ޚަބަރު / ސިއްހީ ޚިދުމަތް

ހުޅުމާލޭ ހޮސްޕިޓަލްގައި އައިސީޔޫއަކާއެކު، އަންނަ އަހަރު ހިދުމަތްތައް ފުޅާކުރަނީ

ހުޅުމާލެ ހޮސްޕިޓަލްގެ އިމާރާތް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލްގައި އައިސީޔޫއަކާއެކު، އަންނަ އަހަރު ހިދުމަތްތައް ފުޅާކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ސީއީއޯ މާރިޔާ ސައީދު މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް 300 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާ ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ ތެރޭގައި، ހަ ބުރީގެ އިމާރާތް އެއްކޮށް ބޭނުންކުރަން ފެށުމާއި އިތުރު ޑޮކްޓަރުން ހޯދުން ހިމެނެ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށުމާއެކު، އެންމެ ބޮޑު ޑިމާންޑެއް އުފުލިފައިވާ އެއް ތަނަކީ ވެސް ހުޅުމާލޭ ހޮސްޕިޓަލެވެ.

މާރިޔާ ވެސް ވިދާޅުވީ ހުރިހާ ހިދުމަތެއްގެ ބާރު ބޮޑުވެފައިވާއިރު، މިހާރު ދޭ ހިދުމަތްތައް ފުޅާކުރުމަށް ގިނަ ބަޔަކު އެދޭ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ، މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެހެންވެ، ނުލިބޭ ހިދުމަތްތައް ތައާރަފު ކުރަން އަންނަ އަހަރަށް ވަނީ ރާވައިފަ އެވެ.

"މި ވަގުތު ނެތް އައިސީޔޫ ފެސިލިޓީއެއް. ނަމަވެސް ކުރިއަށް އޮތް ތަނުގައި ޕްލޭން ކުރެވިފައި އެބައިން އައިސީޔޫ ހަދަން. އަންނަ އަހަރުގެ ކޮންމެ ވެސް ހިސާބެއްގައި މަސައްކަތް ފެށޭނެ ކަމަށް ރާވާލާފައި މި އޮތީ. މި ވަގުތު މި ހުރީ އެންމެ އޮޕަރޭޝަން ތިއޭޓަރެއް. އެކަމަށް ވެެސް އިތުރު ތިއޭޓާސް ހެދުމަށް އަންނަ އަހަރަށް ބަޖެޓު ހަމަޖެހިފައި އޮތީ،" މާރިޔާ ވިދާޅުވި އެވެ.

ހާލު ދެރަ މީހުންނަށް ފަރުވާ ދޭނެ އައިސީޔޫއެއް މީގެ ކުރިން ހުޅުމާލޭ ހޮސްޕިޓަލުގައި ހުއްޓެވެ. އެކަމަކު ފަހުން އެ ތަން ބަދަލުކުރީ ޑައިލިސިސް ޔުނިޓެކެވެ.

ހުޅުމާލެއަކީ މަގުމަތީގެ އެކްސިޑެންޓުތައް ގިނަ ތަނަކަށް ވުމުން، އިމާރާތުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް އިމަޖެންސީ ރޫމް ބޮޑުކުރަން ވެސް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ފަރުވާ ދޭ އެންއައިސީޔޫ އަކާއި އިތުރު އޮޕަރޭޝަން ތިއޭޓަރެއް ހަދަން ބަޖެޓުގައި ހިމަނާފައި ވެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ބަލި މީހަކު ގެންދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ބައެއް ފަހަރު ކޮމްޕްލިކޭޓެޑް ޕްރެގްނެންސީ ކޭސަސް ނަގަން އުނދަގޫވޭ އެންއައިސީޔޫއެއް ނެތީމާ. ކުޑަކުއްޖާ އަށް ދޭންޖެހޭ ހާއްސަ ފަރުވާ ނެތީމާ. ބައެއް ފަހަރު ރިފާކުރަން އައިޖީއެމްއެޗަށް،" މާރިޔާ ވިދާޅުވި އެވެ.

