ލަންކާ އަށް އެހީތެރިވުމަށް ޕީއެންސީން 300،000ރ. ގެ ޗެކް ޕީއެސްއެމާ މިއަދު ހަވާލުކުރަނީ.---ފޮޓޯ: ޕީއެސްއެމް
30 ނޮވެމްބަރ 2025 - 16:08
ސަރުކާރު ހިންގާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ސްރީ ލަންކާ އަށް 300،000.ރ ހަދިޔާކޮށްފި އެވެ.
ޕީއެންސީން ލަންކާއަށް ދޭ އެހީ ހަވާލުކުރީ ތޫފާން ދީތުވާ އެރުމުގެ ސަބަބުން ފެންބޮޑެ، ލަންކާގެ އެތައް މިލިޔަން މީހުން ހާލުގައި ޖެހިފައި ވާތީ އެ ގައުމުުގެ ރައްޔިތުންނަށް އެހީތެރިވާން ޕީއެސްއެމާއި ބައެއް އަމިއްލަ މީޑިއާތައް ގުޅިގެން މިހާރު ކުރިއަށް ގެންދާ ޓެލެތޯންގެ ތެރެއިންނެވެ.
އެ ފައިސާގެ ޗެކް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދާ ހަވާލުކޮށްދެެއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ޗެކް ހަވާލުކޮށްދެއްވުމަށް ފަހު ޓެލެތޯންގައި އަބްދުއްރަހީމް ވިދާޅުވީ ސްރީލަންކާ އަކީ ދިވެހިންނާ ވަރަށް ގާތް އުޚުއްވަތްތެރި ގައުމެއް ކަމަށާއި އެއީ ދިވެހިން އެންމެ ގިނައިން އެއް ގައުމަކަށް ދަތުރުކޮށް އުޅޭ ގައުމު ކަމަށެވެ. އަދި އެއް ގައުމަކުން އެންމެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅޭ ގައުމަކީ ސްރީ ލަންކާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ހުރިހާ ގޮތަކަށް ބަލާއިރު ސްރީލަންކާ އާއި ރާއްޖެއާ މިއީ ވަރަށް ގާތް އެއްބަނޑުއެއްބަފާކަމުގެ ގުޅުމެއް، ޒަމާނުއްސުރެ އުފެދިފައި އޮތް ދެގައުމު. އެ ގައުމަށް، އާދެ ސްރީ ލަންކާ އަށް މިފަދަ ހިތާމަވެރި ކާރިސާއެއް ކުރިމަތިވުމާ އެކީގައި އެންމެ ފުރަތަމަ މިކަމަށް [ލަންކާއަށް އެހީވާން] އިސްނެންގެވި ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފާހަގަކުރެވުނީ ދިވެހިރާއްޖެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކާރިސާއާ އެކު ލަން ކާއިން އެހެން ގައުމުތަކުގެ އެހީތެރިކަމަށް އެދުމުން އެންމެ ފުރަތަމަ އިޖާބަ ދިނީ ރާއްޖޭން ކަން ރާއްޖޭގައި ހުންނަވާ ލަންކާގެ ސަފީރު ފާހަގަކުރެއްވި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވާން ޕީއެންސީން 300.000ރ. ހަދިޔާ ކުރަން ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި އިވެންޓުގައި އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ބައެއް ބޭފުޅުން ފޮޓޯއަކަށް ތައްޔާރުވެގެން.---ފޮޓޯ: ޕީއެސްއެމް
"އެއިން މި ދޭހަވަނީ އަވަށްޓެރި ގައުމުތަކާ އެކު މިއަދުގެ ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން. އަދި އެ ސިޔާސަތުގެ ހަރުދަނާ ކަން. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން އަޅުގަނޑުމެންނަށް މި ކަހަލަ ކޮންމެ ކަމަކުން އެނގިގެން މިދަނީ،" އަބްދުއްރަހީމް ވިދާޅުވި އެެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ ސްރީލަންކާ އަކީ ހަމަ އެކަނި އަވަށްޓެރި ގައުމެއްގެ އިތުރުން ވަރަށް ގިނަ ދިވެހި އާއިލާތައް ދިރިއުޅޭ ގައުމެއް ކަމަށެވެ. ލަންކާ އަށް ކުރިމަތިވި ހިތާމައިގާ ދިވެހިން ބައިވެރިވަނީ ދިވެހިންނަށް ކުރިމަތިވި ހިތާމައެއްގެ ގޮތޮގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮވިޑް 19 ގައި ދިމާވި އިގުތިސާދީ ކާރިސާއިން، އެ އަނދަވަޅުން އަރައިގަނެ، ވަރަށް ރަނގަޅު މިސްރާބަކަށް ދަތުރުކުރަމުން ދިޔަ ދަނޑިވަޅެއްގައި މި ދިމާވި ހާދިސާގައި އަޅުގަނޑުމެންނަށް، ހަމަ އަޅުގަނޑުމެންގެ މި ގައުމަށް ދިމާވި ހާދިސާއެކޭ އެއްފަދައިން އަޅުގަނޑުމެން ދިވެހި ހުރިހާ ރައްޔިތުން ވެސް އެ ހިތާމައިގާ އެބަ ބައިވެރިވޭ،" ފަލާހު ވިދާޅުވި އެވެ.
