ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
24 ނޮވެމްބަރ 2025 - 14:46
މިހާރުގެ ސަރުކާރަށް ދެ އަހަރު ވީ އިރު ވެސް ފެނަކަ ކޯޕަރޭޝަން ހަމައަކަށް ނޭޅުވިގެން އުޅެނީ ކުރިން ވެފައި އޮތް އިހުމާލު ބޮޑުވުމުން ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުހެ އެންވަޔަރްމެންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ނަޖާހް ވިދާޅުވީ ފެނަކަ އަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޯޕަރޭޝަނަށް ބައެއް ހިދުމަތްތަކާއި ތަކެތި ފޯރުކޮށްދިން ފަރާތްތަކުގެ ލިޔެކިއުން ފުރިހަމަކޮށްފައި ނެތުން ކަމަށެވެ. ކުރީގެ ސަރުކާރުން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ އެއްވެސް ޑޮކިއުމެންޓެއް ނެތް ކަމަށާއި ފޭކް އެއްޗެހި ގެނައީ ކޮންބައެއްތޯ ބެލުން ފަދަ މަސައްކަތްތައް ވެސް އުނދަގޫވެފައި ވަނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭރު ވެފައި އޮތް އިހުމާލު އަސްލު ވަރަށް ބޮޑު. ބޮޑުވީމާ އަޅުގަނޑުމެންނަށް، ދެ އަހަރު ވީއިރު މިސަރުކާރަށް މި ކުންފުނި ހަމައަކަށް ނޭޅުވިގެން. މިއުޅެނީ. އަސްލު މި ކުންފުންޏަކީ ފައިސާ ވެސް ހަމަ [ވާ ކުންފުންޏެއް]. ދެން އަޅުގަނޑުމެންނަކީ މާބޮޑު ފައިދާއަކަށް މަސައްކަތް ކުރާ ބައެއް ނޫން. އެހެން ނަމަވެސް ހިދުމަތް ދިނުމުގައި ބުރޫ ނާރާ ވަރަށް ފައިސާ ވެސް ކުންފުންޏަށް ވަދޭ،" ނަޖާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެނަކައަށް ދަތިތައް ކުރިމަތިވެގެން އުޅެނީ ކުރިން ގެނެސްފައި ހުރި ބައެއް ތަކެތީގެ ފެންވަރު ދަށްކަމުންނެވެ. އޭގެ މިސާލެއްގެ ގޮތުގައި ދެއްކެވީ އައްޑޫގައި ބަހައްޓާފައި ހުރި ބައެއް ޖަނަރޭޓަރުތަކެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
"އައްޑޫގައި އަޅުގަނޑުމެން މިސަރުކާރުން އެރުވި ޖަނަރޭޓަރެއް ނުވޭ ހަލާކެއް. އެކަމަކު މިދިޔަ ސަރުކާރުން އެރުވި ހުރިހާ ޖަނަރޭޓަރެއް، ނޭވައެއްގެ ދެކޮޅު ހަލާކުވެގެން މި ޖެހެނީ މަރާމާތުކުރަން،" ނަޖާހް ވިދާޅުވި އެވެ.
ފެނަކައިގެ ހަަރަދުކުޑަކުރަން މިހާރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެ ކުންފުންޏަށް ހިދުމަތާއި ތަކެތި ހޯދުމުގައި މިހާރު ބަލަނީ މާކެޓް ރޭޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެނަކައަށް މުވައްޒަފުން އިތުރަށް ނަގާ ތަން ފެނިދާނެ ކަމަށާއި ނަމަވެސް އެއީ އެކިއެކި މަޝްރޫއުތަކަށް ހާއްސަކޮށް ކޮންޓްރެކްޓް އުސޫލުން ނަގާ މުވައްޒަފުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެންސާލީ
26 November 2025
ފެނަކައަށް މުވައްޒަފުން އިތުރަށް ނަގާ ތަން ފެނިދާނެ ކަމަށާއި ނަމަވެސް އެއީ އެކިއެކި މަޝްރޫއުތަކަށް ހާއްސަކޮށް ކޮންޓްރެކްޓް އުސޫލުން ނަގާ މުވައްޒަފުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބު ހިމެނޭތޯ؟
ކުރީސަރުކާރު
25 November 2025
މައްސަލަޔަކީ އަހަރެންނެވެ. 5 އަހަރު މަގޭ ވާހަކަ ދެއްކުން ނޫން ކަމެއް ކުރާކަށް ގައިމު މިތާކަށް އަންނަ ބަޔަކަށް ނޭނގެއެވެ.
ގޮނުއަނގަ
25 November 2025
މާތާހިރުކަމަށް ކުރީގެ ވާހަކަ ނުދައްކާ. އޭރަށްވުރެ އެންމެ ތަންކޮޅެއްވެސް އިސްރާފު ކުޑައެއްނޫން. ކުރާނެ މަސައްކަތެއްނެތި ފުލް އޯވަރޓައިމް ނަގައިގެން ބޭރުތެރޭގައި މަޖާކުރާންއުޅޭ ޕާޓީއަށް ސޮއިނކުރީމާ ނިމުނީކަމަށް ހަދާފަތިބި ބޭކާރު މީހުން ވައްދައިގެން ތަންތަން ހަލާކުކުރަނީ.
