ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ (ކ) އަދި ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން 2021 ވަނަ އަހަރު ގަތަރުގައި ބައްދަލުކުރައްވަނީ: މި ދެ ގައުމުގެ ގުޅުން ބަދަހިވަމުން އަންނައިރު އިއްޔެ ވަނީ ހައި ސްޕީޑު ރޭލުން ދެ ގައުމު ގުޅާލުމުގެ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައި. -- ފޮޓޯ: އޭއެފްޕީ
09 ޑިސެމްބަރ 2025 - 06:09
ސައޫދީ އަރަބިއްޔާ އާއި ގަތަރު ހައި ސްޕީޑް ރެއިލްވޭއަކުން ގުޅާލުމުގެ ބިޔަ މަޝްރޫއެއް ފެށުމަށް އެ ދެ ގައުމުން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގުޅުން ގޯސް ދެ ގައުމުގެ ގޮތުގައި އެތައް އަހަރެއް ވަންދެން އޮތުމަށް ފަހު މި ދެ ގައުމުގެ ގުޅުން ބަދަހިވަމުން އަންނަ ކަމުގެ އިތުރު ނިޝާނަކަށް މި އެއްބަސްވުން ވަނީ ވެފަ އެވެ.
ސައުދީ އަރަބިއްޔާގެ ރަސްމީ މީޑިއާއިން ބުނީ "ހައި ސްޕީޑް އިލެކްޓްރިކް ޕެސެންޖާ ރެއިލްވޭ" އިން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟް އާއި ގަތަރުގެ ވެރިތަށް ދޯހާ ގުޅުވާލާނެ ކަމަށެވެ.
މީގެ އިތުރުން ސައުދީގެ ހުފޫފް އާއި ދައްމާމް ސިޓީ ވެސް މި ރޫޓުގައި ހިމަނާނެ ކަމަށް ބެލެވެ އެވެ.
މި ރޭލު ގަޑިއަކު 300 ކިލޯމީޓަރު (186 މޭލު) އަށް ވުރެ ބާރުމިނުގައި ދުވާނެ ކަމަށާއި ރިޔާޟް އާއި ދޯހާއާ ދެމެދު ދެ ގަޑިއިރުން ދަތުރު ފުރިހަމަވާނެ ކަމަށް ވަނީ ބުނެފަ އެވެ.
މިއީ މަތިންދާބޯޓުގައި ވެސް މި ދެ ސިޓީގެ ދެމެދުގައި 90 ވަރަކަށް މިނެޓް ހޭދަވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ހަ އަހަރު ތެރޭ ނިންމަން އަމާޒު ހިފާފައިވާ މި މަޝްރޫއު ނިމޭއިރު އަހަރަކު 10 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އަދި ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނެވެ. ގަތަރުގެ އަމީރު މި އެއްބަސްވުމުގައި ސޮއިކުރައްވަން ވަޑައިގަތީ ސައޫދީއަށެވެ.
ސައޫދީ އާއި ގަތަރާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ ނަމަވެސް މި ފަހުން އަންނަނީ އާދަޔާ ހިލާފް ހަލުވިމިނެއްގައި އެކަން ބަދަލުވަމުންނެވެ.
ސައުދީ އަރަބިއްޔާ އާއި އެ ގައުމުގެ ބައިވެރިން ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރެއިން އަދި މިސްރުން 2017 ވަނަ އަހަރު، ގަތަރާ އެކު އޮތް ޑިޕްލޮމެޓިކް އަދި ދަތުރުފަތުރުގެ ގުޅުން ކަނޑާލި އެވެ.
އެ ހަތަރު ގައުމުން ތުހުމަތުކުރި ގޮތުގައި ގަތަރުން މުސްލިމް ބްރަދަހުޑް ފަދަ "ހަރުކަށި ފިކުރަށް" ވާގިވެރިވެ އެވެ. އަދި ސައުދީ އަރަބިއްޔާގެ ވާދަވެރި އީރާނާ ގުޅުން ބަދަހިކުރަން ވެސް މަސައްކަތްކުރެ އެވެ. އެކަމަކު ޖެނުއަރީ 2021 ގައި ސައޫދީގައި ބޭއްވި ސަމިޓަކަށް ފަހު އަލުން ވަނީ ސިޔާސީ ގުޅުން އިޔާދަކޮށްފަ އެވެ.
