ޒުވާނުންގެ ވެހި ހުޅުވައިދެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން އެ ތަނުގައި ކުލަ ޖައްސަވަނީ: އެތަނުގައި ޒުވާނުންގެ ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ/ރައީސް އޮފީސް
20 ނޮވެމްބަރ 2025 - 20:18
މުލިއާގޭގެ ގަރާޖެއްގެ ގޮތުގައި ބޭނުންކުރި ތަން ޒުވާނުންގެ ހަބަކަށް ބަދަލުކޮށް، މިއަދު ހުޅުވައިފި އެވެ.
ލިލީމަގުގައި މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަން "ޒުވާނުންގެ ވެހީ"ގެ ގޮތުގައި ތަރައްގީކޮށް ރަސްމީކޮށް މިއަދު ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ އާޓިސްޓުން މަސައްކަތް ކުރުމަށާއި ޖަމިއްޔާތަކާއި ޒުވާނުންނަށް ބައްދަލުވުންތަކާއި ވޯކްޝޮޕް އަދި ޓްރެއިނިންތައް އެތަނުގައި ބޭއްވޭނެ ކަމަށެވެ.
މީގެ އިތުރުން މިއުޒިކް ރިކޯޑުކުރަން ހާއްސަ ސަރަހައްދަކާއި ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް "ހެޕިނަސް ލައުންޖު"ގެ ނަމުގައި ވަކި ހިދުމަތްތައް އެތަނުން ލިބޭނެ ކަމަށް ވެސް އަސްވާޑު ވިދާޅުވި އެވެ. އަދި ކިޔަވާ ދަރިވަރުންގެ ސްޓޫޑެންޓް ކާޑު ދެއްކުމަށްފަހު ސްޓަޑީ ރޫމްތައް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒުވާނުންގެ ވެހި ހުޅުވައިދެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން އެތަން ބައްލަވާލައްވަނީ --- ފޮޓޯ/ރައީސް އޮފީސް
މީގެ އިތުރުން ޒުވާނުން ގުޅުންހުރި އިތުރު ހިދުމަތްތައް އެތަނުން ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މުލިއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަން، ޒުވާނުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ހުޅުވީ އޮގަސްޓް 23، 1980 ވަނަ އަހަރެވެ. ނަމަވެސް، އޭގެ 11 އަހަރު ފަހުން އެތަން ވެސް ވަނީ މުލިއާގޭގެ ގަރާޖަކަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް ޒުވާނުންގެ ހަރަކާތްތަކަށް އެތަން އަނެއްކާވެސް ބޭނުންކުރަން ނިންމީ ނޮވެމްބަރު، 2024 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މީފެންނަގޮތް
21 November 2025
މާލޭގެ ފުޓްސަލްދަނޑުތަކަށް ވެފައި މިއޮންނަ ގޮތް ރަނގަޅަށްވިއްޔާ ތިޔަތަނަށް ވެސް ވެގެންދާނީ. ބައެއް ދާއިރާތައް ކޮންޓްރޯލްކުރަނީ އަދި އިސްކޮށްތިބީ ވަކިބަޔެއްގެ "ޕްރޮކްސީ"ކަމަށް ކިޔަސް ގަބޫލުކުރަން ކުރިން ފަސްޖެހެވުނު. މިހާރު މިފެންނަ މަންޒަރުތަކުން ގަބޫލުނުކުރާކަށް ތަނެއްނެތޭ ބުނެވޭނީ.
ޚިޔާލެއް
21 November 2025
ނައިބު ރައީސްގެ މަޤާމު އުވާލަން ފެނޭ، އެއީ ބޭކާރު ކަމެއްނެތި ބޮޑު ޚަރަދެއް ދައުލަތުން ކުރަންޖެހޭ މަޤާމެއް، އެމާޤާމުގެ ޒިންމާ ހަވާލު ކުރާނީ ފަސްޓްލޭޑީ އާ، ރައީސް އަށް އާޖެންޓް ކަމެއް ދިމާވެއްޖެނަމަ މަޖިލީސް ރައީސް ޤައުމި ހިންގާނެ. ފައިސަލް ނަސީމް ބަރާބަރު
އަސް
21 November 2025
ބޮޑު ޕްރޮޖެކްޓެއް ތި ނިންމާލެވުނީ، ގަދަ
ހުސައިން
20 November 2025
|މިއުޒިކް ރިކޯޑުކުރަން|" ރަނގަޅު ކަމެއްނޫން. ޒުވާނުން ހަލާކުވުންތަކުން ދުރުކުރަންވީ
ސުނދާ
21 November 2025
މޮޔަ ނުވޭ! ކަލޭ މިޔުޒިކް އަޑު ނާހަންތަ! ކަލެއަށް މިއުޒިކް ކުޅެން ނޭގޭ ތީ ތި އުޅެނީ
ވޭމަންޑޫ
20 November 2025
ދެން ތިޔަ ތަނުގައި ކޮންފަދަ ބޮޑު ޖަރީމާއެއް ބާ ހިންގާނީ ގޭންގު މާރާމާރީގެ ބަހަކަށް ތިތަން ވާނޭހެން ހީވަނީ އެކިއެކި ޒާތްޒާތުގެ ގުރޫޕް ތައް ގޮސް އެއްބަޔަކު ކުރާކަމެއް އަނެއް ބަޔަކަށް ކަމު ނުގޮސްގެން ދެ ބައި މީހުންގެތެރޭގައި މަރާމާރީއެއް ހިނގުމަކީ އެކަށީގެން ވާކަމެކެވެ ދެންތިބޭނީ ހުސް ދާދާއިން އެތާގައި
ޢަލިކޮއެ/ހުޅުމާލެ
20 November 2025
ކުދި ކުދި ޕެޓީ ކަންކަން ޕާޓީކުލައިގަ. މިއަށްވެސް އަހަރެމެން ކިޔަންވީ ތަރައްގީތަ؟