އިދިރީސް
25 November 2025
ފެނަކައަކީ ލާރިޖަހާ މެޝިނެއްގޮތަށް ނުދެކޭ އެމްޑީ އެއް ގެނެސްގެން ނޫނީ Fenaka ރަގަޅު ނުކުރެވޭނެ. މިސަރުކާރުގައި ގެނައި 2 އެމޑީންނަށް ވެސް Fenaka ނުހިންގުނު. މިފަހަރު ނިކަން ހިންގުންތެރި އައްޑޫ މީހަކު ތިތަނަށްލާ ބަލަ. ތިއެމްޑީއަށް ކުރެވުނު ކަމަކީ އޭނާގެ ގާތް 20 ރިޓަޔާޑުންތަކެއް ގެނެސް ބައި ލައްކައިގެ މުސާރަދިނުން އެކަނި. މިމީހުންނަށް ހީވަނީ ތޯއްޗެ، ރިޓަޔާޑް ކިޔައިފިއްޔާ އޯލް އިން ވަން ޕްރޮފެސަރެއް ކަމަށް.
މުދިންބޭބެ
25 November 2025
ނޫން. Fenaka މިހާރު ރަގަޅު ނުކުރެވިގެން އުޅެނީ، މިހާރު Fenaka އެމްޑީގެ ހިންގުންތެރިކަން ނެތީމަ. މަސައްކަތައް ގާބިލު ނޫންވީމަ. ނިންމާ ނިންމުންތައް ކަނޑުކޮސްކަމުން. ކޮންމެ ރިޓަޔާޑަކީ، ހިންގުމުގެ ތަޖްރިބާ ނުވަތަ އެފަންނުގެ އިލްމް ލިބިފައިތިބި ބައެއް ނޫން. Fenaka ރަގަޅު ކުރަންޏާ މިހާރުގެ އެމްޑީ ބަދަލުކޮށް ހިންގުންތެރި އެމްޑީއެއް ލާންވީ.
ޢިއިިއިއ
24 November 2025
އެހެންވެތެ މިހާރުވެސް އިއުލާނު ނުކޮށް ވަޒީފާތައް ބަހަނީ؟؟؟
ކަންދަހާރު އަލިބޭ
24 November 2025
މިއީ ކަނޑައެޅިގެން ދޮގު! ފެނަކަ ފާލުން ނެއްޓި ފެނަކައިގެ ހިނގުން ބޮއްސުންލީ އެމްޑީ އަދި އެމްޑީ ވަޒީފާއަށް ވެއްދައިގެން އުޅޭ މީހުންނަށް ކުންފުނި ހިންގަން ނޭގިއެވެ. މިހާރު ކަންތަށް މިވާގޮތަށް ދާނަމަ މިއަންނަ ރޯދަ މަހު ރާއްޖޭގެ ގިނަ ރަށްތަކަށް ފެނާއި ކަރަންޓް ނުލިބޭނެއެވެ. ހަމަ ކުރީ ސަރުކާރޭ ކިޔައިގެން ފުއްދާލަންވީ ތޯއެވެ؟؟
ބޮކި
24 November 2025
ދެއަހަރުފުރި ތިންވަނަ އަހަރަށް ގުނަމުންދާއިރުވެސް އަދިވެސް ކިޔަނީ ކުރީސަރުކާރު ކުރީސަރުކާރު.......
އިންޖިނޭރު
24 November 2025
އަދިވެސް ބޭނުންކުރަނީ ކުރީ ސަރުކާރު ތަކުން ގެނެސްފަ ހުރި އިންޖީނުތަކެއް ނޫންތަ؟ އެހެންވީމަ އެއިންޖީނުތައް ހިންގަން ބޭނުންވާ ސްޕެއަރ ގަނެބަލަ ތިޔަ ލިބޭ ފައިސާއިން. ކޮން ޕޮލިސް ސްޓޭޝަނަކާ ކޮން ހޮސްޕިޓަލަކާ ކޮން ޕާކެއް ހަދާކަށްތަ؟ ފެނަކައިގެ މެންޑޭޓުގައި ހިމެނޭ ފެނާ ނަރުދަމާ އާއި ކަރަންޓު މަސައްކަތް ނުކޮށް މުއައްޒިފުން ނަގައިގެން ރޭނުމާ ވަޑާންކުރުމާ ދަނޑުގޮވާންކޮށް މަހަށް ދިޔުމަކުން ފެނަކަ ހަމަޔަކަށް ނޭޅޭނެ ނޫންތަ؟
ކޮރަލް
24 November 2025
ނަކަ ކޯޕަރޭޝަން ހަމައަކަށް ނޭޅުވިގެން އުޅެނީ ކުރިން ވެފައި އޮތް އިހުމާލު ބޮޑު ަކމުންނެވެ. މީހަކު ހައްޔަރެއް ނުކުރެއެވެ. ހުކުމެއް ނުކުރެ އެވެ. ތަހުގީގެއް ނުކުރެ އެވެ. ވީމާ ކިޔާ އެއްޗެއް ދިމާ ނުވެ އެވެ.