ފުލުހުންގެ "ލޯކަލް ޕޮލިސިން ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ޕޮލިސް
02 ޑިސެމްބަރ 2025 - 12:50
ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ނުވަތަ ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް ބާއްވާ "ލޯކަލް ޕޮލިސިން ކޮންފަރެންސް" މިއަދު ފަށައިފި އެވެ.
ދެ ދުވަހުގެ އެ ކޮންފަރެންސް ފެށީ ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި ފުލުހުންގެ އެކި ބަހާތަކުގެ އިސްވެރިންނާއި އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.
The Local Policing Conference commenced today at Paradise Island Resort. The conference is focused on identifying the steps needed to strengthen the operational work of the Maldives Police Service. pic.twitter.com/PCN4jraesZ
— Maldives Police (@PoliceMv) December 2, 2025
ފުލުހުންގެ ވެބްސައިޓުގައި ބުނީ އެ ކޮންފަރެންސްގެ ބޭނުމަކީ ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރުކުރުން ކަމަށެވެ.
އެ ކޮންފަރެންސްގައި ފުލުހުންގެ ހުރިހާ ބަހާއެއް ހިމެނޭ ގޮތަށް ޖުމްލަ 170 ފުލުހަކު ބައިވެރިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ މި ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ހޯމް މިނިސްޓަރު އިހުސާން ވަނީ ފުލުހުންނާ އެކު ހާއްސަ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އަދި ފުލުހުންގެ ހިދުމަތް "ހާޑް ރީސެޓަކަށް" ދާންޖެހޭ ކަމަށް ވިދާޅުވެ އެ ނޫން އެހެން ގޮތެއް ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.
އެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ މުޅި ސިސްޓަމް ފެއިލްވެފައިވާ ކަމަށާއި ފުލުހުންނަށް އޮތް އިތުބާރު ބާރު ސްޕީޑުގައި ގެއްލެމުންދާ ކަމަށެވެ.
ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނަށް ބިލިއަނުން ހަރަދު ކުރާއިރު އަދި ތައުލީމީ މީހުން ގިނަ އަދަދަކަށް ތިބެމެ ވަރަށް ފާޅުގައި އަން-ޕްރޮފެޝަނަލް ކަންކަން ފުލުހުންގެ ތެރޭގައި ހިނގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓަރުގެ ޒިންމާގެ ދަށުގައި ހުރި އިދާރާތަކުގެ ތެރެއިން އެންމެ ފަހަތުގައި އޮތް މުއައްސަސާއަކީ ފުލުހުން ކަމަށް ވެސް ވަރަށް ތިލަކޮށް، ސާފުކޮށް އިހުސާން ވިދާޅުވި އެވެ.
މި ސަރުކާރަށް ދެ އަހަރުވީ އިރު، މިއީ ލިބިފައިވާ ވަގުތުގެ 40 ޕަސެންޓު ކަމަށާއި އެ މުއްދަތު ހޭދަވި އިރު 2.8 ބިލިއަންގެ ބަޖެޓަކާ އެކު ފުލުހުންނަށް ޒިންމާތައް އަދާނުކުރެވުނު ކަމަށާއި، އެ ހޭދައަކީ 2002 ވަނަ އަހަރުގެ މުޅި ގައުމުގެ އާމްދަނީއާ އެއްވަރުގެ އަދަދެއް ކަމަށް ވެސް އިހުސާން އެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެލޯ މިނިސްޓަރޫ
03 December 2025
އެންމެ ފުރަތަމަ އާއްމު ރައްޔިތުންނަށް ޑިއުޓީޔާ އޮފު ޑިއުޓީގައިވެސް އިހުތިރާމާއެކު މުއާމަލާތްކޮށް އަނެއް މީހަ ދައްކާވާހަކަ އިންޓަރަޕުޓް ނުކޮށް ކެތްތެރިކަމާއެކު އަޑު އެހުމުގެ ހުނަރު މަތީ ފަޑީގައި ތިބި އޮފިސަރުންނަށް ދަސްކޮށްދީ. އެއާއެކު ވިޔަފާރިކޮށް ޑީލުތަކުން ކަޓު ހޯދާ ފުލުހުން ބަލާ ފިޔަވަޅު އަޅާ. ތަންމިނުގެ މުސާރައާ އިނާޔަތް ދެނީ ކަމަކު. އޭގެން ބޭރު ކަންކަމު ހޭކޭކަށް ފުލުހުން ނުޖެހޭނެ
އިގޫ
03 December 2025
މަހަކު 30 އިން 40 ހާހުން ގެއަށް ގެންދަން ފައިސާލިބޭ 3 އިރު ކާންލިބޭ މުޅިއާއިލާއަށް ހައްދެއްނެތް ބޭސްފަރުވާލިބޭ ޔުނީފޯމަށް ފައްތަކާ ތަރިތަށްދަނީ އަރަމުން ދާއިރުވެސް ޝަކުވާކުރުން ނޫން ކަމެއް ގިނަ ފުލުހުންގެ ނޯވެ. ގަޑި ޖައްސާފަ ނުކުމެ ދެން ދުއްވައިގަންނަނީ ކޮންމެވެސް ކަޓެއް ނުވަތަ ޑީލަކުން ރުފިޔާ ލިބޭތޯ. ގައުމަށް ހިދުމަތް ކުރުމުގެ ރޫހެއް ނެތް. ޔުނިފޯމުގެ އަގެއްނެތް. އަމިއްލައަށް ހަދާ އެއްވެސް މިސްޓޭކެއް އޮތްކަމަކަަށް ފުލުހުން ގަބޫލެއްނުކުރޭ.
