ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފައިލް ފޮޓޯ/މަޖިލިސް
24 ނޮވެމްބަރ 2025 - 10:50
ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް، އެއްވެ އުޅުމުގެ މިިނިވަންކަން މުހިއްމު ވަނީ ވެރިކަމުގައި ނޯންނަ އިރު ކަމަށާއި އެކަމުގައި އިހުލާސްތެރި އެއް ބަޔަކު ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
މުޒާހަރާ އާއި ހަޅުތާލުކުރުމުގެ ހައްގަށް، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުން އަޅާފައިވާ ހުރަސްތައް އުވާލަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވާފައިވާ އިސްލާހަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ސަލީމް ވިދާޅުވީ، ކޮންމެ ބަޔަކަށް ވެސް ބާރު ލިބުމާ އެކު، ގާނޫނުއަސާސީ ވެސް "ފުރޮޅާލާ" ކަމަށާއި އެހެން އެތައް ބަދަލެއް ވެސް ގެންނަ ކަމަށެވެ. އިދިކޮޅުގައި ތިބޭ އިރު "މި ހުރިހާ އެއްޗެއް ވެސް" [އެއްވެ އުޅުމުގެ މިނިވަންކަން މިހާރަށް ވުރެ ބޮޑުކޮށް އޮތުން] ވެސް ޕާޓީތަކަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ވެސް އިހުލާސްތެރިކަމެއް ހުރި ނަމަ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު ފަދަ ހުރިހާ ކަމެއް އެ ޕާޓީ އަށް ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ދުވަސްވަރު އިސްލާހު ކުރީސް ކަމަށް ސަލީމް ވިދާޅުވި އެވެ.
"އެހެންވީމާ އެއްގޮތަކަށް ވެސް މި ވާހަަ ދައްކަނީ އިހުލާސްތެރި ކަމެއް އޮވެގެނެއް ނޫން. ހަމަ ކޮން ބައެއް ވެސް އެ ބައެއްގެ އަމިއްލަ އެދުމުގެ މައްޗަށް މި ވާހަކަ ދައްކަނީ. އެހެންވީމާ އެ ވާހަކަ ނުދައްކަމާ ހިނގާ. ނުދައްކައި އެ ބަޔަކު ބޭނުން ގޮތަކަށް ކަން ކުރީމާ އެ ނިމުނީނު؟،" ސަލީމް ވިދާޅުވި އެވެ.
"މިއީ ނޫންތޯ މިކަން ކުރާ ގޮތަކީ؟ ކީއްކުރަންތޯ މި ވާހަކަ ދައްކަނީ؟ ކޮންމެ ބަޔަކަށް ވެސް ވެރިކަން ނުލިބޭހާ ހިނދެއްގައި މި ހުރިހާ ސަކަރާތެއް ޖަހަމުންދާނެ."
ކޮންމެ ބަޔަކު ވެސް ވެރިކަން ލިބޭ އިރަށް އަނެއް އަތަށް ޖަހާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. މިހާރު އިިދިކޮޅުގައި ތިބި މީހުން މާދަމާ ވެސް ވެރިކަަމަށް އަތުވެއްޖެ ނަމަ ހުރިހާ ކަމެއް އަނެއް ކޮޅަށް [އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ގޮތަށް] ކަންތައްތައް ބަދަލުކުރާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އެހެންވީމާ މި ވާހަކަ އަަޅުގަނޑުމެން. ނުދައްކާ ހިނގާ އެ ބައެއްގެ ސަރުކާރު އައިމާ އެބަޔަކަށް ފެންނަ ގޮތަށް ރަނގަޅަށް ހިންގަމާ. ރަނގަޅަށް ހިންގާފައި އެ ރަނގަޅު ނޫނިއްޔާ ރައްޔިތުން ބަދަލުކުރާނެ،" ސަލީމް ވިދާޅުވި އެވެ.
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ފާސްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އޭރު ވެރިކަން ކުރި ޕީޕީއެމަށް މަޖިލީހުގެ މެޖޯރިޓީ އޮވެގެންނެވެ. އޭގެ ފަހުން، އެމްޑީޕީ އަށް ވެރިކަމާއި މަޖިލީހުގެ މެޖޯރިޓީ ލިބިފައި ވަނިކޮށް، އެ ގާނޫނު އުވާލަން ކާށިދޫ ދާއިރާގެ އޭރުގެ އަމިއްލަ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އެވެ. ނަމަވެސް 19 ވަަނަ މަޖިލީހުގެ ދައުރު ނިމެންދެން ވެސް އެ ހުށަހެޅުން އޮތީ މަޖިލީހުގެ ކޮމިޓީއެއްގައި ޕާކް ކޮށްފަ އެވެ.
