކް ބަލަހައްޓަން ހުންނަ އާދައިގެ ސޮރު. ވެރިން ނުކުރާނެ ވައްކަމެއް.
ފަހުދު.
19 November 2025
ވަގުންހިފަން ވަގުން
ކޯޕްރަލް
19 November 2025
އެމް.ސީ ހަމީދު ވެސް ޖަރީމާ ދޯ މި ހިންގީ. އެހެންވީމަތާ އެއްބަޔަކު ޕޮލްކޯ ނޮޅައި ކައި ހުސްކޮށްލިއިރު ވެސް ދެނަހުރިކަމަށް ވެސް ނަހަދާ ހުރީ. ފުލުސް އޮފީހުން ދަމުން ދިޔައީ އެތައް ބަޔަކަށް ހިލޭ މަތީ ރޭންކުތައް ބަހާ ތަނުގެ ތެރޭގައި ހަމަނުޖެހުންތައް އުފައްދާފައި.