އޭވީސީ މުބާރާތުގެ މެޗެއްގައި ޕޮއިންޓެއް ހޯދުމަށް ފަހު ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
01 އެޕްރީލް 2017 - 10:35
މާލޭގައި ދާދި ފަހުން ނިމުނު އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންގެ ހުނަރުވެރިކަމާ މެދު ޝައްކެއް އުފެއްދޭނެ ޖާގައެއް ނެތެވެ. ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން މަސްހުނިވެފައިވާ ޓީމެކެވެ. އެކަމަކު މީގެ ކުރިން ގައުމުން ބޭރުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވަނިކޮށް މި ފަހަރު އަމިއްލަ ގައުމުގައި ކުޅެ ދަށްވެގެން ސެމީ ފައިނަލާ ހަމަޔަށް ނުދިއުމުން ސުވާލުތައް ވަނީ އުފެދިފަ އެވެ. ކުޅުންތެރިންގެ ނަޒަރުގައި މިވީ ކިހިނެއް ހެއްޔެވެ؟
ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ބައެއް ކުޅުންތެރިން ބުނި ގޮތުގައި މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި އޭވީސީ މުބާރާތުގެ ވެސް ކުރިން ވެސް ޓީމުގެ ތެރޭގައި ބައިބައިވުން އޮތެވެ. އަދި ދެ މަސް ދުވަހުގެ މުސާރަ ނުލިބޭތީ ކުޅުންތެރިން ތިބީ ހިތްހަމަނުޖެހިފައި ކަމަށް އޭނާ ބުންޏެވެ.
މި މުބާރާތަށް ތައްޔާރުވާން ޖެނުއަރީ 1 ގައި ޕްރެކްޓިސް ފެށިއިރު ވެސް ބައެއް މަސް މަހުގެ މުސާރަ އޮތީ ނުލިބި އެވެ. އަދި މި ފަހަރު ތައިލެންޑް ކޭމްޕަށް ކުޅުންތެރިން ފުރުމުގެ ކުރިން މުސާރަ ލިބޭނެކަމުގެ ޔަގީންކަން ދިނެވެ. އެކަމަކު ފުރައިގެން ދިޔައީ މުސާރަ ނުލިބި އެވެ. އަދި ކޭމްޕުގެ ތެރެއިން ލިބޭނެ ކަމަށް ފަހުން ބުނި ނަމަވެސް އެ ދުވަސް ވެސް މުސާރަ ޖަމާނުވެ އެވެ.
"ބައެއް އޮފިޝަލުންގެ ވާހަކަތައް ހުންނަނީ ކުޅުންތެރިން ޕްރޮފެޝަނަލެއް ނޫނޭ، ކުޅުންތެރިން މުސާރައަށް ކިޔަނީ މަސައްކަތެއް ނުކޮށް ތިބެޔޭ. މިފަދަ ގޮތަކަށް ވާހަކަ ހުންނަނީ،" ކުޅުންތެރިޔަކު ބުންޏެވެ.
"އެކަމަކު މުސާރައެއް ދޭން ހަމަޖެހިފައި އޮންނަންޏާ އެ މުސާރައަކަށް ޑިޕެންޑްވެގެން ކުޅުންތެރިން ތިބޭނީ. އެ ނުލިބެންޏާ ކުޅުންތެރިންނަށް ދަތިވާނެ،" އޭނާ ބުންޏެވެ.
މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ އެހެން ބައެއް ގައުމުތަކުގެ ކުޅުންތެރިން ކުޅެނީ މުސާރައެއް ނެތި ކަމަށާއި ރާއްޖޭގެ ކުޅުންތެރިންނަށް މުސާރައެއް ހަމަޖެހިފައި އޮތުމަކީ ކުރިއެރުމެއް ކަމަށެވެ.
މިއީ ކުޅުންތެރިންނަށް ނުސީދާކޮށް ރައީސް ދެއްވި މެސެޖެއް ކަމަށް ބައެއް ކުޅުންތެރިން ދެކެ އެވެ. އެ ކުޅުންތެރިން ބުނީ ކުޅެނީ ގައުމަށްޓަކައި ކަމަށާއި އެކަމަކު މުސާރައެއް ހަމަޖެހި އޮވެ އެ މުސާރަ ނުލިބި ލަސްވުމުން ޝަކުވާކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.
