އެހެންވެ، ޝާހިދުގެ ސިޓީގައި އިބްރާހިމް ވަހީދުގެ އަރިހުގައި އެދިވަޑައިގަތީ އަނެއްކާ ވެސް ގައުމީ މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ފުރިހަމަ ކުރުމަށް ފަހު އަމަލީ ސިފައެއް ގެންނަން.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު
30 ނޮވެމްބަރ 2025 - 23:46
މިއީ އަންނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަރަށް ކައިރިވެފައިވާ ދަނޑިވަޅަކަށް ވާތީއާ އެކު، އެ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ގޮތަކަށް އަމަލު ނުކުރަން އެދިވަޑައިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދަށް މިއަދު ސިޓީއެއް ފޮނުއްވައިފި އެވެ.
އޭނާ އެ ސިޓީ ފޮނުއްވީ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް މި މަހުގެ 23 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ޗެއާޕާސަނެއް ކަނޑައެޅުމުގެ ކަންކަމުގައި އެމްޑީޕީގެ އެތެރޭގެ މަސްލަހަތު މިހާރު ވެސް ގޯސްވެފައި ވަނިކޮށެވެ.
ދުވަހުން ދުވަހަށް އެމްޑީޕީ ހިންގާނެ ޗެއާޕަސަނެއް ނެތުމުން އެ ޒިންމާއާ މަގާމުގެ ހައިސިއްޔަތުން ހަވާލުވެވަޑައިގެން ހުންނެވި އިބްރާހިމް ވަހީދަށް ޝާހިދު ފޮނުއްވި ސިޓީގައި އިލްތިމާސް ކުރެއްވީ އެ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭނެ ކަންކަން ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވުމަށެވެ.
އެެއާ އެކު، ދެން އެ ސިޓީގައި، އިބްރާހިމް ވަހީދަށް ޝާހިދު ހަނދާން ކޮށްދެއްވީ ވަގުތީ ޗެއާޕަސަނަކު ކަނޑައެޅުމާ ގުޅޭ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގައި ކަންތައް ހިނގައި ދިޔަ ގޮތެވެ. އަދި ވަގުތީ ޗެއާޕަސަންގެ މަގާމަށް ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަން ފާސްކުރަން އެރޭ ވޯޓަށް އެހި ވަގުތު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ގައުމީ މަޖިލިހުގެ ޖަލްސާ މެދުކަނޑާލެއްވިކަން ރިޔާސަތުން އިބްރާހިމް ވަހީދު އިއުލާން ކުރެއްވިކަން ޝާހިދު ފާހަގަކުރެއްވި އެވެ.
އެހެންވެ، ޝާހިދުގެ ސިޓީގައި އިބްރާހިމް ވަހީދުގެ އަރިހުގައި އެދިވަޑައިގަތީ އަނެއްކާ ވެސް ގައުމީ މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ފުރިހަމަ ކުރުމަށް ފަހު އަމަލީ ސިފައެއް ގެންނާށެވެ.
ރިޔާސަތުން ދެ ފަހަރު ދެ ގޮތަށް އަމަލު ކުރެއްވުމުގެ ސަބަބުން އެރޭގެ ޖަލްސާގެ ނިޒާމު ގެއްލި ހަމަނުޖެހުމަކަށް ދިޔަކަން ފާހަގަކުރެވެ އެވެ،"--- ޝާހިދު
ވަގުތީ ޗެއާޕާސަނަކު ކަނޑައެޅުމާ ގުޅޭ ކަންކަން ނިންމަން ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގެ ރިޕޯޓަށް ޖަވާބު ދެއްވުމުގެ ބޭނުމުގައި ޑެޕިއުޓީ ޗެއާ އިބްރާހިމް ވަހީދަށް ފޮނުއްވި ސިޓީގައި ޝާހިދު ވިދާޅުވީ، އެ ޖަލްސާގައި ފުރަތަމަ ވޯޓު ނަގައި ނިމުމުން، އެ ވަގުތު އެ ތަނުގައި ތިއްބެވި ވޯޓުލެވޭ މެމްބަރުންގެ އަދަދަކީ 96 ކަމަށް ރިޔާސަތުން އިބްރާހިމް ވަހީދު އިއުލާން ކުރެއްވި ކަމަށެވެ. އަދި ރިޔާސަތު ނުހިމަނައި ވޯޓުލެވޭ މެމްބަރުންގެ އަދަދަކީ 95 ކަމަށް ވެސް ފަހުން އިއުލާން ކުރެއްވި ކަން ޝާހިދު ފާހަގަކުރެއްވި އެވެ.
