މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފިސްކަލް ޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތު ދެ އަހަރަށް އިތުރުކުރާ ބިލު ވަނީ ފާސްކޮށްފައި
01 ޑިސެމްބަރ 2025 - 11:33
ކޮންމެ ސަރުކާރަކުން ވެސް ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ހަދަން ލާޒިމް ކޮށްފައިވާ މުއްދަތު ދެ އަހަރު ދުވަހަށް އިތުރު ކުރަން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ ޕީއެންސީގެ މެމްބަރު ޑރ. އަނާރާ ނައީމް އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލު ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ.
މި ސަރުކާރުން ހުށަހަޅައި، މިދިޔަ އަހަރު ފާސްކުރި ގާނޫނުގައިވާ ގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސް ދުވަހުގެ ތެރޭގައި ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ފިނޭންސް މިނިސްޓަރު އެކުލަވާލައްވައި، ސަރުކާރުގެ ގެޒެޓުގައި އާންމުކުރަން ޖެހެ އެވެ.
އޭގެ ބޭނުމަކީ ކޮންމެ ފަސް އަހަރުގެ ދައުރެއްގެ ފިސްކަލް ޕޮލިސީ ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ ޕޮލިސީއަކަށް ހެދުމެވެ.
އަނާރާ ހުށަހެޅުއްވި އިސްލާހުގައި ވަނީ، ގާނޫނުގެ ދަށުން އެކުލައިލަންޖެހޭ ފުރަތަމަ ޗާޓަރު ހަދަންޖެހޭ މުއްދަތު، ކުރިން އޮތް ހަ މަސް ދުވަހުގެ ބަދަލުގައި 24 މަސް ދުވަހަށް އިތުރުކުރުމަށެވެ.
އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދަންޖެހޭ ގަވާއިދުތައް ހަދަން ވެސް، ދެ އަހަރު ދުވަހުގެ މުއްދަތެއް ދޭން އަނާރާ ވަނީ ހުށަހަޅުއްވައިފަ އެވެ.
މީގެ އިތުރުން، އެ ގާނޫނުގައި ރިޔާސީ ދައުރެއް ހިންގަން ފަށާ މުއްދަތަކީ 18 މަސް ދުވަސް ކަމަށް ކަނޑައަޅާފައިވާ މާއްދާ އުނިކުރަން ވެސް، ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި، ސަރުކާރުން ހުށަހަޅައި، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވުޖޫދުކުރީ، ސަރުކާރުން އިތުރަށް ފައިސާ ޗާޕު ކުރަން ޖެހިއްޖެ ނަމަ އަމަލުކުރާނެ އުސޫލުތައް ހަރުދަނާ ކުރުމަށް ކަމަށް ބުނެ އެވެ.
ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ހޯދޭނީ ތިން އަހަރުގެ މުއްދަތަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
01 December 2025
5 އަހަރުގެ ދައުރަކަށް ހޮވާ ސަރުކާރަށް އެސަރުކާރުގެ މާލީ ޒިންމާގެ ސިޔާސަތު ތައްޔާރުކުރަން 4 އަހަރު؟ ބޮޑުވަރު ނޫންތޯ؟ އަދި ގަވާއިދު ހަދަން އިތުރު 18 މަސް ދުވަސް! ތިމަންނަ މެނަށް ނުވާނެ ކަމެކޭ ބުނަންވީ ނޫންތޯ؟ ކޮންމެ ކަރުދާހެއް ތައްޔާރު ކުރިޔަސް ހަމަ ހަދަނީ ހަދާނެ ގޮތެއް. ޕޮލިސީއަކަށް ނުބަލާ. ނޫނީ އެބަދަލު ކޮށްލާނީ. މީ ދިވެހި ޜާއްޖެ އޮޕަރޭޓު ކުރާ ގޮތް.
ރައުޔު
01 December 2025
ހުރިހާކަމަކަށް އަމަލު ކުރުނ 10 އަހަރަށް ފަސްކޮށްލަން ފެނޭ