އައިއެމްޑީސީ.
24 ނޮވެމްބަރ 2025 - 14:43
އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރުގައި ވިހެއުމަށް އެޑްމިޓްކޮށްފައި އޮތް އަންހެނެއްގެ ހާލު ކުއްލިއަކަށް ސީރިއަސްވެ، ނިޔާވި މައްސަލައެއް ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ސިޒޭރިއަން ހަދަން އުޅުމުގެ ތެރޭގައި ނިޔާވީ ހިތަދޫގެ ޒުވާން އަންހެނެކެވެ.
މި މަރާ ގުޅިގެން، އިހުމާލުގެ ތުހުމަތު ވެސް ކޮށްފައި ވަނިކޮށް އައިއެމްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވިހެއުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ މާބަނޑު މީހާ މިއަދު ހެނދުނު ވިއްސަން ޝެޑިއުލްކޮށްފައި ވަނިކޮށް ރޭ ފަތިހު ކުއްލިއަކަށް ހާލު ގޯސްވީ ކަމަށެވެ. ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި އެ މީހާގެ ހާލު އެ ހާދިސާއާ ހަމައަށް ވެސް ރަނގަޅު ކަމަށް ހޮސްޕިޓަލްގެ ބަޔާނުގައިވެ އެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހިސާބަށް ވެސް ލިބެމުންދިޔަ ފަރުވާއާ މެދު ހިތްހަމަޖެހި މެޑިކަލް ޓީމާ އެކު ބަލިމީހާ ދިޔައީ ކަންތައްތައް ހިއްސާކުރަމުންނެވެ.
އައިއެމްޑީސީން ބުނީ އެ މީހާގެ ހާލަތު ކުއްލިއަކަށް ރޭ ފަތިހު ގޯސްވި އިރު އެއީ ކުރިން ބަލިމީހާގެ ފަރާތުން ފެނިފައި ނެތް ހާލަތެއް ކަމަށާއި އެހެންވެ އިމަޖަންސީގައި ވަގުތުން ފަރުވާދޭން ފެށި ކަމަށެވެ.
އެކަމަކު މާބަނޑު މީހާގެ އިމަޖަންސީ އޮޕަރޭޝަނުގައި ސަލާމަތްކުރެވުނީ ހަމައެކަނި ދަރިފުޅު ކަމަށް، މައި މިީހާގެ މަރާ މެދު ހިތާމަ ފާޅުކޮށް އަދި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް އަައިއެމްޑީސީން ނެރުނު ބަޔާނުގައި ބުންޏެވެ.
"އިމަޖަންސީ މެޑިކަލް ހާލަތް ދިމާވީ ގާތްގަނޑަކަށް ފަތިހު 4:39 ގަ އެވެ. އެވަގުތުން ފެށިގެން ބަލި މީހާއަަށް ފަރުވާދޭން ފަށައި އޮޕަރޭޝަން ތިއޭޓަރު ޓީމުގެ ފުރިހަމަ އެހީތެރިކަމާ އެކު ކުއްލި އޮޕަރޭޝަނެއް ވަގުތުން ފެށި އެވެ. އަދި ކުޑަ ދަރިފުޅު ރައްކާތެރިކަމާ އެކު ދުނިޔެއަށް ގެނެވުނެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ނަރުހުންނާއި ކްލިނިކަލް ސްޓާފުން ވަރުބަލި ކަމެއް ނެތިކުރި މަސައްކަތުން ވެސް ކުއްލި ސިއްހީ ހާލަތާ ގުޅިގެން މައިމީހާގެ ފުރާނަ ސަލާމަތްކުރެވިފައި ނުވާކަމަށްޓަކައި ވަރަށް ބޮޑަށް ހިތާމަކުރަމެވެ." ބަޔާނުގައިވެ އެވެ.
އެ ހޮސްޕިޓަލުން ބުނީ މިއީ 2011 ވަނަ އަހަރު އެ ހޮސްޕިޓަލު ހުޅުވިފަހުން އެފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ސްޕެޝަލިސްޓް ޓީމުން ވަނީ އެ ކުއްލި ހާލަތުގައި ވެސް އެންމެ މަތީ ފެންވަރުގެ ފަރުވާ ދިނުމަށް މަސައްކަތްކޮށްފައި ކަމަށް ބުންޏެވެ.
