އީރާންގައި 2022 ވަނަ އަހަރު މުޒާހަރާކުރަނީ: މި މުޒާހަރާތަކާ ގުޅުވައި އީރާންގެ ކޯޓަކުން ވަނީ އެމެރިކާއިން 22 ބިލިއަން ޑޮލަރު އީރާނަށް ދިނުމަށް ހުކުމެއް ކޮށްފައި. -- ފޮޓޯ: އޭއެފްޕީ
03 ޑިސެމްބަރ 2025 - 19:06
އީރާންގައި 2022 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކަށް އެމެރިކާއިން އެހީތެރިވި ކަމަށް ބުނެ އެމެރިކާ އިން އީރާނަށް 22 ބިލިއަން ޑޮލަރު ދައްކަން އީރާންގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ޖުޑީޝަރީގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.
އީރާނުގައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މުޒާހަރާތައް ފެށުނީ އިސްލާމީ ހަމަތަކާ ހިލާފަށް ހެދުން އެޅުމުގެ ތުހުމަތަށް ހައްޔަރުކުރި 22 އަހަރުގެ ކުރުދު މަހްސާ އަމީނީ ބަންދުގައި ހުއްޓާ މަރުވި މައްސަލައިގަ އެވެ.
"އީރާންގައި ހިންގާ ވަރަށް ގިނަ ޖަރީމާތަކުގައި އެމެރިކާގެ ބައިވެރިވުން ފެނޭ. 2022 ވަނަ އަހަރު ހިންގި ފިތުނަވެރި އަމަލުތަކުގައި ވެސް ފެނޭ،" ޖުޑީޝަރީގެ ތަރުޖަމާނު އަސްގަރް ޖަހާންގިރް، ހަފްތާގެ ޕްރެސް ބްރީފިންގައި ވިދާޅުވި އެވެ.
"ދެ ހާސް ބާވީސް ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި މީހުންނަށް ތަކެތީގެ ގޮތުން އަދި ފިކުރީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައި ވާތީ އީރާން ސަރުކާރަށް 22 ބިލިއަން ޑޮލަރު ދިނުމަށް އީރާނުގެ ކޯޓަކުން ވަނީ އެމެރިކާ ސަރުކާރުގެ މައްޗަށް ހުކުމެއް ކޮށްފައި،" ތަރުޖަމާނު ވިދާޅުވި އެވެ.
އަމީނީގެ މަރާ ގުޅިގެން މަސް ދުވަސް ވަންދެން ކުރި މުޒާހަރާތަކުގައި ކުރިމަތިލުން ހިނގައި އެތައް ސަތޭކަ ބަޔަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މީހުން ވެސް ހިމެނެ އެވެ.
ތަރުޖަމާނު ވިދާޅުވީ ހަމަނުޖެހުން ބޮޑުކުރުމަށް އެމެރިކާއިން އޭރު މަސައްކަތްކުރި ކަމަށެވެ. އެކަމަކު އެކަން ކުރީ ކިހިނެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އެފަހަރުގެ މުޒާހަރާއަށް ފަހު އީރާންގައި ވަނީ އަންހެނުން ހެދުންއެޅުމުގެ ކަންކަން ބަހައްޓަން 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް ފަހު ހަރުކަށިކަމާ އެކު ތަންފީޒުކުރަމުން ގެންދާ އުސޫލާ ހިލާފުވާ މީހުން ގިނަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮމޮޑަސް
05 December 2025
ދީފިތަ؟ ހަހަހަ
އޮރިގައްލޯ
05 December 2025
އާ، އެމެރިކާ އެއޮތީ ތި ހުކުންކުރިވަރައް އިރާނައް ޑޮަލަރުދޭހިތުން ލޮލައް ނިދި ނައިއްސަ.
މާލު
04 December 2025
ޢެމެރިކާ އަކީ މުޅި ދުނިޔެ ފަސާދަކުރާބައެއް
އަސަރު68
04 December 2025
ހުކުން ރަނގަޅު. އެކަމަކު ހިތަށްއަރަނީ ތިޔަބުނާ ބަޔަކު އަތުން ތިޔަބުނާ އެއްޗެއް ހޯދޭނެބާއޭ. މުޅިދުނިޔެ ހަލާކުކުރަންއުޅޭބަޔަކު އަތުން އެއްޗެއް ނުހޯދޭނެ. އަރައިގަންނަންޖެހޭހިނދު ނިއުކުލިއާ ބޮމެއް އެމީހުންގެ މައްޗަށް އަޅާލެވިއްޖިއްޔާ ދެންއެވީ ހަމަ ސައެއްބޯލާވަރުގެ ކަމަކަށް.
ދަނޑުން
04 December 2025
ޙުކުމް ރަނގަޅު، ދެން އޮތީ ތަންފީޒް ކުރުން، އެމެރިކާގެ ބޮމުން، ނިއުކުލިއަރ ސައޓްވެސް ސަލާމަތްވިކަމަށްވަނީ...
ލޮކްހީ
04 December 2025
މަރުހަބާ އީރާން ތިވަރުވެސް ކުޑަ. މަށަށް ވެގެން ވަންޏާ 30 ބިލިއަނަށް ވުރެއް ދަށެއް ނުކުރާނަން
އާބަކުރު
03 December 2025
އެހެން ވެސް ހެދޭތަ؟؟
5252
04 December 2025
އެއޮތީ ހަދާފަ