ފުވައްމުލަކުގެ މިހާރުގެ މޭޔަރު އިސްމާއިލް
26 ނޮވެމްބަރ 2025 - 09:18
ފުވައްމުލަކުގެ ތަރައްގީ އަށް ފަށާފައިވާ ކަންކަން ނިންމުމަށް އާ ދައުރަކަށް ކުރިމަތިލައްވަން އެ ސިޓީގެ މިހާރުގެ މޭޔަރު އިސްމާއިލް ރަފީގް ނިންމަވައިފި އެވެ.
މީގެ ހަތަރު އަހަރު ކުރިން ފެށިގެން ފުވައްމުލަކުގެ މޭޔަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން އަންނަ އަހަރުގެ މާޗު 28 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މޭޔަރުގެ މަގާމަށް އަނެއްކާ ވެސް ވާދަކުރައްވަނީ ފަށާފައިވާ ކަންކަން ނިންމުމަށާއި ޕްލޭން ކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދާށެވެ.
"އަޅުގަނޑު މި ސިޓީގެ ކުރިއެރުމަށް ހާސިލް ކުރަން ބޭނުންވާ ކަންކަން ކޮށް އަދި ނިމުނީއެއް ނޫން. ފެށިފައި ހުރި ކަންތައްތައް ހަރުދަނާ ގޮތަކަށް ކުރިއަށް ގެންދިއުމަށާއި ޕްލޭން ކޮށްފައި ހުރި އިތުރު ކަންކަން ފަށައި، އެ ކަންކަން ކުރިއަށް ގެންދަން އަދި އިދާރީ ހިންގުން އިތުރަށް ހަރުދާނާ ކުރުމަށް އިތުރު ދައުރެއް ފުރިހަމަ ކުރަން އަޅުގަނޑު ބޭނުންވޭ،" އިދިކޮޅު އެމްޑީޕީގެ މެމްބަރު އިސްމާއިލް ވިދާޅުވި އެވެ.
އިސްމާއިލްގެ ޕޯސްޓުގައި ވަނީ މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާގެ ލީޑަޝިޕްގައި ފުވައްމުލަކަށް ކޮށްދެއްވާފައިވާ ބައެއް ކަންކަން ވެސް ހިމަނުއްވައިފަ އެވެ.
އޭގެ ތެރޭގައި ކުދި އަދި ގެވެށި ވިޔަފާރިތައް ކުރިއެރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމާއި މައިކްރޯ ފައިނޭންސް ސްކީމެއް ފަށައި، ހިލޭ އެހީތައް ހޯދައިދީ، ރަށުގެ އުފެއްދުންތައް ވިއްކައި، އިޝްތިހާރު ކުރުމަށް ފުރުސަތުތައް ހުޅުވި ކަމަށް އިސްމާއިލް ވިދާޅުވި އެވެ. މީގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި މިސްކިތްތަށް މަރާމާތުކޮށް ބަލަހައްޓަން ހާއްސަ އިސްކަމެއް ދީގެން މަަސައްކަތް ކޮށްފައިވާ ކަން މޭޔަރު ފާހަގަކުރެއްވި އެވެ.
"ބޭރުގެ ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅުންބަދަހިކޮށް އެ ފަރާތްތަކުން އެހީތައް ހޯދެމުންދޭ. އެގޮތުން ކުނީގެ މައްސަލަ އަށް ހައްލު ހޯދުމަށާއި ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އާލާތްތަކާއި ސްކޫލްތަކަށް ކޮމްޕިއުޓަ ސިސްޓަމްތައް ހޯދައިދިނުމަށް މަސައްކަތްކޮށް ލިބިފައިވާ އެހީތައް ފާހަގަކޮށްލެވޭ. އަދި ބައިނަލް އަގުވާމީ އެކި އެކި ކޮންފަރަންސްތަކާއި ފޯރަމްތަކުގައި ވެސް ފުވައްމުލަކުގެ ވާހަކަ ހިއްސާ ކުރެވޭނެ ގިނަ ފުރުސަތުތައް ލިބެމުންދޭ،" އިސްމާއިލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެކުހު
27 November 2025
ގަޑިއައް މަސައްކަތް ނުނިންމާ ދެއުޅިއެއް ނުވާ ކަންކަން ކުރަން ކުރިމަތިލާނެ ކަމެއް ނެތް!
ޖާގަ
26 November 2025
ފެށިމަސައްކަތް ނިންމާން މަގާމުދެންޏާ މަގާމުދޭންޖެހޭނީ އުމުރަށް.
ބަޑިތަކުރު
26 November 2025
އެބޭފުޅަކު ހުރެގެން ފެށި ކަންކަން ނިންމަން އެބޭފުޅަކު އަންނަންޏާ ދެން އާކަމެއް ނުކުރާނީބާ. އާކަމެއް އަނެއްކާ ފަށާއިރަށް އަނެއްކާވެސް އިތުރު ދައުރެއް ބޭނުންވާނެހެން ހީވަނީ.