އެ އަދަދުތައް އިއުލާން ކުރެއްވުމަށް ފަހުު، ވަގުތީ ޗެއާޕާސަންގެ މަގާމަށް ފުރަތަމަ ނަން ހުށަހެޅުއްވި އަބްދުﷲ ވަހީދަށް ވޯޓުގައި ލިބިވަޑައިގަތީ 47 ވޯޓު ކަމަށާއި އެ ނަން ފާސްވިކަން ވެސް އިބްރާހިމް ވަހީީދު ފުރަތަމަ އިއުލާން ކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ނަމަވެސް 95 ގެ ދެބައިކުޅަ އެއްބަޔަކީ 47 ނޫން ކަމަށް ބުނެ އެ ތަނުގައި ބައެއް މެމްބަރުން އިހުތިޖާޖު ކުރެއްވުމުން ރިޔާސަތުން ހިސާބު ހެއްދެވުމަށް ފަހު އިއުލާން ކުރެއްވީ އަބްދުﷲ ވަހީދުގެ ނަން ފާސްނުވާ ކަމަށެވެ. ރިޔާސަތުން ދެ ފަހަރު ދެ ގޮތަށް އަމަލު ކުރެއްވުމުގެ ސަބަބުން އެރޭގެ ޖަލްސާގެ ނިޒާމު ގެއްލި ހަމަނުޖެހުމަކަށް ދިޔަކަން ފާހަގަކުރެވެ އެވެ،" އެމްޑީޕީގެ އެތެރޭގެ ދެ ފެކްޝަންގެ ބޮޑު އަރައިރުމަކަށް ބަދަލުވި ގައުމީ މަޖިލިހުގެ ޖަލްސާގައި އިންނެވި ޝާހިދު ވިދާޅުވި އެވެ.
"އަދި އެރޭގެ ޖަލްސާ ހަލަބޮލިވެ، ޖަލްސާ އިތުރަށް ކުރިއަށް ނުގެންދެވުމުން އެ ޖަލްސާ މެދުކަނޑާލެއްވި ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ."
އެމްޑީޕީގެ ރައީސް ޝާހިދާއި މި މަހުގެ 23 ގައި ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒު މަޝްވަރާއެއްގައި.--- ފޮޓޯ: އެމްޑީޕީ
ޝާހިދުގެ ސިޓީގައި އިބްރާހިމް ވަހީދަށް ހަނދާން ކޮށްދެއްވީ އެ ޖަލްސާގައި ހިނގި ހުރިހާ ކަމެއްގެ އޯޑިއޯ އާއި ވީޑިއޯ ރެކޯޑުކޮށްފައިވާ ކަމެވެ. އަދި އެ ކަންކަން ހިނގީ "އެންމެންގެ ކުރިމަތީގައި" ކަމަށް ވިދާޅުވި އެވެ.
