މުނިފޫހިފިލުވުން / ބޮލީވުޑް

ހޮލީވުޑާއި ބޮލީވުޑްގެ ތަރިންނާ އެކު އިންޑިއާގައި އަނެއްކާވެސް ބޮޑު ކައިވެންޏެއް

ކައިވެނިކުރި ވަމްސީ ގަޑީރާޖޫ އާއި ނެތުރާ މަންތެނާ. ހޮލީވުޑްގެ ތަރި އަދި ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒްއާ އެކު.

24 ނޮވެމްބަރ 2025 - 05:55

1 comments

ހޮލީވުޑާއި ބޮލީވުޑްގެ ތަރިންނާ އެކު އިންޑިއާގައި އަނެއްކާވެސް މުއްސަނދި އާއިލާއަކުން ބޮޑު ކައިވެނީގެ ހަފުލާއެއް ބާއްވައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިއީ މި އަހަރު އިންޑިއާގައި ބޭއްވި އެންމެ ބޮޑު ކައިވެންޏެވެ.

އެ ކައިވެންޏަކީ އިންޑިއާއަށް އުފަން ނަމަވެސް އެމެރިކާގެ ރައްޔިތުކަން އޮންނަ ބިލިއަނަރެއް ކަމަށްވާ ރާމާ ރާޖޫ މަންތެނާގެ އަންހެން ދަރިފުޅު ނެތުރާ މަންތެނާގެ ކައިވެންޏެވެ.

ރާޖޫއަކީ އެމެރިކާގައި ފާމަސޫޓިކަލްގެ ވިޔަފާރިކުރާ މީހެކެވެ. އޭނާގެ އިންޖީނަސް ފާމަސިއުޓިކަލްސް ކުންފުނިން އެމެރިކާ އާއި ސުވިޒަލެންޑް އަދި އިންޑިއާގައި ވިޔަފާރި ހިންގަ އެވެ.

ނެތުރާ ކައިވެނިކުރީ ނިއު ޔޯކުގައި ޓެކްގެ ވިޔަފާރިކުރާ ޒުވާނެއް ކަމަށްވާ ވަމްސީ ގަޑީރާޖޫއާ އެވެ.

އިންޑިއާގެ ސްޓައިލްގައި އެ ދެމީހުންގެ ކައިވެނީގެ ހަފުލާތައް ބާއްވަނީ ރާޖަސްތާނުގެ އުދެއިޕޫރުގަ އެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން ހަތަރު ދުވަހަށް ކުރިއަށް ގެންދާ އެ ހަފުލާތަކަށް ހޮލީވުޑާއި ބޮލީވުޑްގެ ތަރިންނަށް ދައުވަތު ދީފައިވެ އެވެ. އެ ކައިވެނީގެ އެންމެފަހު ހަފުލާ ބާއްވަނީ މިރެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ވަނީ އައިޓަމްތައް ވެސް ހުށަހަޅައިފަ އެވެ. ކަރަން ޖޯހަރާއި ސޯފީ ޗޯދުރީ ހޮސްޓުކުރި އެ ހަފުލާގައި ޕާފޯމްކުރި ތަރިންގެ ތެރޭގައި މާދުރީ ދިކްޝިތު، ޖާންވީ ކަޕޫރް، ވަރުން ދަވަން، ރަންވީރް ސިންގް، ޖެކޮލިން ފެނާންޑޭޒް، ކްރިތީ ސެނޮން އަދި ޝާހިދު ކަޕޫރް ހިމެނެ އެވެ.

ދައުވަތު ދީގެން އެ ހަފުލާއަށް ދިޔަ ބޮލީވުޑްގެ އެހެން ތަރިންގެ ތެރޭގައި ރަންބީރް ކަޕޫރާއި އަބީޝެކް ބައްޗަން އާއި ރިތިކް ރޯޝަން ވެސް ހިމެނެ އެވެ.

ހޮލީވުޑްގެ ތަރި އަދި ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް ވެސް އެ ކައިވެންޏަށް އިންޑިއާއަށް ވަނީ ގޮސްފަ އެވެ. މިރޭ އޮންނަ ހަފުލާގައި ޖެނިފާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ޕާފޯމްކުރާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ދޮށީ ދަރިކަލުން ޑޮނާލްޑް ޓްރަމްޕް ޖޫނިއާ ވެސް، އޭނާގެ ލޯބިވެރިޔާ ބެޓީނާ އެންޑަސަންއާ އެކު ވަނީ އެ ކައިވެންޏަށް އިންޑިއާގެ ވަޑައިގެންފަ އެވެ.

މި ބޮޑު ކައިވެނީގެ ހަފުލާތައް ބާއްވަނީ އުދެއިޕޫރުގެ އެންމެ މަޝްހޫރު ތަންތަން ކަމަށްވާ މަނެކް ޗޯކް އާއި ޒެނާނާ މަހަލް އާއި ދަ ލީލާ ޕެލެސް އަދި ޖަގްމަންދީރުގަ އެވެ.

މިދިޔަ އަހަރު ބޭއްވި، އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަތު އަމްބާނީ އާއި ރާދިކާ މާޗެންޓު ކައިވެންޏަކީ މިހާތަނަށް އިންޑިއާގައި ބޭއްވި އެންމެ ބޮޑު ކައިވެންޏެވެ. އަހަރުގެ ބޮޑު ބަޔަކަށް ދެމިގެންދިޔަ އެ ކައިވެނީގެ ހަފުލާތަކުގައި ވެސް ހޮލީވުޑާއި ބޮލީވުޑްގެ ތަރިންގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ބައިވެރިވެފައިވެ އެވެ.

1 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 14%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖައުޝް

24 November 2025

އިންޑިއާމުއްސަދިން ވެސް މީ އަޖާއިބެއް ކަހަލަބައެއް. އެކަކަށް ވުރެން އަނެކަކު ބޮޑު ޚަރަދު ކޮށް ޕާރޓީ ބާއްވަނީ. މި ދެންވާދަ ވެރިކަމެއްދޯ. އަމްބާނީ ސޮރު ވެސް ބޮޑުސިންގާހާ ޕާރޓީ އެއް ބާއްވާ ފައިސާ އޮށްސާލި. އޭނަ އަށް ކޮން މޮޅެއްވީ. ފިލްމުސްޓާރުންނާ ނުފޫޒު ގަދަ މީހުން ގެނެސް ނާޗަރަންޖީ ޖައްސާ އިރު މި ތަނުން ބައެއްމީހުން މީ މިވެރިން ދަންނަ ބައެއް ވެސް ނޫން އަދި ދުވަހަކު ބައްދަލުކުރި ބައެއްވެސް ނޫން. އެންމެ ފަޤީރުޤައުމު އެންމެ ބޭކާރު ޙަރަދު ކުރާޤައުމު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454