ނޫސަންގު
26 November 2025
ފެންނަން ތިބި ކެންޑިޑޭޓުންގެ ތެރެއިން ކުލަަައަކަށް ނުބަލާ ބުނާނަމަ އިސްމާއިލް އެންމެ ރަނގަޅީ. ޓެކްނިކަލް ފެންވަރުވެސް. އަދި ތަޖްރިބާގެ ގޮތުންވެސް. އަދި އީޖާދީ ވިސްނުންވެސް އެބަހުރި. ހުރިހާ ގޮތަކުންވެސް. އެމަގާމަކީ އެންމެން ބޭނުންހާ ގޮތަކަށް ކަންކުރެވޭނެ މަގާމެއް ނޫން. ދެން ވާދަކުރާ ކެންޑިޑޭޓުންނަކީ ޚިޔާލީ ފޮލާ ދައްކާ މީހުން. ކައުންސިލްގެ ޑެޕިޔުޓީވެސް ރަނގަަޅު. ދެން ނެތް އަލުން ކައުންސިލަށް ހޮވަންޖެހޭ ވަރުގެ އެކަކުވެސް އެކައުންސިލްގައި.
ހިތްސު
26 November 2025
ބަނދަރުގަ އަޅާފަ ބޭނުންނުކުރާ ޱިންޤީތަކައީ ދޯނިފަހަރު ނަގާފަ އެބަނދަރުނބޭނުން ކުރާފަރާތްތަކަށް ފަސޭހަކޮށްދިނުން ކޮންދުވަހަކުންތޯ ވާނީ މިކަންކުރަންވެސް އިތުރު 5 އަހަރުގެ ދައުރެއް ބޭނުންވޭތޯ؟
ހިތްސު
26 November 2025
އިއްސޭ ތިބުނަނީ ގޭގަ ނުނިމިހުރި ކަންތަކުގެ ވާހަކަތޯ؟ ނަމޫނާ ކައުންސިލުން އެހެންމީހުންގެ ހައްޤުތަކަށް އަރައިގަންނައިރު އަހާލުމެއްވެސް ނުއޮވޭ ހަމަ ކާބަފައިން ކަންތައްކުރިގޮތައް ދުއްވާލަނީ. ކޮބާ ޱައިވްއަށް ދާ ގެސްޓުންނަށް ޙާއްސަ ޖެޓީ؟ ޱައިވްގަ ދިމާވާހދިސާތަކަށް އަވަސްފަރުދޭނެ ކުލިނިކެއް ބަނދަރުމަތީގަ؟ ފަތުރުވެރިންގެ ރައްކާތެރިކަމަށްް ގުޅަންޖެހޭ އިމަޖެންސީ ނަމްބަރު؟ ކޮބާ ޓޫރިސްޓް ޕްލިސް؟
ރަށިނަލަކަން
26 November 2025
އޭނާގެ ލީޑަރޝިޕް ގައި ފުވައްމުލަކު ގެ ގުދުރަތީ ރީތިކަން ރަމްޒުކޮށްދޭ އެތަކެއް ރުއްގަސްތައް ރަށުގެ ހޭޅިފަށުންނާއި އެތަން މިތަނުން ކަނޑައި ހުސްކުރީ ތަރައްޤީގެ ނަމުގައި. ތި ފަދަ ތަރައްޤީއެއް އަހަރެމެން އިތުރަކަށް ބޭނުމެއް ނުވޭ.
ސައީދޫ
26 November 2025
އިސްމާއިލު ލައިފިއްޔާ މަށް އެނިމުނީ. އޭނައަށް ވާނެ! އެހެން މިހަކު ގޮސްސިއްޔާ ނުއަތަށް އެނބުރެން ފަށާނެ! އިސްމާއިލޫ ވިޔަފާރިވެރިްނނަކަށް ވެސް ނުގުޑާނެ! އެންމެންގެ އަޑު އަހާނެ!
ރާއްޓެ
26 November 2025
އިސްމާއީލު ވަރުގެ 2 ވަނަ މީހަކު މިފަހަރުގެ އިންތިޚާބުގައި ފުވައްމަލަކުން ނުފެންނާނެ ކަން ޔަގީނނާއި ގާތް! ވަކި އަތަކަށް ނުޖެހި ރަށުގެ އިޖުތިމާއީ ކަންކަން ރަނގަޅު ކުރަން ދުރުވިސްނޭ ގާބިލު މޭޔަރެއް!
ބަޝީރް
26 November 2025
އަޅުގަޑަށް ފެންނަ ގޮތުގައި ލީޑާޝިޕެއް ނެތް. ޕާޓީ ފުވައްމުލަކުގައި ފެއިލްވުމުގެ ޒިއްމާ ނަގަން ޖެހޭނެ، ޕާޓީ ރޫހެއް ނުއުފެއްދޭ، ހަރަކާތެއް ނެތް. ބައްދަލު ވުމެއްނެތް. ރައްޔިތުންނާ ގުޅުމެއް ނެތް. ދެވަނަ ދައުރަކަށް މަރުހަބާ..........