ހޯމް މިނިސްޓަރު އިހުސާން: ޑްރަގާ ހެދި، ސަލާން ޖަހަން އުޅޭ މީހުންނަށް ފަރުވާދެމުންދާ ކަމަށް ވިދާޅުވި --- ފޮޓޯ/މިހާރު
19 ނޮވެމްބަރ 2025 - 14:23
ޑްރަގްގެ ވަބާގައި ޖެހި، މަގުމަތީގައި ސަލާން ޖަހަން އުޅުނު 350 އެއްހާ މީހުންނަށް ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްގައި ހުންނަ ޑްރަގް ރިމާންޑް ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައި އިހުސާން ވިދާޅުވީ ޑްރަގާއި ގޭންގް ކުށްތައް ހުއްޓުވުމާއި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ އެ މިނިސްޓްރީން މުހިއްމު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ ބޮޑު އާބާދީއެއް ޑްރަގްގެ ވަބާގައި ޖެހިފައި ވާއިރު، މި ސަރުކާރު ވެރިކަމަށް އައިއިރު ޑްރަގް ކޯޓުން ހުކުމްކޮށް، ފަރުވާއަށް ނުގެންދެވި 700 މީހުން ތިބި ކަމަށެވެ. އަދި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އެ އެންމެންނަށް ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ އިތުރުން 350 އެއްހާ މަގުމަތީގައި ސަލާން ޖަހަން އުޅޭ ޑްރަގްގެ ވަބާގައި ޖެހިފައިވާ އެކި އުމުރުފުރާގެ މީހުން ވަކިން ހުޅުމާލޭ ހާފްވޭ ހައުސްގައި ރިމާންޑް ސެންޓަރެއް ހަދައި، ހަމަ މިގޮތުން އެމީހުން ނެގުމުގެ މަގު ހޯދައިގެން މިހާރު ވެސް 350 ފަރާތެއް އެ ރިމާންޑް ސެންޓަރުގައި ދަނީ ހިދުމަތް ލިބިގަންނަމުން."
އިހްސާން ވިދާޅުވި ގޮތުގައި މި ސަރުކާރުގެ މަސައްކަތުން ނ. ވެލިދޫ އާއި ކ. ކާށިދޫ އާއި ލ. ގަމުގައި ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމް ކުރުމުގެ މަސަައްކަތް ދަނީ ކުރަމުންނެވެ. އަދި އެ ތަންތަނުގެ މަސައްކަތް ނިމި، ހިދުމަތް ދޭން ފެށުމުން ރައްޔިތުން އެދޭ ފަދަ ނަތީޖާތަކެއް ނިކުންނާނެ ކަމަށާއި އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށްލާފައިވާ މީހުންނަށް ވެސް ރިހެބިލިޓޭޝަން ދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިހްސާން ވިދާޅުވި އެވެ،
ރާއްޖޭގައި ގޭންގް ކުށްތައް މަނާކުރާ ގާނޫނެއް ކުރިން އޮތަސް، އެކަން ވެސް އޮތީ އެކަށީގެންވާ ގޮތެއްގައި ނުކުރެވި ކަމަށާއި އެހެންވެ، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، މިހާރު އަމަލު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އެ ގާނޫނާއެކު ފުލުހުންގެ ތެރޭގައި ގޭންގްތަކާ ދެކޮޅަށް ހާއްސަ ޔުނިޓެއް ގާއިމުކޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ގޭންގް ކުށްތައް 23 ޕަަސެންޓަށް ދަށްވެފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ގޭންގް މައްސަލަ ހައްލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ މަސައްކަތުން ގޭންގް ކުށްތައް 23 ޕަސެންޓް މިހާރު ވަނީ ދަށްކޮށްފައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން އަހަރު ނިމެއިރު ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ މިންވަރަށް ގޭންގުގެ މައްސަލަ ހައްލުކުރާނަން،" އޭނާ ވިދާޅުވި އެވެ.
ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިހްސާން ވާހަކަ ދައްކަވަނީ --- ފޮޓޯ/ރައީސް އޮފީސް
ބިދޭސީންގެ މައްސަލައާ ގުޅިގެން އިހުސާން ވިދާޅުވީ އެ މަސައްކަތް ފެށިއިރު، 290،000 އެއްހާ އެކްޓިވް ވޯކްޕާމިޓް ހުރި ކަމަށާއި އެކަމަކު ބޯޑާ ކޮންޓްރޯލް ސިސްޓަމާއި ވިސާ ސިސްޓަމުގައި ހުރި މައުލޫމާތު ދިމާނުވާތީ، ރާއްޖޭގައި ތިބި ބިދޭސީންގެ ސީދާ އަދަދު ކަށަވަރު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިދޭސީންގެ ތެރެއިން އެކްޓިވް މީހުންނާއި ފިލައިގެން އުޅޭ މީހުން ވަކި ނުވާ ކަމަށާއި އޮޕަރޭޝަން ކުރަނގީގެ ނަމުގައި ބިދޭސީންގެ މައުލޫމާތު އެއްކުރަން ފެށީ އެހެންވެ ކަމަށް ވިދާޅުވި އެވެ.
އެ އޮޕަރޭޝަނުގައި 200،000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބަޔޮމެޓްރިކްސް ދެނެގަނެވޭ ފެންވަރުގެ އެޕްލިކޭޝަނެއް އިމިގްރޭޝަނުން މިހާރު ގާއިމްކޮށް، ފްރޮންޓް ލައިންގައި އުޅޭ އިމިގްރޭޝަން އޮފިސަރުންނާއި ފުލުހުންނަށް ވެސް މިހާރު އެކްސެސް ދީފައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން ބިދޭސީން މައުލޫމާތު ނުދިނަސް، އެމީހުންގެ ފޮޓޯ ބޭނުންކޮށްގެން އެއީ ކޮން ބައެއްކަން ދެނެގަނެވޭނެ ކަމަށް އިހްސާން ވިދާޅުވި އެވެ.