އޭގެ ފަހުން ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު ސައޫދީ ވަލީއަހުދު މުހައްމަދު ވަނީ ގަތަރަށް ވެސް ވަޑައިގެންފަ އެވެ. އަދި އޭގެ ފަހުން ދެ ގައުމުގެ ގުޅުން އަންނަނީ ވަރުގަދަވަމުންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
10 December 2025
ސަޢޫދީއާއި ގަޠަރުގެ ގޯސްވި ގުޅުމުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރާއްޖެއަށް. ރާއްޖެއިން ޝަޢޫދީ ފަޅިއަށް އަރައި އެއްވެސް ޙައްގަކާނުލައި ޤަޠަރާއެކު އޮތް ގުޅުން ކަނޑާލުމުގެ ސަބަބުން ބޮޑެތި މަޝްރޫޢުތަކެއް ހުއްޓުނު. އެއީ އިޢާދަ ނުކުރެވޭ ބޮޑު ގެއްލުމެއް. ސަޢޫދީން ބައިވަރުތަކެއް ލިބިގެން ބަޔަކު ކުރިކަމެއް އެއީ. ޤައުމަށް ގެއްލުން ވިޔަސް ބައެއްގެ އެކައުންޓުތައް ފުރާލެވުނުކަމަަށް ބުނެވޭ. އިހަކަށް ދުވަހު ވެސް އެވާހަކަ ބުނި މަންފާ ލިބުނު މީހަކު.
ގަރީނު
09 December 2025
ސައުދީއަށް ވައިޖަހަން ވެގެން ރާއްޖެއިން ވެސް ގަތޮރާ ގުޅުން ކަނޑާލި.
655ެއެއެެެެ
09 December 2025
ތީތި ގުޅާލައްޗެ ރާއްޖޭގަިއ ހަނދާ އަންޑަވޯޓަރ ޓަނަލް އަ
ނުނިދާ ފުލުސް
09 December 2025
މިހިރަ ފެންނަނީ ރ.ޑޯނާލްޑްގެ މިންނަތް މަސައްކަތް. ޑޮނާލްގެ ސަބަބުން ރެންދު އެޅިފަ، އެކަކު އަނެކަކު ކަރުގަ ހިފަން ތިބި އަރަބީން އެއްގަލަކަށް އަރުވާ އަހުވަންތަކަން އާލާ ކޮށްދެއްވި. ޑޯނާލްޑް އަކީ ހަގީގީ ނޮބެލް ގެ ބާނީ.
މާގަދަނިދިދޫނި
09 December 2025
ނޮޓް ބޭޑް. ތޮށަލި ދަޅަޔަށް ދުނިޔެ ހިނގާ ވާހަކަ ކާފަމެން އަބަދުވެސް ބުނޭ. އޭގެ މިސާލެއް ކަމާ ނުގުޅޭ ވައިރޯޅިއަށް ވާރޭ ނިސްބަތްކުރުން
ނިދާ ފުލުސް
09 December 2025
"ޖެނުއަރީ 2021 ގައި ސައޫދީގައި ބޭއްވި ސަމިޓަކަށް ފަހު އަލުން ވަނީ ސިޔާސީ ގުޅުން އިޔާދަކޮށްފަ އެވެ. އޭގެ ފަހުން ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު ސައޫދީ ވަލީއަހުދު މުހައްމަދު ވަނީ ގަތަރަށް ވެސް ވަޑައިގެންފަ އެވެ. އަދި އޭގެ ފަހުން ދެ ގައުމުގެ ގުޅުން އަންނަނީ ވަރުގަދަވަމުންނެވެ." މިކަމާ ޑޮނާޑާ އޮތް ގުޅުމެއް ކޮބާ؟
ފުތާބެ
09 December 2025
ހޫން. ބޮޑު އެއް އެވޯޑް ހަދާފަ ޓުރަންޕަށްށާ ނަތަންޔާހޫއަށްށާ ފަލަސްތީން ކައިރީގަ ވަށައިގެން ތިބި އަރަބި ހުރިހާ ވެރިންނަށް ދޭންވީ ނަސްލު ނައްތާލުމުގެ ބައިވެރިންވީމަ.
ފަންސަޔާޅީސް
09 December 2025
"ޖެނުއަރީ 2021 ގައި ސައޫދީގައި ބޭއްވި ސަމިޓަކަށް ފަހު އަލުން ވަނީ ސިޔާސީ ގުޅުން އިޔާދަކޮށްފަ އެވެ. އޭގެ ފަހުން ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު ސައޫދީ ވަލީއަހުދު މުހައްމަދު ވަނީ ގަތަރަށް ވެސް ވަޑައިގެންފަ އެވެ. އަދި އޭގެ ފަހުން ދެ ގައުމުގެ ގުޅުން އަންނަނީ ވަރުގަދަވަމުންނެވެ." މިކަމާ ޑޮނާޑާ އޮތް ގުޅުމެއް ކޮބާ؟ ޑޮނަލް ޑަކް ކާޓޫނު ބަލާފަ އުތަ؟