ޓެކްސީ ޑްރައިވަރުން ކުރިން ކުރި މުޒާހަރާއެއްގައި ބަޔަކު ޝުއޫރުފާޅުކުރަނީ. ފައިލް ފޮޓޯ/މިހާރު
19 ނޮވެމްބަރ 2025 - 23:44
ޓެކްސީތަކުން އަގު ނެގުމުގައި، ދަތުރުކުރާ ދުރުމިން ބަލަން ބޭނުންކުރާ މީޓަރު ނިޒާމު ތައާރަފްނުކޮށް ކާރު އިތުރުކުރިޔަސް ޓެކްސީ ނުލިބުމުގެ މައްސަލަ ހައްލުނުވާނެ ކަމަށް ޑްރައިވަރުންގެ ޖަމިއްޔާއިން މިއަދު ބުނެފި އެވެ.
ޑްރައިވަރުންގެ ޖަމިއްޔާިއން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް އިބްރާހީމް ނިޔާޒު ވިދާޅުވީ މީޓަރު ތައާރަފްކުރުމާ ބެހޭ ގޮތުން އެ ޖަމިއްޔާއިން ސާވޭއެއް ހަދާފައިވާ ކަމަށެވެ. މާލެ ސަރަހައްދަށް އެންމެ ފީސިބުލް ގޮތަކީ މީޓަރު ހަރުކުރުން ކަމަށާއި ޓެކްސީ ޑްރައިވަރުންނާ މަޝްވަރާނުކޮށް ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފްކޮށްގެން ވާނީ ފެއިލް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތަނަށް އެންމެ ފީސިބުލް ވާނީ ޓެކްސީ މީޓަރު ތައާރަފްކުރުން. ޓެކްސީ މީޓަރު ތައާރަފްނުކޮށް، އިތުރުކުރެވޭ ކާރަކުން، އަޅުގަނޑުމެންނަށް ލިބެން ޖެހޭ ހައްގުތަކުން މަހުރޫމްކޮށް، އަޅުގަނޑުމެންނަށް ދަތިކޮށްގެން މި މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓެކްސީ ނުލިބުމުގެ މައްސަލައަށް ހައްލެއް ނާންނާނެ،" ނިޔާޒް ވިދާޅުވި އެވެ.
ސަރުކާރުން ތައާރަފްކުރަން އުޅޭ ޓެކްސީލައިނަށް ޑްރައިވަރުން ފާޑުކިޔާފައި މިވަނީ އެ ޓެކްސީލައިނަށް ބޭނުންވާ 407 ޑްރައިވަރުން ހޯދަން އެމްޓީސީސީން މިއަދު އިއުލާނުކޮށްފައި ވަނިކޮށެެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ފަަށަން ތައްޔާރުވަމުން އަންނަ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދެވޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ދޭނެ އެވެ.
ޓެކްސީ ލައިނުގެ ހިދުމަތް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވިޔަސް އެ ހިދުމަތް ފެށުން ވަނީ ލަސްވެފަ އެވެ.
އެމްޓީސީސީން ކުރި އިއުލާނެއްގައިވާ ގޮތުން 407 ޑްރައިވަރުން އެ ހިދުމަތަށް ބޭނުންވެ އެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ.
އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
އެ ކުންފުނިން ބުނީ މާލޭ ޓެކްސީ ހިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ޑްރައިވަރުން ނެގުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.
އެކަމަކު ޓެކްސީ ޑްރައިވަރުން ހޯދަން އިއުލާނުކުރިޔަސް އެ ހިދުމަތް ފަށާނެ ސީދާ ތާރީހެއް އަދިވެސް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްލާތޫން
20 November 2025
ތިދެން ކޮންކަމެއް އޫބާރ އަށް އިންވިޓޭޝަންދީފަ ރާއްޖޭގަ އޫބަރ ފަށާބަލަ. ގޫގުލް މެޕުން އޮޓޯކޮށް ޕޮއިންޓުން ޕޮއިންޓަށް ރޭޓު އަންނާނެ. ތިއުޅެނީ ދެން ލަންކާ އިންޑިއާގަ ރަންޒަމާނުގަ މީޓަރު ހަރުކުރިގޮތަށް މީޓަރު ހަރުކުރަން. އަދި ތިޔަބުނާ ފިޒިކަލް މީޓަރަކީ ބަގުއަރުވާލާފަ ރޭޓް މަތިވެސް ކުރެވޭ އެއްޗެއް. އެކަމަކު ސިންގަޕޫރަށްވާންދޯ ބޭނުމީ
ޑްރައިވަރު ނިސްމޯ
20 November 2025
ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާގެ ހިންގާ ކޮމެޓީގަ ތިބީ ހުސް އެމްޑީޕީ އެކްޓިވިސްޓުން. އެމީހުން ކުރާ ކަމަކީ ޑްރައިވަރުންނާ ސަރުކާރާ މެދު ނަފްރަތު އުފެއްދުން. އެސޯސިއޭޝަނަށް ކުރިމަގެއް ނުފެންނާނެ ނިޔާޒު ލައިގެން. ދެން އުޅެނީ އެކްޓިވިސްޓް ޝާމިނު ކަހަލަ ގޯތީގެ ދިފާއުގަ ނިކުމެ މުޒާހަރާ ކުރާ މީހުންކޮޅެއް.
