އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު. މި ސެންޓަރުން ވެސް ވެކްސިން ޖެހުމުގެ ހިދުމަތް ދޭނެ.-- ފޮޓޯ: ރައީސް އޮފީސް
10 ޑިސެމްބަރ 2025 - 11:59
ވެކްސިންގެ ގައުމީ ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައިފި އެވެ.
އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ނިއުމޯކޮކަލް އަދި ރޮޓާ ވައިރަސް ވެކްސިން، އަސާސީ ވެކްސިންގެ ލިސްޓުގައި ހިމަނައި، މިއަދުން ފެށިގެން ދޭން ފަށާފައިވާ ކަމަށެވެ.
ނިއުމޯކޮކަލް އަކީ ނިއުމޯނިޔާ އަދި މެނިންޖައިޓިސް އިން ރައްކާތެރިވާން ޖަހާ ވެކްސިނެވެ. ރޮޓާވައިރަސް އަކީ ބޭރަށް ހިންގުމާއި ގިނައިން ހޮނޑުލުން ފަދަ ކަންކަމުން ދުރުވުމަށް ދޭ ވެކްސިނެވެ.
އެ ވެކްސިންތައް ދޭނީ އުމުރުން ދެ މަހާއި ހަތަރު މަސް އަދި ހަ މަހުގެ ކުދިންނަށެވެ.
ނިއުމޯކޮކަލް އަދި ރޮޓާވައިރަސް އަކީ މީގެ ކުރިން އޮޕްޝަނަލް ދެ ވެކްސިނެވެ. ނަމަވެސް، ގައުމީ ޝެޑިއުލްގައި ހިމެނުމުން އެ ވެކްސިންތައް ހިލޭ ލިބޭނެ އެވެ.
މަޖުބޫރު ވެކްސިންތަކުގެ ތެރޭގައި މީގެ ކުރިން ދެމުން ދިޔައީ އެމްއެމްއާރު، ޕޯލިއޯ، ހެޕިޓައިޓިސް، ޓެޓްނަސް ފަދަ ވެކްސިންތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާމަ333
10 December 2025
ކޮވިޑް ވެކްސިން މަޖުބޫރުކޮށް އަހަރުމެން ގަޔަށް ޖެހިފަހުން އަހަރުމެން މި ރޯގާއަކުން ސަލާމަތެއްނުވޭ...އަދާއިގެ އަރިދަފުސް ރޯގާއެއް މިހާރަކު ޖެހޭހެނެއް ހީއެއްނުވޭ...ދިފާއި ނިޒާމު ހާލާކުވެއްޖެ... ތީގެން ވާނީ ކިހާވަރެއްބާ? ތަނަކުން ވިޔަފާރި އުސޫލުން ވެކްސިނެއް ބޭހެއް ނެރޭއިރަށް ހަމަ ޖަހަންވެފަ މިއޮންނަނީ....ދުވަސްކޮޅަކުން ބުނާނެ އޭތި ޖެހުމުން އެހެންނޭ މިހެންނޭ ވަނީ...
ޕިސްޕިސް
10 December 2025
މަތިމައްޗައް ވެކްސިންޖެހުމުގަ މިމީހުން
އަލިތަރި
10 December 2025
ވެކްސިނަކީ މުހިއްމު އެއްޗެއް. ނަމަވެސް ވެކްސިނަކީ އެއިން އެއްވެސް ގެއްލުމެއްނުވާ އެއްޗެއްކަމަށް ނުވާނެ. ހުރިހާ އެންމެންނަށް ހުރީ ވެކްސިނެއް ނުވެސް ޖެހޭނެ. މި ހަގީގަތް ގަބޫލް ކުރަންޖެހޭ. ފައިދާވެސްކުރޭ، ގެއްލުންވެސް ލިބޭ. މިދެވެކްސިނަކީ ޝެޑިއުލަށް ލާންޖެހޭ އެއްޗެއް ކަމުގައި ނުދެކެން. ސަބަބަކީ ރޮޓަރ ވެކްސިން ޖަހައިގެން ބޭރަށް ހިންގުން ކޮންޓްރޯލް ތިޔަބުނާ ގޮތަކަށް ނުވާނެ. ދިވެހި ކުޑަކުދިން ނޫޅޭ ބޭރަށް ހިންގައިގެން މަރުވެދާނެތީވެ . އެފަދަ ބިރެއް ނެތް
ސުހހހ
15 December 2025
މަށަށް އިނގިގެން ކުއްޖަކު ނިޔާވި ބޭރަށް ހިންގާ ހޮޑުލާ ދިޔާއެއްޗިހި ވެސް ނުބޮވި ހޮސްޕިޓަލަށް ގެންދިޔައި.އުނދަގުލުގަ އައިވީ ގުޅުނުކަނަށް ވަނީ. ހަށިގަނޑުގަ ފެން މަދުވީމަ އުނދަގޫވާނެ. ކުޑަ ކުއްޖަކަށް އައިވީ ދޭއިރު ސްލޯކޮށް ދޭންޖެނީ ބަރުދަނަށް ބަލާފަ ކުޑަ އެތިކޮޅެއް. ދެވެން އޮތް އެންމެ މައްޗަށް ފްލުއިޑް ދެމުން ދަނިކޮށް ޝޮކަށް ގޮސްގެން ނިޔާވީ. މަގޭ ކަޒިން ބޭބީ އެއް ވެސް އެންމެ އަހަރެއްގަ އެގޮތަށް ދިޔައީ. މި ވެކްސިނުން އެފަދަކަމެއް ނުވެ ސަލާމަށް ވެދާނެ
އިއްޒަތު
10 December 2025
މިޚަބަރުގަައި ލިޔެފައިވާ މަޖްބޫރު ވެކްސިން އޮތްތަނުގެ ރަގަޅުގޮތް ތިރީގައި މިވަނީއެވެ. މަޖްބޫރު ވެކްސިންތަކުގެތެރޭގައި ހިމެނެނީ ޕެންޓަރވެލެންޓް ޑީޕީޓީ ބޫސްޓަރ އޯޕީވީ އައިޕީވީ އެމްއާރު އަދި އެމްއެމްއާރާއި އެޗްޕީވީއެވެ.މީގެއިތުރަށް ދެން ހިމެނެނީ ޓީޑީ ވެކްސިނެވެ. ޕީ ސީ ވީ އަދި ރޯޓާރިކްސް ވެކްސިން ޝެޑިއުލްގައި ހިމެނުމުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުއެވެ. ނަމަވެސް ނިންމަންޖެހޭ ބައެއް ކަންކަން ހުރުމުން ނުނިމި މާބޮޑަށް ލަސްވެގެން ދިޔައީއެވެ.