އެއާޕޯޓު ޓެކްސީ ލައިނުން މީހަކު ކާރެއް ލިބޭތޯ މަސައްކަތްކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
19 ނޮވެމްބަރ 2025 - 14:08
އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ޑްރައިވަރުން ހޯދަން އެމްޓީސީސީން އިއުލާނުކޮށްފި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ފެށުމަށް ތައްޔާރުވަމުން އަންނަ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދެވޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ދޭނެ އެވެ.
ޓެކްސީ ލައިނުގެ ހިދުމަތް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވިޔަސް އެ ހިދުމަތް ފެށުން ވަނީ ލަސްވެފަ އެވެ.
އެމްޓީސީސީން ވަނީ އެ ޓެކްސީ ސާވިސްގައި މަސައްކަތްކުރާނެ ޑްރައިވަރުން ހޯދަން އިއުލާނުކޮށްފަ އެވެ.
އެމްޓީސީސީން ކުރި އިއުލާނެއްގައިވާ ގޮތުން 407 ޑްރައިވަރުން އެ ހިދުމަތަށް ބޭނުންވެ އެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ.
އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
އެ ކުންފުނިން ބުނީ މާލޭ ޓެކްސީ ހިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ޑްރައިވަރުން ނެގުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.
އެކަމަކު ޓެކްސީ ޑްރައިވަރުން ހޯދަން އިއުލާނުކުރިޔަސް އެ ހިދުމަތް ފަށާނެ ސީދާ ތާރީހެއް އަދިވެސް ނޭނގެ އެވެ.
އެެއާޕޯޓު ޓެކްސީ ކިއު -- ފޮޓޯ: ނިޝާން އަލީ | މިހާރު
ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ނުކުންނަން ނިންމީ މިހާރު ވެސް ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރު އެ މީހަކު ބޭނުންވާ ވަގުތެއްގައި ނުކުމެ، ބޭނުންވާ ތަނަކަށް އެކަނި ދަތުރު ނެގުމުގެ މައްސަލައާ ހެދި އާއްމުންނަށް ކުރިމަތިވާ އުނދަގޫތަކާ ހެދި އެވެ.
ކުރިން މިނިސްޓަރު އަމީން ވިދާޅުވީ އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 އުޅަނދު ކަމަށާއި އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި އެ ޓެކްސީތަކުގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ޓެކްސީ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.
ޓެކްސީ ލައިނުގައި ބޭނުންކުރާ ވެހިކަލްތައް ޕާކުކުރުމަށް ހުޅުމާލެއިން ތިން ބިމެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ.
ސަރުކާރުން ފަށާ ޓެކްސީ ހިދުމަތާ ގުޅޭ މައުލޫމާތު ހިމަނާފައިވާ ފޮތެއް މީހަކު ހުޅުވައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ކުރިން އިއުލާނުކޮށްފައިވާ ގޮތުން ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހިދުމަތް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލަކުގައި ފަށާނެ އެވެ.
އެ ހިދުމަތް ހދ. ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ރާވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޯމޯ
24 November 2025
30 ރުފިޔާ އައް ވުރެ ބޮޑު ނުކުރައްޗޭ
އަހުމަދު3
21 November 2025
ޢަވަހައް ފަށާ. މާ ލަސްވެއްޖެ ތިކަން ކުރަން މިހާރުވެސް
ގަރުނުގެޖޯކު
20 November 2025
ހަނިގޯޅިއަށް ވަންނަން އަންނަ ހަނި ޓެކްސީ އަންނަންދެން ފެސެންޖަރު އިންތިޒާރުގައި ހުންނަ އިރު، ހަނިޓެކްސީ އަށް ކުރިމަތީ އޮތްހާ ވެހިކަލަލާހުރެ ގުޑާނުލެވިފައ. ފިޔަލީ އުދުހާ ޓެކްސީ އަލުން ނޫނީ ކިހިނެއް ޚިދުމަތް ދޭނީ. މައްސަލަ އޮތީ މާލޭ މަގުތަކުގައި. ހަނި ޓެކްސީ އަށް ލަގެޖު ނޭރުވޭތީ އަނެއް ކަންތައް. އެއާޕޯޓަށް، ޖެޓީއަށް ނުދެވި ހުއްޓާ ބޯޓުފުރީ. އިތުރަށް ރޫމަށް ކުލި ދައްކަންޖެހުނީ.
