ހުޅުމާލޭ ހޮސްޕިޓަލްގެ ޑައިލިސިސް ޔުނިޓުގައި ޚިދުމަތް ދެވޭ ޖާގަ އިތުރުކޮށްފި އެވެ.
އެ ހޮސްޕިޓަލްގެ ޑައިލިސިސް ޔުނިޓްގައި ކުރިން ހުންނަނީ ހަތަރު އެނދެވެ.
އެކަމަކު، ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ޑައިލިސިސް ޔުނިޓްގެ ޖާގަ ބޮޑުކޮށް، މިއަދުން ފެށިގެން 10 އެނދަށް އިތުރުކޮށްފައިވާ އެވެ. އެގޮތުން، މިހާރު އެ ޔުނިޓް ހިންގާނީ ހޮސްޕިޓަލްގެ ފުރަތަމަ ފަންގިފިލާގައި ކަމަށް ވެސް އެތަނުން ބުންޏެވެ.
"ތަންކޮޅެއް ޖާގަ އޯޕަންކޮށް، ބޮޑުކޮށް މިހާރު 10 އެނދަށް މި އިތުރުކުރީ." އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނިގޮތުގައި، އެތަނުގެ އަމާޒަކީ ޚިދުމަތް ހޯދާ އެންމެންނަށް ވެސް ފުރިހަމަ ޚިދުމަތެއް ދިނުމެވެ.