ސްރީ ލަންކާ އަށް އެރި ތޫފާނުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ދިވެހިންގެ ފަރާތުން އެހީވުމަށް ޕީއެސްއެމުން އިންތިޒާމު ކޮށްގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން މިހާރު ކުރިއަށްގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯންގައި މިހާތަނަށް 1.4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ މިއަދުގެ މެންދުރާ ހަމައަށް ވަނީ ލިބިފަ އެވެ.
މިއަދު ހެނދުނު 9:00 ގައި ފެށި ޓެލެތޯން މިރޭ މެންދަމު 1:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓައިފަ އެވެ.
ޔާމީން ވިދާޅުވީ ފަންޑު ފޮށިތައް ގުނަން ފަށާނީ މިރޭ ދަންވަރު 12 ޖެހުމުން ކަމަށެވެ. ނަމަވެސް ދަންވަރު ޖެހުމާހަމައަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ރުފިޔާއިން ނަމަ ޖަމާކުރާނީ 7730000796107 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތްދައްތަ
01 December 2025
ހަދާންވަނީ ޕީޕީއެމްގެ ނަމުގަ ފަލަސްތީނަަށް ދިން ފަސްލައްކަ ރުފިޔާ މަތިން. ޒަައީމް ލައްވާ އެދުވަހު ބޮޑު ޗެކެއް ހަދާފަ އެއީ ޕާޓީން ވެދިން އެހީއެއްކަން ދެއްކިއިރު ބްރޯގެ ކަންކަން ތިލަވެގެން އިއްޔެދިޔައިރު އެފައިސާއަކީ ރައްޔިތުންގެ ބައިތުލްމާލުން ވަގައްނެގި އެއްޗަކަށްވީ. މައްކާގެ މުޝްރިކުންވެސް ގެފުޅަށް ހޭދައެއް ކުރަންޏާ އަނިޔާއަކުން ނުހިފެވޭ ޣަސްބަކުން ނުފޭރެވޭ އެއްޗެއްތޯ ބެލި. އެވަރުނުވޭ މުސްލިމުންނޭ ކިޔައިގެން މިތިބޭމީހުންނަށް.
ޢެދުރު
01 December 2025
މީ ގަވާއިދުން ކަރަންޓުބިލް ނުދައްކާބަޔެއް
ޢަރުތަ
30 November 2025
އެއަރޕޯޓު ޓާމިނަލް ތެރޭން ފޭރިގެން ގެންދިޔަ ލައްކައަކަށް ވުރެ ގިނަ ޑޮލަރުތައް ހަމަ ފެންނަ ގޮތެއް ނުވިދޯ، އަޖައިބެއްކަހަލ ކަމެއް އުތަ! ދެން ތި ފިލްމުވެސް ނިންމާލަން އުޅޭ އެކުން މާދިގު ނުކޮށް، މިހާރު ގިނަބަޔަކު ހަނދާނެއް ނުހުންނާނެ.
ސަރުދާރުު
30 November 2025
މިއޮއްބޮޑު ޕީއެންސީ އެންމެން ވެގެން 3 ލައްކަ. ސަން ސިޔާމު އެކަނި 2 ލައްކަ ޑޮލަރު
÷ޕީއެންސީ
30 November 2025
ސަދަގާތްކޮއްފަ އެކަންތައް ދެއްކުތެރިކަމުގެ ގޮތުން ނޫސްތަކުގެ ހެހެޑްލައިން އަށް އަރުވުމުން އެކުރިސަދަގާތުގެ ބޭނުން އެގިސާބުން އެކެންޑުނީ މިވަރުވެސް ނޫސްވެރިންނައް ނޭގުން އެއީ ދެރަވްރުގެ ކަމެއް
މަހުޖަނުން
30 November 2025
ޕީއެންސީގެ ޕާރލިމެންޓްރީ ގްރޫޕަކީ ވަރަށް މުއްސަނދި ބައެއްވީމަ ތިއެހީއަކީ ވަރަށް ކުޑަ އަދަދެއް. ދެއްވި އެހީއަށް ޟުކުރިއްޔާ
ރުމާލު މަންނަ
30 November 2025
ދިވިހިންނަށް އަޅެ މި ޕާޓީނިޒާމުން އެބަ އެއްޗެއް ވިސްނޭތަ. ވެރިކަމުގައި ނޮއޮންނަ އިރު އެކައްޗެއްވެސް ނޮއޮންނަ ބަޔަކު ހަމަ ވެރިކަން ލިބޭއިރަށް ބޮޑެތި އޮފީސް ހަދާ ޖަގަހަ ހަދާ ހިތާނު ކޮށް ހިލޭ އެހީދީ ކޮންތާކުން ހޯދާހާ ލާރިއެއްތަ މީ؟ ބޯ ހަލާކު.
އަހަންމާ.
30 November 2025
ދިވެހިންވެސް އެބައުޅޭ ކިޑްނީ ބަދަލު ނުކުރެވޭ ޙާލުގަ މަރަށް ދެމިދެމި ތިބިމީހުން...މެމްބަރުންނަށް އާދޭސް ކުރަމުން އެދަނީ...އެއިން މީހަކަށް ކަހާތަން ހިރުވާވެސް ނުލާ...
ޢަރުތަ
30 November 2025
ކުރިން ކޮށްފަ ހުއްޓަސް ވެރިކަން ލިބުނީމަ އަނެއްކާވެސް ކުރަނީދޯ!ހީހީހީ