23 ނޮވެމްބަރ 2025 - 11:01
ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ "ވަރުގަނޑު" ކެމެރާމަނަށް ބަލާލައިފި އެވެ.
ނިއުކާސަލްގައި ރޭ ކުޅުނު މެޗުން ސިޓީ ބަލިވީ 2-1 ންނެވެ.
މެޗުން ބަލިވެ، ސިޓީ އަށް ވަނީ އާސެނަލްގެ ފަހަތުގައި ވިއްދޭގޮތް ނުވެފަ އެވެ. އަދި އެ ޓީމު ތިންވަނަ އަށް ފުރޮޅާލީ އެވެ. އެއްވަނައިގައި އޮތް އާސެނަލްގެ ފަހަތުން މިހާރު ދެވަނައިގައި އޮތީ ޗެލްސީ އެވެ.
ގާޑިއޯލާގެ ވަރުގަނޑު ބާލާލީ ހަމައެކަނި ކެމެރާމަނަކަށް ނޫނެވެ. ނިއުކާސަލްގެ ކެޕްޓަން ބުރްނޯ ގިމަރޭސް އަދި މެޗު އޮފިޝަލުންނަށް އަމާޒުކޮށް ވެސް އޭނާގެ މާޔޫސްކަމުގެ އަސަރު ބޭރުކޮށްލި އެވެ.
މެޗުގެ ފަހު ކަށިގަނޑަށް ފަހު ގާޑިއޯލާ އާއި ބުރުނޯ ކުރިމަތިލާތަން ފެނެ އެވެ. ދެ މީހުން އެކަކު އަނެކަކަށް ހިތްހަމަނުޖެހުން ފާޅުކުރާ މަންޒަރުވެސް ފެނުނެވެ. އުމުރުން 54 އަހަރުގެ ގާޑިއޯލާ އަށް ހަމަޖެހިގެން ނުހުރެވުނެވެ. ކެމެރާމަނާ ކުރިމަތިލައި އޭނާ ފުސްމޫނު ދައްކާލި އެވެ. އޭނާ އަށް ނަތީޖާ ހަޖަމެއް ނުވި އެވެ.
ނިއުކާސަލުން މެޗުގެ 64 ވަނަ މިނެޓްގައި ހާވީ ބާންސް ލަނޑު ޖަހައި ލީޑް ނެގި އެވެ. އޭގެ ހަތަރު މިނެޓް ފަހު ރުބެން ޑިއާޒް ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެކަމަކު ދެ މިނެޓްތެރޭގައި ބާންސް ނިއުކާސަލަށް އަލުން ލީޑް ނަގައި ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެންޑޭޒް
23 November 2025
މި ގާޑިއާބެ ބަލިވެއްޖެޔާ ކެމެރާ ގޯސް، ބޯޅަ ގޯސް، ދަނޑުގެ ވިނަގަނޑު ގޯސް، ގޯލު ދާގަނޑު ގޯސް، މީނަ ކޯޗުކޮށްދޭ ޓީމެއް މޮޅުވެއްޖެޔާ މީނަވަރުގެ މޮޅު ކޯޗެއް ނުހުރޭ، އެކަމަކު ބޮޑު ޚަރަދުކޮށްފަ ސުޕަރ ސްޓާރުން ލައިގެން ނޫން ގޮތަކަށް މިހާތަނަށް ލިބުނު ކާމިޔާބެއް ނެތް
ކަރުފެލޭ
24 November 2025
މި ކޮމެންޓު ލިޔުނު މީހަކު ވަރަށް ބޮޑަށް ބަލާ ދިރާސާ ކޮށްފަ ލިޔެފަ އޮތް ކޮމެންޓެއް ކަމަށް ބެލެވޭ