ކުޅުންތެރިންނަށް އެންމެ ފަހުން ފާޑުކިޔުން އަމާޒުވީ، ޓީމުތަކުގެ ޝަރަފުގައި އެސޯސިއޭޝަނުން މިދިޔަ ހަފުތާގައި ބޭއްވި ހަފުލާއަށް އެންމެ ކުޅުންތެރިޔަކު ފިޔަވައި އެހެން ކުޅުންތެރިން ހާޒިރުނުވުމުންނެވެ. އެ ހަފުލާއަށް ހަގީގަތުގައި ގިނަ ކުޅުންތެރިންނަށް ހާޒިރުނުވެވުނީ މާލޭގައި ނެތުމުންނެވެ. މުސާރަ ނުލިބޭތީއާ އެކު މިވަގުތު މާލޭގައި ތިބެވެން ނެތުމުން އަދި ޗުއްޓީއަށް ވެސް ބައެއް ކުޅުންތެރިން ތިބީ މާލޭން ބޭރަށް ގޮހެވެ.
އެހެން ކުޅުންތެރިޔަކު ބުނީ ކުޅުންތެރިންނާ ސީދާ ގުޅުން ހުރި ހަރަކާތްތަކަށް މީޑިއާ ގެނެސް ކުޅުންތެރިން ޕްރޮމޯޓްކުރަން އެސޯސިއޭޝަނުން މާބޮޑު މަސައްކަތެއް ނުކުރާ ކަމަށާއި އެކަމަކު އެސޯސިއޭޝަން ޕްރޮމޯޓްކުރުމަށް މީޑިއާގެ ބޭނުން ހިފާ ކަމަށެވެ.
"ކުޅުންތެރިން މޯޓިވޭޓްކުރުމަށް ކުރީ ކޮން ކަމެއް؟،" ކުޅުންތެރިޔަކު ސުވާލުކުރި އެވެ. "ކުޅުންތެރިންނަށް ފާޑުކިޔުން އަމާޒުވާ ގޮތަށް މިކަން ވެސް ދިޔައީ. އެސޯސިއޭޝަން ޕްރޮމޯޓްކުރަން ވަރަށް ގިނަ ކަންކަން ކުރޭ. އެކަމަކު ކުޅުންތެރިންނާ ހިސާބުން އެފަދަ ކަމެއް ނޯވޭ."
އެނގިފައިވާ ގޮތުގައި ޓީމުގެ ބައެއް ކުޅުންތެރިން ކޯޗު ޝަރަފާ މެދު ހިތްހަމަނުޖެހެ އެވެ. އެހެން ކުޅުންތެރިޔަކު ބުނީ ޓީމުގެ ތެރޭގައި ވަކި ބަޔަކަށް ވަކި ގޮތެއް ހަދައިދޭ ކަމަށާއި އޭގެ ސަބަބުން ބައިބައިވުން އުފެދިފައިވާ ކަމަށެވެ. އަދި ކޯޗުގެ ފަރާތުން ވެސް ކުޅުންތެރިންނަށް ހިތްވަރެއް ނުލިބޭ ކަމަށާއި ވާހަކަތައް ވެސް ހުންނަނީ ހިތްވަރު އެލޭ ގޮތަށް ކަމަށް ވެސް ކުޅުންތެރިޔަކު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ
03 April 2017
މަސއަލަ އަކީ މުސާރަ ނުލިބުންކަމުގައި ގަބޫލުކުރެވޭ. ގަބޫލުކުރެވެނީ ކުޅުންތެރިން މާބޮޑަށް އެކަކު އަނެކަކާ ޒާތީވުމުގެ ކަނތަސް ޓީމްތެޜެގައި އޮތުންހެން. ގައުމަށްޓަކާ ކުޅޭނަމަ %100 ދޭންޖެހޭނެ. އެހެންނަމަވެސް ކުޅުންތެރިންގެ ވާހަކަ ހުރި ގޮތުން މޯރޓިވޭޝަން ދައްވުމުގެ ވާހަކއިން އެބަ އިނގޭ އެމީހުން ކުޅެން ނިކުތީހަމއެނި ނަމކަށް ކަން
ނބނބ
02 April 2017
ރަންކޮޅާ ސިޔާސީވެގެން ޕޕވެގެން މުބާރާތުގެޖާޒީއައި ނަންބޯޑައްބަލާލީމައެކަންއެގޭނެ ލަތީފްގެވާހަކައިންއެގޭނެއެކަން
މާޔޫސް
02 April 2017
ތިމާގެ މެކްސިމަމް ދޭން ބޭނުންނުވަންޏާ ބައިވެރިނުވޭ. ކޮންމެކަމަކުންވެސް މުސާރާ. މީތިމާގެ ޝަރަފް. ގަުމަށް ތިމާކޮއްދޭކަމެއް. ލިބޭ ފަހަރު ލިބޭނެ. ނުލިބޭ ފަހަރު ވެސް އަންނާނެ. މިކަން ހަޖަމުނުވާ ކުޅުންތެރިން ގައުމީޓީމަށް ކުޅުން ހުއްޓާލާ. ޢާމްދަނީ ހޯދަން އެހެން ކޮންމެސް މަގެއްހޯދާ! އޭރުން ދެން މިކަން ކުރާހިތުން ތިބި ބަޔަކަށް ފުރުޞަތުލިބޭނީ!!!!!!!!!!!!!
