ނަލަ މޯލްޑިވްސްއަކީ ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް އިން ރާއްޖޭގައި ހިންގާ 11 ވަނަ ރިސޯޓު
ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްގެ 11 ވަނަ ރިސޯޓު "ނަލަ މޯލްޑިވްސް" ރަސްމީކޮށް މިއަދު ހުޅުއްވައި ދެއްވުމަށް ފަހު ޓޫރިޒަމް މިނިސްޓަރު ތޯރިގާއި އެ ކުންފުނީގެ ޗެއާމަން އުއްޗު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
01 ޑިސެމްބަރ 2025 - 19:25
"ޖާވާކަރަ" އިގެ ނަމުގައި ޅ. އަތޮޅުގައި މަޝްހޫރު ފަޅުގައި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް އިން ހިންގާ ރިސޯޓް ޗޭނުގެ ތިން ވަނަ ރިސޯޓް "ނަލަ މޯލްޑިވްސް ބައި ޖާވާކަރަ" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ނަލަ މޯލްޑިވްސް ރިސޯޓު ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމާއި ޗަމްޕާ ގްރޫޕްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ފާހަގަކުރެއްވި ގޮތުގައި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްއަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ އިނޮވޭޓިވް އެއް ކުންފުންޏެވެ.
"އިންޑަސްޓްރީ ކުރިއަރުވަން ތިޔަބޭފުޅުން ކުރައްވާ މަސައްކަތަށް އަދި އިންޑަސްޓްރީ އަށް އޮންނަ ޝައުގުވެރި ކަމުގެ ބޮޑުކަމާ އެކު ގާއިމް ކުރައްވަމުން ގެންދަވާ މަތީ މިންގަނޑުތަކާއި އާ ގޮތްތައް ހޯއްދަވައި ދެއްވަން ކުރައްވާ ކަންކަމަށް އަޅުގަނޑު ތައުރީފު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްގެ ސީއީއޯ މުހައްމަދު ސޮލާހު ވިދާޅުވީ، "އޯވަ ވޯޓާ ވިލާތައް" ހިމެނޭހެން 80 ވިލާއާ އެކު ހަދާފައިވާ ނަލަ މޯލްޑިވްސްއަކީ ލަގްޒަރީ ފަސްތަރީގެ އެންޓްރީ ލެވެލްގެ ރިސޯޓެއް ކަމަށެވެ. އަދި މި ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ޖާވާކަރައިގެ އަނެއް ދެ ރިސޯޓު ކަމަށްވާ މާބިންހުރާ އާއި ދެރު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްގެ 11 ވަނަ ރިސޯޓު "ނަލަ މޯލްޑިވްސް" ގެ ވިލާއެއްގެ އެތެރެ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ [ގިނަ ރަށްތައް އެކުލެވޭ ރިސޯޓް ޗޭނު] ރާއްޖެ އަށް އެންމެ ރަނޅު ގޮތް،" އޭނާ ވިދާޅުވި އެވެ.
ސޮލާހު ވިދާޅުވީ، ނަލަ އަށް ބޭނުންވާ ކަަރަންޓުގެ 1.8 މެގަވޮޓް އުފައްދަނީ ސޯލާ ހަކަތައިން ކަމަށެވެ. މި ރިސޯޓުގެ ހުރިހާ އޮޕަރޭޝަނެއް ވެސް ހިންގާނީ ދެމެހެއްޓެނިވި ގޮތްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ދެމެހެއްޓެނިވި ޓުއަރިޒަމް އޮންނާނެ ކަމަށް ބަލައިގެން އަންނަ ޓޫރިސްޓުން ހިތްހަމަނުޖެހޭ ގޮތް ނުވާނެކަން ކަށަވަރު ކުރުމަށް ޓަކައި،" ސޮލާހު ވިދާޅުވި އެވެ.
ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްގެ 11 ވަނަ ރިސޯޓު "ނަލަ މޯލްޑިވްސް" ރަސްމީކޮށް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެ ރިސޯޓުގެ ބައެއް މުވައްޒަފުން ފޮޓޯއަކަށް ހުއްޓިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޖަވާކަރައަކީ ޅ. އަތޮޅުގެ މުޅި އިރުމަތީ ބިއް އެއްކޮށް އެއް ފަޅެއްގެ ގޮތުގައި އޮންނަ ސަރަހައްދެކެވެ. މީހުން އުޅޭ ރަށެއް ކަމަށްވާ އޮޅުވެލިފުށި ވެސް އޮންނަނީ އެ ފަޅުގަ އެވެ.
މިއަދު ހުޅުވި ނަލަ މޯލްޑިވްްސްއާ އެކު، ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ އަދަދު 11 އަށް އެރީ އެވެ.