ޝާހިދުގެ މި ސިޓީ އިބްރާހިމް ވަހީދަށް ފޮނުއްވިއިރު، ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި އަބްދުﷲ ވަހީދު ވެސް ވަނީ އޭނާ އަށް އެ ވޯޓު ކާމިޔާބުވި ކަން ޑެޕިއުޓީ ޗެއާ އިބްރާހިމް ވަހީދަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފަ އެވެ. ނަމަވެސް އެމްޑީޕީގެ އެޑްވައިޒަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ޕާޓީގެ ރައީސް ޝާހިދާއި ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ހުރަސްތަކާ ހެދި މަގާމުގައި ކުރިއަށް ވަޑައިނުގެންނެވޭކަން މިހާރު އެނގިވަޑައިގަންނަވާތީ ވާދަކުރެއްވުން އަނބުރާ ގެނައީ ކަަމަށް އަބްދުﷲ ވަހީދު ވިދާޅުވި އެވެ.
ޑެޕިއުޓީ ޗެއާ އިބްރާހިމް ވަހީދާއި ވަގުތީ ޗެއާޕާސަން ކަމަށް ހުށަހެޅުއްވި އަބްދުﷲ ވަހީދަކީ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ދެބޭފުޅުންނެވެ. އަދި ކުރީގެ ޗެއާޕާސަން ފައްޔާޒު ވެސް މަސައްކަތް ކުރައްވަނީ އެ ޓީމުގަ އެވެ.
ވަގުތީ ޗެއާޕާސަނަކަށް ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ ނަން ހުށަހަޅަން ކުރީގެ ރައީސް އިބޫގެ ފެކްޝަނުން ހުކުރު ދުވަހުގެ ރޭގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި މަސައްކަތް ކުރި އެވެ. ނަމަވެސް އަސްލަމަކީ ގައުމީ މަޖިލިހުގެ މެމްބަރަކަށް ނުވުމުން ވަގުތީ ޗެއާޕާސަންގެ މަގާމު އަދާކުރެވިދާނެ ކަމަށް ސުވާލު އުފެދި ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ. އަދި އަބްދުﷲ ވަހީދުގެ ވޯޓާ ހިސާބުން އުފެދުނު އަރައިރުންތަކުގައި ޖަލްސާ މެދުކަނޑާލީ އެވެ.
އޭގެ ފަހުން އަދިވެސް އެ ކޯޅުންގަނޑު މައިތިރިއެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަމަލު1
02 December 2025
އެމްޑީޕީގަ މިހާރު ރައްޔަތުންގެ ތާއީދާއިއެކު ދުވަސްވީ ލީޑަރަކަށް އެންމެ އެކަށޭނަ ބޭފުޅަކީ މެންބަރު ގަފޫރު.ގަފޫރަކީ މަޖިލިހުގަވެސް ވަރަށް އޮއްޓަރު ހުންނަ ވާހަކަފުޅު ދައްކަވާ ކެރިވަޑައިގަންނަވާ ބޭފުޅެއް. ޗެއަރޕާސަނަށް ގަފޫރު ހޮވަންވީ.
ކާޕެޓޭ
01 December 2025
އަނހަ ލެޕްޓޮޕޭ މުޅިން އޮޅުވާލާފަ
ޢަލީ ބަލީ
01 December 2025
އިބްރަމެޓިކްސް ހިސާބުން 95 ގެ ދެބައކުޅަ އެއްބަޔަކީ 47 ކަމުގަ ދެއްކިއަސް އަޅުގަޑުމެން ނުކިޔަވާ ތިބި މީހުން ގެ ހިސަބުން ދައްކަނީ 95 ގެ ދެބައިކުޅަ އެއް ބަޔަކީ 47.50 ކަމުގަ ވީމާ އެއްމެންބަރަކު ޖެހޭނީ ފަޅާލަން .