ޝަރީފާގެ ޝަރީފް
21 November 2025
ދެން ކިހާ ދެރަކަމެއް. ރަށު ބަހާއި މާލޭ ބަސް މަސްހުނި ނުކޮށްބަލަ. އުދުހާ އެއީ އައްޑޫ ބަހެއް. އުދުހޭ އެއީ މާލޭ ބަހަކީ.
ޓޮއްބެ
20 November 2025
މުޒާހަރާ ނުކޮށް އެޕްލައިކޮށްބަލަ ޖޮބަށް. ދެކޮޅުން ލާރި ބޯކޮށް ލިބޭނެ އޭރުން
އައިއޭމް
19 November 2025
ސަރުކާރުން ޓެކްސީ ލައިން ފެށުން އެއީ މިހާރު މޮނޮޕޮލީ ކޮށްގެން ޓެކްސީ ޑްރައިވަރުން ގެންގުޅޭ ސްކައިރޮކެޓިންގް އަގުތައް ތިރިވެ ނިކަމެތި ރައްޔިތުން ޓެކްސީ އަކަށް އަރާ ފައިބާ ރޮމުން ގެއަށް ވަންނަ ތަން ފެނުމަށް ހުއްޓުން އަންނާނެ ކަމެކޭ ހުޅުލޭން މާލެ އަށް އެބަހުއްޓޭ ނިކަމެތިން އަތުން ޓެކްސީ ޑްރައިވަރުން 500 ރުފިިޔާ ދަމައިގެންފައި އަގުބޮޑޭ ބުނުމުން ޓެކްސީ ޑިކީ ނުހުޅިވިއޭ ދެން ޖެހުނީ 500 ރުފިޔާދޭން މިކަމަށް ހުއްޓުން އައުން އެއީ މަމެން އުފާކުރާ ކަމެކޭ
ޖިބްރީލް އަމީން
19 November 2025
ވަރަށް ވެސް ރަނގަޅު... އަވަހަށް ފަށާ ތި ހިދުމަތް. މި އުޅޭ ޓެކްސީ ޑްރައިވަރުން ވަކި ދަތުރެއް ނޫނިއްޔާ ނުކުރެވޭ. މާލޭ އެތެރެއިން ތަނަކަށް ދާން ވެއްޖިއްޔާ އާދޭހުގައި ގަޑި އިރު ވެގެން ދޭ އެބަ.
ޕަކަޗޭ
19 November 2025
ތަކަންދޫ މާރަންދޫ ހިތަދޫގަ ރެޖިސްޓްރީކޮށްފަ މާލޭގަ ދުއްވާ ވެހިކަލްތަށް މާލޭން ބޭރުކުރެވިގެން ހަމަޔަކަށް އެޅޭނީ!.
މުހައްމ
19 November 2025
ފުރަތަމަ ކަމަށް މިނިސްޓިރީން ބަލަން ޖެހޭ ކަމަކީ ޑެކްސީ ބޯޓްތަށް ނަގައިގެން ޓެކްސީ ހިދުމަތް ދެނީ ކިތަށް ބޯޓުންތޯ ބެލުން.
ޢިބޫ
19 November 2025
ޓެކްސީ ކުރުމުގެ ގަވާއިދަށް ބަދަލުގެނެސްގެން ނަމަވެސް ޓްރައިވަރުން ވަކި ޔުނިިފޯމްއެއް ލައްވަންޖެހޭ.
ވަންޗޫ
19 November 2025
ތި ޓެކްސީތައް ގަތުމުގެ މުއާމަލާތުގެ ތެރެއިން ކޮންބައެއްބާ މުއްސަނދިވެގެންދާނި؟ މަގޭ ހިތައް މިހާރު އަަރަނި މިކަހަލަ ސުވާލު މިޒާތުގެ ސަރުކާރަށް އެއްޗެއް ގަނެގެން ނޫނީ ޚިދުމަތެއް ހޯދައިގެން ކުރަން ޖެހޭ ކަމެއްގެ ވާހަކަ ނޫހުން ފެންނަނިކޮށް! ކޮންމެވެސް ދުވަހަކުން މިކަމުން މަންފާވި މީހުން ފެނިގެންދާނެ! ބޮޑަލަށް ލަފާކުރެވެނި ސަރުކާރު ބަދަލުވީމަ އިނގޭވަރުވާނެހެން!
ޖިބްރީލް
19 November 2025
ބަލަ އެމްޓީސީސީން ކަން ނޭނގެނީތަ އެކަން ކުރަނީ...އެއީ އަމިއްލަ އެހެން ކުންފުންޏަކުން ކުރާ ކަމެއް ނޫން