ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
26 ނޮވެމްބަރ 2025 - 14:08
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަަނަ ދައުރު މި މަހުގެ ނިޔަލަށް ނިމޭ އިރު، މުހިއްމު ބައެއް މުހިއްމު މަސައްކަތްތައް ނުނިމި ހުރުމުން އަންނަ މަހުގެ ހަތަރަކާ ހަމަައަށް މި ދައުރު ދަންމާލަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ދަންމާލަން މިއަދުގެ ޖަލްސާގައި ހުށަހެޅުއްވީ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ދައުރު ދަންމާލަން ފާސްކުރީ އެކަމާ މެދު ފެންނަ ގޮތެއް ބަލަން މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ދައުރު ދަންމާލަން ނުފެންނަ ކަމަށް ވޯޓުދެއްވީ ހަތް މެންބަރެކެވެ.
މަޖިލީހުގެ މަސައްކަތްތައް ކޮންމެ އަހަރަކު ވެސް ކުރަނީ ތިން ދައުރަކަށް ބަހާލައިގެން ކޮންމެ ދައުރަކަށް ފަހު ޗުއްޓީ ނަގާ ގޮތަށެވެ. އަހަރުގެ ފުރަތަމަ ދައުރަކީ ފެބްރުއަރީ އެކަކުން މެއި 15 އަށް އޮންނަ ދައުރެވެ. ދެވަނަ ދައުރު ޖޫން އެކަކުން އޮގަސްޓް 15 އަށެވެ. ތިން ވަނަ ދައުރު ސެޕްޓެމްބަރު 15 އިން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ދައުރު ދަންމައިލި އިރު މަޖިލީހުގައި ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ލޯކަލް ކައުންސިލް އިންިތިހާބުގެ ކުރިން، ލާމަރުކަޒީ ގާނުނަށް ގެންނަން ސަރުކާރުން ހުށަހަަޅާފައިވާ ބައެއް ބަދަލުތަކުގެ މަސައްކަތް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
26 November 2025
މަޖިލިހަށާއި ކޯޓްތަކަށްވެސް ނޯޕޭލީވް އެއް ދޭން ފެނެއެވެ!
މަކުނުދޫ
26 November 2025
ތީ ހަމްދުކުރަންޖެހޭ ކަމެއް. ޖަޕާނު ސަފީރަށް އަށް ރުހުން ދިނުމާއި އަތޮޅު ކައުންސިލް އުވާލާފައި ނޫނީ ޗުއްޓީއަށް ނުދިޔަކަމީ ދިވެހިން ޝުކުރުވެރިވާން ހައްގު ކަމެއް. އެކަމުގެ ބަދަލުގައި ޢިއްޒަތްތެރި މެމްބަރުންނަށް އިނާޔަތެއްގެ ގޮތުގައި މަދުވެގެން އެއްމަސްދުވަހުގެ މުސާރަޔާ އެލަވަންސްތައް ދިނުމަކީ އެންމެ އައުލާކަންބޮޑު ގޮތް
ކާތިބު
26 November 2025
މަޖުލީސް އުވާލާ.