ޢިދްރީސް
01 December 2025
މަށަށް ފެންނަނީ އެމްޑީޕީގައި ތިބި ރަނގަޅު މީހުން ވަރުގަދަ އެހެން ޕާޓީ އެއް ހަދައިގެން ކުރިއަށް ދާން
ސުހާނާ
01 December 2025
އެމްޑީޕީގައި ތިބި ރަނގަޅު މީހުންނަކީ ކޮބާ؟ ރަނގަޅު މީހުން އެ ޕާޓީގައި އެބަތިބިތަ؟
ޖާނޭ
01 December 2025
ރަނގަޅުކަމަށްބުނާމީހުން ޑިމޮކްރެސީ ހެދިއެއްނު އަންނިސޮރުގެ ސަޕޯޓް ގެއްލޭތީ އެ ބައިގަނޑު އަނެއްކާ އެނބުރި އެމްޑީޕީއަށް އައިީ ގަޑުބަޑުކުރަނީ މިހާރު އެކަންފެނޭނު ވަރަށް ވަރަށްސާފް
ސަހަރޯއި
01 December 2025
95 ގެ ދެބައިކުޅައެއްބައިނޭނގި ކޯޅެނީ. ނިކަން އަދުރެމެޓިކްސް ދަސްކޮށްބަލަ ޔަގީން ދިމާވާނެކަން.
މުލޭ
01 December 2025
އަންނިގެ އަސްލު މަގްސަދު ހާސިލުވާތަން އެބަ ފެނޭ. ޕާޓީއިން ވަކިވީމަ ކާމިޔާބު ނުވުމުން ޕާޓީއަށް އެނބުރި އައިސް އަސްލު ރޫޅުންގަނޑު ރޫޅާލަނީ.
މަބުނީ
01 December 2025
ސާބަހޭ އަންނި..
ޢެނޮނީމަސް
01 December 2025
÷ޕާޓީގެ ބޭރުން ÷ޕާޓީ ހަލާކު ނުކުރެވުނީމަ ÷ޕާޓީ ތެރެއަށް ވަދެ މުޅި ޕާޓީ އަށް ފިތުނައިގެ ނުބައި ޖަރާސީމް ޖައްސަނީ
ޖަމްމީ
01 December 2025
އިސްތިއުފާ ދިން ރައީސް އެތަނެއްގައި އުޅޭ ނަމަ ނޫނީ އޭނާގެ ސިޔާސީ އަޅުން (ހަސަންކޮ، އިލިޔާސް، އަލީ އާޒިމް، ލޫކަސް،..) އުޅޭ ނަމަ، އެތަނެއްގައި ފިތުނަ އަދި ހަމަ ނުޖެހުން އޮންނާނެ. އެއްކަމެއްވެސް ހަމަ ޖެހުމާއި ސުލްހަވެރިކޮށް ކުރަން ނަޝީދު ނުދަންނާނެ. އަމިއްލަ އެދުން ބޮޑުވާނެ.
ހަސަންބޭ..
01 December 2025
ވަރަށް ޑިމޮކްރެޓިކް ބައެކޯ މީދެން. ވަރަށް ހިނިއާދޭ އުޅޭ ގޮތުން..
ޖިމޯ
01 December 2025
ތި ހުންނަނީ ރޭވިގެން ޝާހިދުމެން އިބޫމެންގެ އަގު ވައްޓާލަން ރޫޅާ ގްރޫޕް އަޑީގައި ތިބެގެން ކުރާ ކަންކަން. ވެރިކަން ގެއްލުނީ ވެސް ތި ބައިގަނޑުގެ ސަބަބުން. ތި އަންނި އަކީ ނަމުން މަންޑޭލާ، ކަމުން މުގާބޭ ހެދިގެން އުޅޭ މީހެއް.
ޒަވިޔަނި
01 December 2025
އަންނި ތިދިޔަ ބޭނުން ވަރަށް ސާފު އޭނަގެ ހެޔޮނިޔަތެއް ނެތް ހުސް ބާރާއި ނުފޫޒާއި ހެދި އުޅޭމީހުން، ކިޔާނީ ރައްޔިތުންނައްޓަކައޭ،
އަފްރާސިޔާބު
01 December 2025
ތިބުނީ ހަމަ ރަނގަޅަށް.