ޑރ ވާންޗޯ
03 December 2025
4 ފަހަރަށް ފޯމެޓުކުރިޔަސް ތިރަނގަޅުނުވާނެ.
ޤައުމީ މަސްލަޙަތު
02 December 2025
ގުޅާފަ ރިޕޯޓު ކުރީމާ ރިޝްވަތާ ކޮރަޕްޝަނުގެ "ސްޓިންގް" އޮޕަރޭޝަން ޖައްސަން ވެއްޖެއެއްނު! ދެތިން ރެއިޑު ޖެއްސީމާ ހުންނާނީ ކޮންމެވެސް ވަރަކަށް ކުށް މަދުވެފަ. . އިން-ޝާ-ﷲ
ޢައި ސްޓޮޕް ޓު ސޭ ހެލޯ
02 December 2025
ޑިލީޓް ކޮށްލާ! ކޮން ރިސެޓެއް؟
ފުކުސްކަލޯ
02 December 2025
ތިތާ އޯލެވެލްގަނޑެއް އޮތަސް 4 އަހަރުން 4 އަހަރުން ޕްރޮމޯޝަން ލިބޭ، ކިޔަވައިގެން ލިބޭ މޮޅެއް ނެތް. މިފަދަ ސަގާފަތެއް އޮތްތަނެއްގައި ކޮން ކުރިއެރުމެއްތޯ އަންނާނީ؟ ނެރެވޭނީ މީހާ ގައިގަ ހުރި އެއްޗެއް. ސިފައިންވަނީ މީގެ އަހަރުތަކެއް ކުރިން ޓެކްނިކަލްކޯ، އޮފިސަރސްކޯ ހަދާ ޕްރޮމޯޝަނާ މުސާރައަކީ މީހާގެ ހުނަރާ ތައުލީމަށް ބަލާފަ ދޭ އެއްޗަކަށް ހަދާފަ. ފުލުހުންގެ ވެރިންނަކީ ނާގާބިލު ކަމުގެ އިންތިހާ ބައެއް. އެއްވެސް އިޚުލާސްތެރިލަމެއް ނެތް.
ވައްޑެ ޑ
03 December 2025
އޭގެ ތެރޭގައި އޯލެވަލު ޔޫ ސެޓު ގިނަ ވާނީ. ކިޔަވައިގެން ތިބި ގިނަ އޮފިސަރުންގެ އަހުލާގެއް ނުހުރޭ. މައްކާރުކަމާ ކޮރަޕްޓުކަން އިންތިހާ އެމީހުންގެ
މެސީ1
02 December 2025
ރީސެޓް ނުކޮއް، ކޮރުރޮޕްޓް އޮފިސަރުން ބޭރުކޮއްބަލަ
ފުލުސް ކަލޯ
02 December 2025
ބަލަ ފުލުހުންގެ ހިންގުން ހަރުދަނާކޮށް، މަގާމުމަސްއޫލިއްޔަތު ނޫފުލޭ މީހުން އިތުރު ތަމްރީނާ، ކިޔެވުމާ ހުނަރު އިތުރުކުރުމުގެ މަގްސަދުގައި ހެދި "ކޮމްޕިޓެނސީ ފްރޭމްވޯކް" ފާސްނުކޮށް ސަރުކާރުން އެ ހުއްޓުވައިގެން ތި ތިބެނީ ތިތަން ރަނގަޅުކުރަން ބޭނުންނުވާތީ. ފްރޭމްވޯކް ފާސްކުރިނަމަ މަގާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ތައުލީމާ، ތަޖްރިބާއާ، ހުނަރު ނެތް ފުލުހުން ޖެހޭނީ އެޗްއާރު އިން އަންގާ މުއްދަތެއްގައި އެ ފެންވަރަށް އަންނަށް.
ބޮކުހަންތާކިހާބޭ
02 December 2025
ހާޑް ރީސެޓަކީ ކޮބައިކަމެއް ރަގަޅަކަށް ނޭގޭ! ފުލުސް އޮފީހުގެ ހިދުމަތް މިހިސާބަށް ފީކަޅާވެ ގައުމުގެ މީހުންގެ އިތުބާރުގެއްލިގެން ދިޔައީ ހިންގަންތިބި ވެރިންގެ ލޯލިބޯލިކަމުން ކަޓުކަމުން ކޮރޮޕްޓުކަމުން. ހަމަ އެސިކުޑިތަކާއި އެކު ކުރެވޭނެ ރީސެޓެއް ނުވިސްނޭ. އެއްއޮފީހުން އަނެއްއޮފީހަށް މީހުން ބަދަލުކޮށް ގޮޑިމޭޒު ރީއެރޭޖުންކޮށް ޑިއުޓީބަދަލުކޮށް މުޅިތަނުގަ ލައިހޫރެވިދާނެ. .
ޭއަހާލީ ހަމަ
02 December 2025
ތިކަންވެސް ތިވަނީ ރިސޯޓަކައް ގޮސްގެން ދޯ
ޢަރުތަ
02 December 2025
ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ރައީސް ގެ ލަފާފުޅާ އިރުސާދާއެކީ....