އަބުޅޯ
02 April 2017
އަބުޅޮ ޔާއި ޝަރަފާ ގޮވައިގެން ތިކަމެއް ނުވާނެ. ހިތްޕުޅާ ނުވާ ކުޅުންތެރިޔަކަށް ޕްރެކްޓިސް ކުރުމުގެ ފުރުޞަތުވެސް ނުދީ ބަހައްޓާނީ.
ރާކަނި
01 April 2017
މިއީ ކުޅިވަރު އެހެން ހަރުފަތަކަށް ގޮސްގެން ވާ ކަންކަން.
ހަވީރު ނިއުސް
01 April 2017
މިހީވަނީ ލަރި އާ ހެދި މޮޔަވެފަ ތިބޭ ބަޔެއްހެން. އަތުން ފައިން މަސައްކަތެއް ކޮއްގެން ނޫޅޭ ވަޒީފާ އެއް އަދާ ކުރާކަށް. ސަރުކާރުން ބަލަދު އަރާފަ އޮތް ބަޔެއްހެން ހީވަނީ.
ޢަލީ
01 April 2017
މުސާރައެއް ކަނޑައަޅާފައޮވެ އޭތިނުދިނީމަ މައްސަލައަކީ.
ޕައްލަންބެ
01 April 2017
މުސާރަ ނުދެންޔާ ގޮސް ގޭގަ އޮވެބަލަ. ގަދަ ކަމުން ގައުމީ ޓީމަށް ކުޅޭނެ ކަމެއް ނެތް އެއްވެސް ކުއްޖެ. ގައުމި ޓީމަށް ކުޅޭ ހިތުން ކުޅެން ބޭނުންވާ ކުދިންނަށް ޗާންސްް ދޭންވީ
ގުޅަބެ
01 April 2017
ޑިސިޕްލިން ކުޅުންތެތިން ގައިގަ ނެތް ކަން ތިއިން އިނގެނީ! މާލޭގަ ނުނިކުމޭ ޕްރެކްޓިސްއަށް ބެންކޮކްގަ މަޖާނެގީ 6 އެއްކަ ކުޅުންތެެތިން ޕްޓެކްޓިސްއަށް ނުކުންނަނީ ދެން ކޮން މުސާރައެކޭ ކިޔާކަށް؟
އިޙްސާންތެރިޔާ
01 April 2017
ތިޔަ ކުޅުންތެރިން މޮޅު، އެކަމަކު އަޅާލާނެ ރަގަޅު ބަޔަކު ހިންގުމުގައި ނެތިއްޔާ ފެއިލްވާނެ. ޤައުމީ ޓީމަށް ކުޅޭއިރު މުސާރަ ނަގަން ޖެހެނީ ދިރި އުޅުމުގެ ޙަރަދުތައް ފޫބައްދަން އެމީހުން ކުޅުމަށް ވަގުތު ދީގެން ފަރު ނުޖެއްސޭތީ ކަމަށްވެސް ވެދާނެ. މިސާލަކަށް ފުޓުބޯޅައިގައިވެސް މިޤައުމުގަ ހުނަރުވެރި މޮޅެތި ކުޅުންތެރިން ބައިވަރު. އެކަމަކު ދިރިއުޅުމުގެ ޙަރަދުތައް ފޫބައްދަން ފުޓުބޯޅަ އެކަނި ކުޅެގެން ވާކަށް ނޯންނާނެ.
އަހުމަދުބެ
01 April 2017
ގިނަ ބަޔަކު ދަތި ހާލުގަ އުޅެއެވެ. އެމީހުންނަށް މުސާރަދޭނަމޭ ބުނެ ނުދޭނަމަ އެކަމާ ވިސްނޭނެއެވެ.