އެ އެޕްލިކޭޝަންގެ އެކްސެސް، ރަށްރަށުގެ ކައުންސިލުތަކަށް ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި މުޅި ރާއްޖޭގައި އެ އެޕްލިކޭޝަން ބޭނުންކުރަން ފެށުމުން، ވިސާ ނެތި އުޅޭ މީހުން ހޯދަން ފަސޭހަވާނެ އެވެ. އަދި ބަޔޯމެޓްރިކްސް ނެތް މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް މިހާރު ފަށާފައި ވާއިރު، މިހާތަނަށް 9000 އަށް ވުރެ ގިނަ ބަޔަކު ޑީޕޯޓުކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑުބްލިކޭޓް
20 November 2025
މިދައުރުގެ ރޯނު އެދުރު. ޢިހަކަށްދުވަހު ތިމާގެ އަމިއްލަ ރަށުން ވެސް ފެއިލް.
ޢަރުތަ
19 November 2025
ފޭރުނު ޑޮލަރުތަކާ ވަގަށް ނެގި ސިނގިރޭޓު މިހާރު ހޯދާ ނިމުނީތަ، ސާބަހޭ.
ފާޑެއްގެ ބޭހެއްކާ ދެމީހުން
19 November 2025
އައިޖީއެމްއެޗް ގައި ފަރުވާ ހޯދަން މާލެ އައިސް ފޭސްބުކް ގައި ސަލާން ޖަހާ ގެމަނަފުށީ ދެމަރިފިންގެ ކަންކަން ބަލައިދިނުން އެދެން. އެދެމަފިރިންގެ ކުޑަކުޑަ ކުއްޖެއްގެ ފޮޓޯ އާއި ވީޑިއޯ މުޅިދުނިޔެއަށް ފަޟީހަތް ކުރަމުންދަނީ އެއްވެސް ވިސްނުމެއް ނެތި.
ކެކެކެ
19 November 2025
އެ އެންމެން ތިބޭނީ ޕނސ ޕާޓީގައި މިހާރު. މީނާގެ ހިސްޓްރީއަށް ބަލާފަ މިބުނަނީ.
ޢިލްހާމާ
19 November 2025
ބުރޯ ތީ އާކަމެއްނޫން ފަރުވާދިނުމަކީ.. ބުރޯ އައް އާވިޔަސް.. ކުޑަ ކޮއް ހިސްޓުރީ ބަލާލަބަޔަ ބުރޯ..
ޢަލްޓިކޯ
19 November 2025
ފައްކާ މީހެއް އިހުސާނަކީ ރައީސް އަށް މައުލޫމާތު ދިނީ އެހެން ގޮތަކަށް. ޢެކަމަކު ތިމާ އަމިއްލައަށް ވާހަކަ ދައްކަނީ އަމިއްލަ މީހާ މެޑަލް ޖަހަން. ތިބުނާ ފަރުވާގަ ތިބިމީހުން އަދިވެސް ލާހޫރެނީ އިހްސާނަކަށް ނުވާނެ.
ޝަހުމް އާދަމް
19 November 2025
މީގެ ސަބަބުނަ ފަރުވާ ބޭނުންވެފައި ދަތި ކަމުން ނުވެފައި ތިބި މީހުންނަށް އެކަންކަން ވެގެން ދާނެ.
ނޫހް އިބްރާހިމް
19 November 2025
ވަރަށް ރަނގަޅު ކަމެއް. އެއްވެސް ބަޔެއް ބާކީ ކޮށްގެން ނުވާނެ
މިސް
19 November 2025
"މީގެ މަސައްކަތުން ގޭންގް ކުށްތައް 23 ޕަސެންޓް މިހާރު ވަނީ ދަށްކޮށްފައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން އަހަރު ނިމެއިރު ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ މިންވަރަށް ގޭންގުގެ މައްސަލަ ހައްލުކުރާނަން،" އޭނާ ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ގޭންގުގެ ޝަރުތު ހަމަވާ ބަޔަކުނެތްޖކަމަށް، ކުރިން ގޭންގްތަކުގައި އުޅުނު މީހުންވެސް އެކަން ހުއްޓާޅާފައިވާކަމަށް، އެހެންވިއްޔާ ގޭންގު ކުށްތައް މިހާރު ހުންނަންވާނީ 0 ގައިތާ
ޢަރުތަ
19 November 2025
ހަގީގަތާ ޚިލާފު މޮޅުވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލަން، ރައްޔިތުން ގުނބޯހައްދަން، ދައްކާ ވާހަކައާ ކުރާ ކަމަކާ ދިމާ ނުވޭ، ހަމަ މޮޅު ވާހަކަ ދައްކަނީ، ނަތީޖާ ހަމަ ސުމެއް.
މަޖިލިިސް 345
19 November 2025
ރައީސް ވިދާޅުވީ ގޭންގުތައް މިހާރު އެއްކޮށް ފޮހެވި ގޭންގު މެމްބަރުންތައް އިސްލާހުވެ ގައުމައިގެން ކުރިއަށް ދާކަމަށް. މިނިސްޓަރު ތި ވިދާޅުވަނީ އެހެން ވާހަކައެއް. މިނިސްޓަރު ހުންނެވީ ހަމައިގައި ބާ؟