މިއަދުގެ ޖަލްސާގައި ސަލީމްގެ ކުރިން ވާހަކަ ދައްކަވަމުން، ބިލު ހުށަހެޅުއްވި މެންބަރު މީކާއީލް ވެސް ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަން ފުޅާކޮށް ބާއްވަން ކޮންމެ ޕާޓީއަކުން ވެސް ބޭނުން ވަނީ ވެރިކަން ގެއްލުމުން ކަމަށެވެ. ނަަމަވެސް އެ ގާނޫނު އުވާލަން ހުށަހަޅުއްވަން ކެރިވަޑައިގަތީ އެ ގާނޫނު އުވާލަން ކުރިން ވެސް ހުށަހެޅި ކޮންމެ ފަހަރަކު އެކަމަށް ތާއީދުކޮށް ވޯޓުދީފައި ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބިގަރަ ހަސަނާ
24 November 2025
އޮޅިގެންވެސް ރަގަޅު ވާހަކަ ދައްކާ މީހުންނަށް ބޭނުންދުވަހަކު މަޖުލީހުގައި ތިބޭވޭނެ ގަވާއިދެ ހަދަންވެއްޖެ.
މަ ވޯޓާ ޝަރީފުއަށް
24 November 2025
ސަލީމު ލައިފްޓައިމް މަޖުލިސް މެންބަރަކަށް ހޮވަން މަ ތާއީދު
އަޖޭ
24 November 2025
އަހަރެން ދެން ހުރިހާ އެއްޗެއް ގަންނާނީ ރެޑްވޭވްއިން
ޱރ ނަސާ
24 November 2025
އަހުރެން ސަލީމް ހިމަނައިގެން މިބުނާނީ މިޤައުމިގަ ނެތޭ ތިޔަހޯދަން އުޅޭ އިހުލާސްތެރި މީހުންނެއް މަގޭ މާޒީން އެކަން އެނގޭނެ ވ ގިނަމީހުންނައް.
އަހަންމާ.
24 November 2025
ސަލީމު އަކީ ވަކިން ކާކުތޯ؟މާތްﷲ އަށް ބިރުވެތިވުމަށް ސަލީމަށް ގޮވާލަން.
ރެޑްރާޅު
24 November 2025
جَزَاكَ ٱللَّٰهُ خَيْرًا
ރާވެރިބެ
24 November 2025
ކޮންމެ މީހަކު ބުންޏަސް ތެދެއްވާނީ ތެދަކަށް. ރާއްޖޭގަ މިތިބި ސިޔާސީ ޕާޓީތަކުގަ ނެތް އެއްވެސް އިޙްލާސްތެރިއެއް. ގައުމީ ޙިދުމަތަކީ މިވެރިން ދަންނަ އެއްޗެެއް ނޫން. ކޮންމެ ވެސް އުކުޅަކުން ފައިސާތަކެއް ހޯދަން އުޅޭ މީހުން.
ޛސކކސ
24 November 2025
ތިއީ ތިކަން އޮންނަ ގޮތް. ދެން ވިޔަފާރިވެރިން ތިތަނަށް ވަންނަ ބޭނުން ބުނެލަދީބަލަ
މިއައު
24 November 2025
އެހެންވީމަ މަނިކުފާނުގެ ޒިންމާއެއް އެއީ އެކަންކަން ހާމަ ކުރުން. ކާކު ކަން އިހުލާސްތެރި ނޫނީ. ދެން މަނިކުފާނު އެންޑޯސް ކުރި މީހުންނަކީވެސް ޖުމްލަކޮށް އިހުލާސްތެރި ނޫން ބައެކޭ ތިބުނީ. މާނައަކީ މަނިކުފާނަކީވެސް އިހުލާސްތެރިއެއް ނޫނޭ. އިސްތިއުފާ ދެއްވާ
ރަނގަޅު
24 November 2025
މިވީހާ ތަނަށް ތިޔަ މަޖިލީހުގައިވެސް އިޚްލާޞްތެރިއަކު ތެދުވެރިއަކު ހުރިތަނެއް ފެނިފައެއް ނެތް. ތިޔަ ވިދާޅުވީ ރަނގަޅަށް.
ދާއޫދު
24 November 2025
ޢެހެންވީމާ ޑިމޮކުރަސީ އުވާލާ ރަސްކަމެއް އާލާކުރުންނަުންގޮތެއް ދެން ނެތް.
ދިއްދޫސަލިމް
26 November 2025
އޭރުން މިހާރު ވާވަރުވެސް ނުވާނެ