ޕްރޮސްތެޓިކް ލެބްގެ ހިދުމަތް އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހުކޮށް ދެއްވަނީ: އެ ލެބްގެ ޓެކްނީޝަން އަނބުރާ ގައުމަށް ގޮސްފައިވާތީ މަސްނޫއީ އަތާއި ފައި ހަދައި ދިނުމުގެ ހިދުމަތް އެ ލެބްގައި ހުއްޓިފައި އޮންނަތާ ވަނީ އަށް މަސް ދުވަސް ވެފައި --- ފޮޓޯ/ރައީސް އޮފީސް
26 ނޮވެމްބަރ 2025 - 16:40
ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ މަސްނޫއީ އަތާއި ފައި ހަދައިދޭ ލެބްގައި އެ ހިދުމަތް ހުއްޓިއްޖެ އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމްކުރި ޕްރޮސްތެޓިކް ލެބް ހުޅުވީ އޮގަސްޓް 9، 2023 ގަ އެވެ. ނަމަވެސް، އެ ހިދުމަތް ދިނުމަށް އެންމެ މުހިއްމު ޓެކްނީޝަން އަނބުރާ ގައުމަށް ދިއުމުން އެކަން ވަނީ ހުއްޓިފަ އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕްރޮސްތެޓިކް ޓެކްނީޝަންގެ މަގާމު ހުސްވެ، ހިދުމަތް ހުއްޓުނުތާ އަށް މަސް ދުވަސްވެއްޖެ ކަމަށެވެ. އަދި އެ ވަޒީފާއަށް މީހަކު ހޯދަން މަސައްކަތްކުރި ނަމަވެސް އެކި ގޮންޖެހުންތައް ދިމާވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޕްރޮސްތެޓިކްސްއަކީ އަތާއި ފައިގެ އުނިކަމެއް ދިމާވެފައިވާ މީހުންނަށް ހަދައިދޭ އަތާއި ފަޔެވެ.
އެ ހިދުމަތް ނުލިބުނަސް، އެ ލެބްގައި ތެރަޕީގެ ފަރުވާތައް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ހިދުމަތްތައް އެއްކޮށެއް ނުހުއްޓޭ. ތެރަޕީގެ ހިދުމަތްތައް އެބަދޭ. އެކަމަކު މައިގަނޑު ކަމަކީ ޕްރޮސްތެޓިކްގެ ހިދުމަތަށް ވިޔަސް، އެކަމެއް މިވަގުތު ނުވޭ،" ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްނޫއީ އަތާއި ފައި ހެދުމަށް މިހާރު ފޮނުވަން ޖެހެނީ ރާއްޖެއިން ބޭރަށް ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުން މީގެކުރިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުން ހިދުމަތް ހޯދާ 18 އަހަރުން ދަށުގެ 480 އަށް ވުރެ ގިނަ ކުދިންގެ ތެރޭގައި ވެސް މަސްނޫއީ އަތާއި ފައި އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ހާއްސަ ބޫޓު ބޭނުންވާ ކުދިން އެބަ ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
26 November 2025
މިހިރީ ޤައުމީ ބޮޑެތި މައްސަލަތައް، އެކަމަކު އަބަދުވެސް ހަވާ އެރުވުމާ ކުލަބޮކި ދިއްލައިގެން ލަވަޖަހާ އުފާފާޅުކުރުން މިއޮންނަނީ މެކުހަށްޖަހާފަ، އުފެއްދުންތެރިކަން ސުމެއް.
ގޫކޭލި
26 November 2025
ދެ ޓެލް އެވްރީތިން ޔޫ ނީޑް ޓް ނޯ އެބައުޓު މޯލްޑިވްސް. މިއަދު ކަމެއް ފަަށައިފިއްޔާ މާދަމާ ހުއްޓޭނެ. އެކުރާކަމަކަށް ހުންނާނީ އެންމެ ޓެކްނިކަލް މީހެއް، އެމީހާ ކުއްލި އިމިޖެންސީއެއްގައި ރަށަށް ދާންވެއްޖެއްޔާ އެކަން ނިމުނީ ބަންދުބޯޑް އަޅުވަންވީ.
ޱރ ރައްޒާގު
26 November 2025
ކޮންމެ ކަމެއްވެސް ފޭލްވީމާ ބުނަ
ލޮކޭޝަން
26 November 2025
ތިއި ހުޅުމާލެ ހޮސްޕިޓަލްގެ ހުޅަނގު ފާރާތުގައި ގަރާޖެއްހެން ބަނދުކޮށްފައި ހުންނަ ތަންތަ?