ސްޓެލްކޯއިން ހިންގި އިލެކްޓްރިޝަން ކޯސް ނިިންމުމުގެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ އާއި ސްޓެލްކޯގެ އިސްވެރިން: އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެ ކޯހުގައި 116 މީހުން ބައިވެރިވެ، ސެޓްފިކެޓް ހާސިލްކުރި --- ފޮޓޯ/ސްޓެލްކޯ
24 ނޮވެމްބަރ 2025 - 16:03
އަންހެނުންނަށް ހާއްސަކޮށް ސްޓެލްކޯއިން ކުރިއަށް ގެންދިޔަ އިލެކްޓްރިޝަން ކޯސް ނިންމާލައިފި އެވެ.
އެ ކޯހަކީ އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. އެގޮތުން ޖުމްލަ ހަތް ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ކޯހުގައި 116 މީހަކު ބައިވެރިވި އެވެ.
އެ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒްނާ އެވެ.
ސްޓެލްކޯ އިން ބުނީ އެ ކޯހުގައި ޓްރެއިނަރުންގެ ހަރަކާތްތެރިވީ އެ ކުންފުނީގެ ތަޖްރިބާކާރުން ކަމަށެވެ.
އެ ކޯހުގެ މަގްސަދަކީ ކަރަންޓުގެ ދާއިރާއަށް އަންހެނުން ޝައުގުވެރި ކުރުވައި، އެ ދާއިރާގައި ފިރިހެނުންނާ އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އަންހެނުންނަށް ފަހިކޮށް ދިނުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯ އިން ހިންގި އިލެކްޓްރީޝަން ކޯސްގެ ބައިވެރިއަކަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވަނީ --- ފޮޓޯ/ސްޓެލްކޯ
ސްޓެލްކޯއިން ބުނީ އެ ކޯހުގައި ގޭބީސީތަކުގެ ކަރަންޓް ވަޔަރު ކުރުމުގެ އަސާސީ މައުލޫމާތާއި އަމަލީ ގޮތުން އެކަން ކުރާނެ ގޮތާއި ވަޔަރު ކުރުމަށް ބޭނުންވާ ސާމާނާއި އަދި އާންމުކޮށް ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓް އާލާތްތައް ހަރުކުރާނެ ގޮތް ކިޔައިދީފައިވާ ކަމަށެވެ.
މީގެ އިތުރުން ޑީ ބޯޑަށް ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތާއި ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓް ސާމާނު ރައްކާތެރި ގޮތުގައި ބޭނުން ކުރާނެ ގޮތުގެ އިތުރުން ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރެވޭނެ ގޮތްތައް ވެސް އެ ކޯހުގައި ކިޔައިދީފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ ގޭ ތެރޭގައި ކަރަންޓްގެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތް ކިޔައި ދިނުމަށް އަންހެނުންނަށް ހާއްސަކޮށްގެން އެފަދަ ކޯހެއް ކުރިއަށް ގެންދިއުމުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ސްޓެލްކޯ
އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ސަމާހު ވިދާޅުވީ ފިރިހެނުން ހަރަކާތްތެރިވާ ދާއިރާއަކަށް އަންހެނުން ތަމްރީނު ކުރުމުގައި ވަރަށް އެދެވޭ ނަތީޖާތަކެއް ނިކުންނާނެ ކަމަށެވެ. އަދި އޭގެ ސަބަބުން އަންހެނުންނަށް އަމިއްލައަށް ކަރަންޓްގެ މަސައްކަތް ދަސްވެ، އާމްދަނީ ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނޑު ކަތްދަ
25 November 2025
މިވެސް ހިންގަންޖެހެނީ އަންހެނުންނަށްތަ؟ ކިހާ ބޮޑުވެއްޖެ ކަމެއްތަ މިއީ ދެން!
ޔޫކޭ
25 November 2025
ފެމެނިޒަމްގެ ތެރެއިން އަންނަ ކަންތައްގަނޑު، އަންހެނުންނާ ފިރިހެނުނނ ވާދަކުރުން...... ބަލަ ފިރިހެނުން ލައްވާފަ ވަނީ ރިސްކްނަގާ މިފަދަ މަސައްކަތް ކުރެވޭ ކެޕޭސިޓީގަ
ލޮނުމެދު
24 November 2025
ކީއްވެ ފިރިހެނުންނަށް ބައިވެރި ވެވޭނީ 16 އިން މަތި 30 އަހަރުން ދަށުގެ މީހުނަށް ހަދާފަ އިންނަނީ؟ ފިރިހެނުންވީމަ 40 ވީމަ އިތުރު ކަމެއް ދަސްކޮށްގެން ނުވޭތަ؟
ތުއްތުނާބެ
24 November 2025
ސީދާބޭކާރު ކަމެއް…އެހެނެއްނޫން ދެން ނަމެއްގަ ސަރޓިފިކޭޓް ތަކެއް ދޫކުރުމަކީ ކާމިޔާބީއެއްކަމަށް ދެކެންޏާ ދެންއޯކޭ….ހަރާންވާނެ ތީގެން އެންމެ އަންހެނަކުވެސް ތިކަން ކޮއްފިއްޔާ….
ކެޕްސީޓަރާ
24 November 2025
ސިކުނޑީގެ ކޮންތަނެއްގައި ބޮކި ދިއްލިގެންތަ ކުއްލިއަކަށް އަންހެން ކަބަލުން ތިކަމުގެ ތެރެއަށް ކޮއްޕާލީ. ތިކަހަލަ ކަންތަގިނަވެގެންގޮސް އެކަނަބަލުން ގެެއަކު މަޑުނުޖެހޭ. އަހަރެން ބޭނުމެއްނުން އަހަރެންގެ އަންހެނުން ތިކަހަލަ ކަމެއްގައި ޖެހިގެން ހުރީގޭ ފުރާޅަށް އަރައި އޮއްވަ ފެންނަން
ޖެނިފާ
24 November 2025
މިހާރު ނުވެފައި އޮތީ އަންހެނުން ކަރަންޓުގައި ޖެއްސުން އެއީ މިވެގެން އުޅޭއެއްޗަކީ.
ށސ11
25 November 2025
މީހަކު މަޖުބޫރުކޮށްގެންނޫން ، އެ އަންހެނުން ރުހުމުގައެކަމެއް އެކުރަނީ. އެހެނަސް މިރިސްކު ބޮޑު މަސައްކަތަށް ކަމުދާނީ ފިރިހެނުން. މައްސަލައަކީ ސޭފްޓީ ފޮލޯނުކުރުން ފިރިހެނުންވެސް
ލައިޓަޕް ދަ ވޯލްޑް
24 November 2025
ތިޓްރެއިނިންގައި ހަރުގަޑަށް އަރައި ބަލްބް ލައިޓް ބަދަލުކުރަން ދަސްކޮށްދިނިންތަ. މިވާގޮތަކީ އަތްނުފޯރާ ކޮންމެ އެއްޗަކަށް ހަރުގަޑަކުން ފިރިހެނުން އަރަން މިޖެހެނީ.
ކިއްލި
24 November 2025
މިހާރު އެބަ ރަނގަޅުވޭ. ދެން ބަލަންވީ ދޯނިތަކަށް އަންހެންވެރިން އެރުވޭތޯ.