ސީއީއޯ ސޮލާހު ވިދާޅުވި ގޮތުގައި އެ 11 ރިސޯޓުގެ ތެރެެއިން ދެ ރިސޯޓަކީ ފޯބްސް ސެޓިފައިޑް ފައިވްސްޓާ ރިސޯޓްތަކެވެ. ރާއްޖޭގައި ފޯބްސް ސެޓިފައިޑް ފައިވް ސްޓާ ރިސޯޓު ހިންގާ ރާއްޖޭގެ ހަމަ އެކަނި އޮޕަރޭޓަރަކީ ކްރައުންޑް އެންޑް ޗަމްޕާ ރިޒޯޓްސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮވެލި
02 December 2025
އެމްޓީޑީސީ އެ އޮތީނުން ޕަބްލިކް ކޮށްފައި. ޙިއްސާ ގަތް މީހުންގެ ތެރެެއިން ގިނަ މީހުންނަށް ބާރަ ތޭރަ އަހަރުވީ އިރުވެސް އިންވެސްޓްމަންޓްގެ ދެ ޕަސެންޓްވެސް އަނބުރާ ނުލިބޭ. މެނެޖްމަންޓުގައި ތިބޭ މީހުން އުޅެނީ 5 ސްޓާރ ފެންވަރުގައި.
ގޮނުއަނގަ
02 December 2025
ރިސޯޓް ހަދާފައިހުރި ކޮންމެ ރަށަކުން %5 ހިއްސާ ދިވެހި ދައުލަތަށް ދޭންގެހޭނެ ކަމަށް ޤާނޫނު އިސްލާޙްކުރަންޖެހޭ. ރިސޯޜޓްތަކުގެ ކޮންމެ ސަރވިސް އަކަށް ޗާގު ނަގާއިރު ކަނޑާ ފަޅުތަކުގެ ބެނުންކޮށްގެން ނަފާ ހޯދާއިރު ދައުލަތަށް ޓެކްސް ފައިސާ ލިބިދޭންޖެހޭނެ
ގޮނުއަނގަ
02 December 2025
އަތޮޅަށް އެއްވެސް އެހީއެއް ނުލިބޭ މީހުން ދިރިއުޅޭ ރަށަކަށް ޢާންމުކޮށް ގެސްޓުން ނުފޮނުވާ ފަހަރެއްގައި އެކްސްކަވޭޝަން ދަތުރެއް ހަޖައްސައިދިނަސް ވިޔަފާރި ކުރުމުން އެގަންނަ އެއްޗެއް ދޯންޏަށް އެރުވުން މަނާ މި މަހުޖަނަކީ އަތޮޅު އެކީ ސަރުކާރަކުން ހިބަކޮށްދީފައި.
އަސް
02 December 2025
ރާއްޖޭގަ ވެސް ވަކިވަރަކަށް ވިޔަފާރި ފުޅާވީމަ ޕަބްލިކް ކުރުން ވަރަށް މުހިންމު، ނޫނީ ވެލްތު މަދު ބަޔަކު ކޮންޓްރޯލް ކުރާނީ
ޙަސްންބެ
01 December 2025
11 ވަނަ ރިސޯރޓް އަހަރުމެން ހަަމަ ކުލިދައްކާލަ ދައްކާލަ
ހުތރެ
01 December 2025
5 އިނގިލި އެއްވަރެއް ނުވާނެ. ލިބޭ މިންވަރަށް ޝުކުރު ކުރޭ! ކުލި ދެއްކޭކަންވެސް ނަސީބެއްނު!
ކެކެކެ
01 December 2025
އެހެން ޤައުމެއްގެ ބަޔަކު ދިވެހިލިބާސް ލެއްވީމާ ވަރަށް އައިބު ދެއްތޯ! ދިވެހި ލިބާސް ލެއްވިގޮތަށް ދިވެހި ބަސްވެސް ދަސްކޮށްދޭތި.
ކަލޭގެސަން
02 December 2025
އެކަމަކު ދިވެހިން އަރަބި ހެދުން އެޅީމައި އައިބެއް ނޫން ދޯ؟
ލާމަސީލު
01 December 2025
ވިޔަފާރީގައި ބަރަކާތް ލައްވާށި. މައްސަލަޔަކީ ފައިދާނުވާވާހަކަ އަޑުއިވޭތީ. އެކަމަކު 11 ވަނަ ރިސޯރޓް ހުޅުވޭނީ ހަމަ ގައިމުވެސް ފައިދާވާތީތާ ދޯ.
ހުޝިޔާރ
01 December 2025
އުއްޗުގެ ތަނެއްވިއްޔާ އޮންނާނީ ހުސް އިންޑޮނޭޝިޔާ ނޭޕާލް ކުދިންނާގެން ފުރިފަ ދިވެއްސަކަށް ވަޒީފާގަނޑެއްނުދޭނެ.
ސައްމޭ
02 December 2025
ތީދޮގު މަވެސް އުޅުނިން 5އަހަރު އަމިއްލައަށް ކެޑުނީ މުސާރަ ހަބޭސް ޗަންޕާ ގެންގުޅޭ ދިވެހި މުވައްޒަފުންގެ މުސާރަ ބޮޑުވާނެ އުޅެން ނުކެރެނީ
އުއްޗުޒް
02 December 2025
ދިވެހިން (ޙާއްސަކޮށް އަންހެން ކުދިން) އެތަންތަނުގައި ވަޒީފާގައި ނުތިބެނީ ކީއްވެތޯ އެއްފަހަރުވެސް ވިސްނާލިންތަ؟ އެއްވެސް އަންހެން ބޭފުޅަކު ވަޒީފާއެއް ބޭނުންވެގެން ނުދިން ވާހަކައެއް އިވޭތަ؟