"ޖާގަ އެންމެ ދަތި ކަމަކީ. ބޮޑުކުރަން، ފުޅާކުރަން ހިދުމަތްތަކުގެ ވޮލިއުމް ބޮޑުކުރަން މާ ބޮޑު ސްޕޭސްއެއް ނެތް،"

ފާއިތުވި ދުވަސްތަކުގައި ވެސް އެ ހޮސްޕިޓަލުގައި އެންމެ ބޮޑު ކިއުއެއް އޮތީ ޗައިނާ ސަރުކާރުގެ އެހީގައި ގާއިމްކުރި ލޮލުގެ ފަރުވާދޭ ސެންޓަރަށް ދެއްކުމަށެވެ. އެ ތަނަށް ދެއްކުމަށް 900 އަށް ވުރެ ގިނަ މީހުން ވެއިޓިން ލިސްޓުގައި އޭރު ތިއްބެވެ. އެކަމަކު، ސަރުކާރުގެ މައި ހޮސްޕިޓަލާ ހިލާފަށް ހުޅުމާލޭ ހޮސްޕިޓަލުން ގިނަ ވެގެން ދެ ހަފުތާގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރަކަށް ދެއްކޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ސަރުކާރުން މިހާރު މަޝްވަރާ ކުރަމުން އަންނަނީ، އޭނާ ވިދާޅުވި ގޮތުގައި، އެއް ބޯޑެއްގެ ދަށުން ހިންގާ ހުޅުމާލެ އަދި އައިޖީއެމްއެޗްގެ ހިދުމަތްތައް ގުޅިގެން ދިނުމަށެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓާރ. ބަނާނާ

14 December 2021

ތިޔަ ހޮސްޕިޓަލް ހުުޅުވިފަހުން ކިތަޢް އަހަރު ފާއިތު ވެއްޖެތޯ؟ އައިސީ ޔޫ ނެތި ކިތައް ލައްކަ މީހުން ހުޅުމަލޭ އަށް ޖަމާ ކުރެވިއްޖެތޯ؟ އައިސީޔޫ ނެތް ހޮސްޕިޓަލެއްގައި ރައްޔިތުމީހާ އަށް އެމެޖެންސީ ފަރުވާ ދޭނީ ކިހިނެތް ތޯ؟ އައިސީ ޔޫ ނެތަސް މިހާރުވެސް ތިޔަހޮސްޕިޓަލް ގައި ޕްރައިވެޓް ވެހިކަލް ގެ ގޮތުގައި އެކި ބްރޭންޑް ތަކުގެ މިޒަމާނުގެ "ހައިބްރިޑް އަގުބޮޑު ޖީޕް" ތައް ބޭނުންކުރެވޭ!

The name is already taken The name is available. Register?

މުރާސިލް

14 December 2021

ޔާމިންގެ ސަރުކާރުން އެޅި 6 ބުރީގެ އިމާރާތުގެ އެއްވެސް މަސައްކަތެއް މިދިޔަ 3އަހަރު މި ސުލޯ ސަރުކާރުން ކޮށްފައެއް ނެތެވެ. އެހެންނޫންނަމަ މިހާރު ތިކަމާއި ތެޅޭކަން ނުޖެހުނީހެވެ. މި ނާޤާބިލް ސަރުކާރުން ހުޅުމާލޭގެ ކަންކަން ކުރިއަރުވަން އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. އާބާދީ މަދު ރަށްރަށުގެ ބަނދަރު ހަދަން ކުރީ ސަރުކާރުން ފަށފައިވާ މައސައްކަތް ނިންމާފައި ބައިސާ ކެނޑުން ނޫން ކަމެއް ނުކުރެއެވެ. އެޖެންޑާ 19 ހަމަ ތަފާތީއެވެ. ޖަރީރާ ރާއްޖެ އޮބި ނޯވެއެވެ.

The name is already taken The name is available. Register?

އަބުލްބަރކާ

14 December 2021

3 އަހަރު ވި އިރު ކުރި ސަރުކާރުން މަސައްކަތް ފަށާފައިވާ ފިނިޝިންގެ މަސައްކަތްތައް ނުނިމި ހުރި ހަބުރި ގެ އިމާރާތް ނންމާނުލެވޭ. ފޭސް 2 ގެ ހޮސްޕިޓަލަށް އަޅާނެ ޕްލޭން ކީކުރަން އަޅާނެ ގޮތެއް ވެސް ނޭގެ. މި ދައްކަނީ 100،000 އާބާދިއްގެ ވާހަކަ. ޖަޒީރާ ރާއްޖެ ކިޔާފަ ކުދި 100 މީހުން ހަމަ ނުވާ އާބާދީގެ ފެނާނަރުދަމާ ބަނދަރު ހެދިޔަސް އެތަނަކަށް މީހުންނުދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454