މަނަސް
20 November 2025
މީޓަރު ހަރުކުރީމަ ކަލޭމެން ބޭނުން ގަޑިޔަކު ބޭނުން ތަނަކައް ދަތުރުކުރުމުގެ މައްސަލަ ހައްލުވާނެތަ ؟؟؟
ޑްރައިވަރ
20 November 2025
ރީދޫ ޔުނީފޯމްވެސް ލައިގެން ނޫން ގޮތަކަށް ޓެކްސީކުރުމުގެ ހުއް ނުދޭންވީ.
މީޓަރުއޭަޓީއެމް
20 November 2025
ހުރިހާ ގައުމެއްގައިވެސް ސިންގަޕޯރ ފިޔަވައި މީޓަރު ވަނީ ފެއިލް ވެފަ، ސިންގަޕޯރގެ ރައްޔިތުންނަކީވެސް ވެރިންނެކޭ އެއްފަދައިން އިހުލާސްތެރިން. އަހަރެއް އަމިއްލަޔަށް ހެދި ސާވޭއަކުން ދެއްކީ ރާއްޖޭގެ ކޮންމެ 10 މީހަކުން 1 މީހަކީ އިހުލާސްތެރިން ގޮތަށް ހެދިގެން އުޅޭ މީހުން. ބާކީ 9 މީހުންނަކީ ވައްކަން ކުރިތަސް އޯކޭ މީހުން
ޝަޖޫ
20 November 2025
މީޓަރެއް ނޫން ހީޓަރެއް ހަރުކުރިޔަސް ކަލޭމެން ވަކި ގަވައިދަކުން ކަނޑައެޅޭ ވަގުތުތަކަކަށް ތިކާރުތަކަށް އަރައިގެން ކަލޭމެން އެންމެ ހިތްހަމަ ޖެހޭ ތަން ނޫންވިޔަސް ދަތުރު ނަގައިގެން ދޯ މީގަ ކޮޅެއް މެދެއް ފެންނަން އޮތީ! ސަރުކާރުން އިންޓަވީން ކުރަން ޖެހުނީ ކަލޭމެން ޑްރައިވަރުންގެ ފީކަޅާކަން އިންތިހާއަށް ބޮޑުވީމަ. މި އުނދަުގަލުގަ ރައްޔިތުން އުޅޭތާ ޑިކޭޑްސް!
ޑރ ވާންޗޯ
20 November 2025
މީޓަރ ހަރުކުރިޔަސް މީޓަރަށް ދަތުރެއްނުކުރާނެ، ކީއްވެ ހުޅުމާލެއަށް ނޫނީ ކާރުނުލިބެނީ ؟.
ފުރޭތަ1
20 November 2025
މުޅި މާލޭގެ ޓްރެފިކް ބޮއްސުންލީ ޓެކްސީ ކުރާ މީހުންގެ ބުނާހާގޮތަށް ސަރުކާރުތަކުން ކަންތައް ކުރީމަ. އަޑުގަދަ ކޮށްގެން ބަހުގެ ޚިދުމަތް ފެށިޔަ ނުދީ ތިބީ މުޅި ތަން ތޮއްޖެހެންދެން. މާލޭގަ ރަނގަޅު ފެންވަރުގެ ބަހުގެ ޚިދުމަތް ކުރީކޮޅުގަ ފެށުނުނަމަ އެންމެން ސައިކަލު ނުގަންނާނެ. އަދި ޓަކްސީ ނުލިބޭތީ ގޮތް ހުސްވެގެން އަމިއްލަ ކާރުވެސް ނުހޯދާނެ. މީޓަރަކީ މާކުރީގެ ވާހަކައެއް އެޔަކުން މިހާރު ވާނެ އެއްވެސް ކަމެއްނެތް. އެވެސް ހަރުކުރަން އެއްބަސް ނުވި ބަޔެއް ތީ
ފީފާތާ
20 November 2025
މިޖަމިއްޔާމީހުން ރަނގަޅު ނަސޭހަތެއް ދޭނެތަ؟
އުދުހޭ
20 November 2025
މާލެ ކަހަލަ ކުޑަ ތަނެއްގައި މީޓަރުގެ ބޭނުމެއް ނެތް.