އައިއެމްޑީސީން ބުނީ އެ މައްސަލަ ހެލްތު މިނިސްޓްރީ އާއި ގުޅުން ހުރި އެހެން އިދާރާތަކުން ވެސް ބަލައި ދިރާސާކުރަމުން އަންނައިރު އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެކަމުގައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ކަމެއްގައި ވެސް އެހީ ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަރުކެނޑި
26 November 2025
ހުރިހާ މުއައްސަސާއެއް ބަލަމުންގެންދާ ކަންތަކުގެ ދަފްތަރެއް އެކުލަވާލާކަށް ނުވޭބާ؟
ޙުސަ
24 November 2025
މީގެ ކުރިންވެސް ތިޔަތަނުން މިކަހަލަ ކަމެއް ހިނގާފަވޭ! ނަސްރީނާ ކިޔާ މާބަނޑު އަންހެނަކު ސިޔޭރިޔަން ހަދާފަ ގޮހޮރު އޮތީ ބުރިކޮށްފަ ރަހިމާ އެކު އޮތީ ފަހާފަ! މިކަން އެނގުނީ ދޫކޮށްލިފަހުން ބަނޑަށް ތަދުވެ ހާލަތު ގޯސްވާން ފެށުމުން ގޮސް ހޮސްޕިޓަލަކަށް ދައްކާ ބެލިބެލުމުން! މިރާއްޖޭގައި މެޑިކަލް ނެގްލިޖަންސްތައް ހިނގާ އެތައް ހާދިސާތައް އެބެހިނގާ! މިކަމަށް ބިލެއް ފާސްކޮށް ހަރުދަނާ އުސޫލުތަކެއް ހަދާ އަދަބުތައްވެސް ކަނޑައެޅިފައި އޮންނަންޖެހޭ!!
ކަރަންކާ
25 November 2025
މިއީ އައިއެމްޑީސީ ގަ ވީ ކަމެއް، ތިޔަ ވިދާޅުވަނީ އޭއީއެހް ގެ ވާހަކަ، ތަންކޮޅެއް ރަނގަޅަށް މައުލޫމާތު ސާފުވީމަ ކޮމެންޓް ކޮށްލާ
އެޗް އެމް
24 November 2025
ހުރިހާ ކަމެއްވެސް ބަލަނީ. ހެލްތް ރެގިއުލޭޝަނަށް ތޯ ހިންގަނީ ބެލޭނެތަ، ބަލަން އިގޭނެތަ؟ ރަގަޅުވި އެއްކަމެވެސް ނެތް. ބުނާނީ އނަްފޯޝުނޭޓޭ ..
އިނބިރާ
24 November 2025
ނަމުގެ ކުރިއަށް "އިންޓަނޭޝަނަލް" ޖަހައިގެން ތިއުޅެނީ ތީ އައި އެސް އޯ ސެޓިފައިޑް ތަނެއްތަ؟ އިންޓަނޭޝަނަލް ކޮލިޓީ އެންޑް ސޭފްޓީ ސްޓޭންޑަޑް ގެ ކްރައިޓީރިއާ ހަމާވާ ތަނެއްތަ؟ ނަން ބޯޑުންވެސް އެހެން ނުފެންނާތީ ބުނެވޭނީ ނަމަކަށް ނަމެއްޖަަހައިގެން އުޅެނީއެ؟ ހެލްތް މިނިސްޓްރީ މިކަންވެސް ބަލަންވީ ނުން
އެޑްމުންޑޯ
25 November 2025
ތިޔައީ މިގައުމުގެ ހާލަތަކީ ، މަސްމިރުސް ހަދާމީހާވެސް އެބަންދުކޮއްފައި ފުޅީގެ ބޭރުގެ އޭނާ އަމިއްލައަށް ލިޔެލާނެ މުއްދަތު ހަމަވާތާރީޚް ، ވަރަށް މަޝްހޫރުވެގެން އުޅުނު ހިޖާމާ ޖަހަބޭކަނބަލަކުވެސް އެބައުޅޭ ވަރަށް ގަދަކޮއްގެން ، މިގައުމުގެ ނަން ކިޔަނީ ކޮލިފިކޭޝަނަކަށް ބަލާގެން ނޫން ، އެމީހަކު ހިތަށް އެރިނަމެއްކިއީމާ އެނިމުނީ ،
ޑަކު
24 November 2025
އޭޑުސްލޭއެޅި މައްސަލަ ނިމުނީ ކިހިނެއް؟
ކޮންކަމެއްތަ ގޯސްވީ؟
24 November 2025
ކުއްލުއަކަށް ޙާލު ގޯސްވީ ކޮންކަމަކުންތަ؟
ކަރަންކާ
25 November 2025
ފިޓު ޖެހުނީ
ޝަޖޫ
24 November 2025
ދިމާވި ކުއްލި ހާލަތަކީ ކޮބާހޭ؟ ތިއޮތީ ވަރަށް ވޭގް ސްޓޭޓްމަންޓެއް ނެރެފަ. ޒުވާން މަންމަގެ ފުރާނައަށް ރަހްމަތް ލައްވާށި. އާމީން.