ރިޕޯޓް / ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލް ހިތްގައިމުކަމާ އެކު ފުރިހަމަ ޚިދުމަތަކަށް ތަައްޔާރުވަނީ

ހުޅުމާލޭގައި އަލަށް ހަދާ ޓްރީ ޓޮޕް ހޮސްޕިޓަލް: މިތަނުގެ ހިދުމަތް އަންނަ އޯގަސްޓް މަހު އާއްމުނަށް ހިދުމަތް ދެވޭނެ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

މިއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބިޔަ އެއް އިމާރާތެވެ. ރާއްޖޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ގްރޫޕް ހިއްސާވާ ކުންފުނިން އަޅަމުން އަންނަ އެންމެ ޒަމާނީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެވެ.

މިހާރު ރާއްޖޭގައި ހުރި ހޮސްޕިޓަލްތަކާ ހާސް ބައި ތަފާތެވެ. މައި އިމާރާތަށް ވަދެގެން ދާއިރު ސިފަވަނީ ފަސް ތަރީގެ ބިޔަ ހޮޓަލެއްގެ ލޮބީ ހެންނެވެ. ލަކުޑި ބޭނުންކޮށްގެން ހަދާފައިވާ އިންޓީރިއާ އާއި ލައިޓްތަކުން ދައްކައިދެނީ ހިތްގައިމުކަމެވެ. ހަރުކުރަމުން އަންނަ ކަރަންޓް ދެ ސިޑިން ފުރަތަމަ ބުރިއަށް އެރުމުން ފެންނާނީ ބަލިމީހުން ބަލާ ކޮޓަރިތަކެވެ. އެއިން ކޮންމެ ކޮޓަރިއެއްގައި އެންމެ ޒަމާނީ ވަސީލަތްތައް ދަނީ ގާއިމްކުރަމުންނެވެ. މުޅި މި ސަރަހައްދުގައި ވެސް މިފެންވަރަށް ޑިޒައިންކޮށްފައިވާ ހޮސްޕިޓަލްތައް މަދުވާނެ އެވެ.

ހުޅުމާލޭގައި ހަދާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެންމެ ތިރި: މިތަނުގެ އިންޓީރިއާ އާއި ޑިޒައިން ވަރަށް ހިތްގައިމު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލް ތަރައްގީކުރުމުގެ އެންމެ އިސް އެއް މޭސްތިރިއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އާކިޓެކްޓް އަދި ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑު އަޑީގެ ރެސްޓޯރަންޓް، ކޮންރެޑް މޯލްޑިވްސް ރަންގަލީގައި ހެދުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި އަހުމަދު ސަލީމް (ގަދަގޭ ސަލީމް) އެވެ. އޭނާއަކީ ޓްރީ ޓޮޕް އިންވެސްޓްމަންޓްގެ އެއް ހިއްސާދާރު ވެސް މެ އެވެ.

ޓްރީ ޓޮޕް އިންވެސްޓްމަންޓްގެ އެއް ޑިރެކްޓަރު އަދި އެ މަސައްކަތުގެ އެންމެ އިސް އެއް މޭސްތިރިޔާ ގަދަގޭ ސަލީމް (ކ) ހެލްތު މިނިސްޓަރު ނާޒިމްއާއެކު އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތުރުކީގެ ޓާމާކްސް ކުންފުންޏާ ހަވާލުކޮށްގެން މިދިޔަ އަހަރު އިމާރާތްކުރަން ފެށި ހޮސްޕިޓަލްގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމަޔަށް ގޮސްފަ އެވެ.ހޮސްޕިޓަލްގެ މަސައްކަތް ކުރިޔަށްދާ ގޮތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ދައްކަވާލެއްވުމަށް ފަހު ސަލީމް ވިދާޅުވީ މިއީ މި ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށް ވެގެންދާނެ ކަމަށެވެ. އޭނާ ދެއްކެވި ވާހަކަތަކަށް ބާރު ލިބެނީ އެތަނުގައި ގާއިމުކޮށްފައިވާ ވަސީލަތްތަކާއި ހަދާފައިވާ ފެންވަރެވެ.

"އަޅުގަނޑުމެން ޔަގީންކޮށްދޭން ބޭނުން ވަނީ އަޅުގަނޑުމެން ހުޅުވާއިރު މިއީ ސައުތު އީސްޓް އޭޝިއާއެއް ނޫން، އީސްޓް އޭޝިއާގައި ވެސް އެގްޒާމްޕަލް ހޮސްޕިޓަލަކަށް ވާނެ ފެސިލިޓީގެ ގޮތުން. އެއީ އަޅުގަނޑުމެންގެ ކުންފުނިން ކުރާ ވަރަށް ބޮޑު އުއްމީދެއް. ރައްޔިތުންނަށް ވަރަށް ބޮޑު ހެޔޮ ކަމެއް ލިބޭނެ ކަމަށް އުއްމީދުކޮށްގެން ކުރާ މަސައްކަތެއް މިއީ،" ހޮސްޕިޓަލްގެ ގޯތިތެރޭގައި ހުންނަވައިގެން ސަލީމް ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ގޯތިތެރޭގައި ހޮސްޕިޓަލުގެ ޓެކްނިކަލް މަސައްކަތްތަކާއި މުވައްޒަފުންނާއި ޑޮކްޓަރުންގެ ބޯހިޔާވަހިކަމަށް ބޭނުންކުރެވޭ ގޮތަށް ހަދާ އިމާރާތް --ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހަ ބުރިއަށް ހަދާފައިވާ ގާތްގަނޑަކަށް 30،000 އަކަފޫޓުގެ ބިޔަ ބިލްޑިން އަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ހިމެނޭ 159 އެނދުގެ ހޮސްޕިޓަލެކެވެ. އިމާރާތުގެ ބޭރު މަސައްކަތްތައް ނިންމުމަށް ފަހު މިހާރު ދަނީ އެތެރޭގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމަމުންނެވެ.

ހޮސްޕިޓަލުގައި ހިދުމަތް ދޭން ބޭނުންކުރާ ބައެއް ސާމާނު މިހާރު ވަނީ ރާއްޖެ ގެނެސް ބެހެއްޓުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ އެމްއާރުއައި މެޝިނެއް ވެސް ވަނީ ގެނެސްފަ އެވެ. މިއީ ގާތްގަނޑަކަށް ފުލީ އޮޓޮމޭޓެޑް ހޮސްޕިޓަލަކަށް ހަދަން އެހެން ވެސް ޒަމާނީ ސާމާނުން ތަން ދަނީ މުއްސަނދިކުރަމުންނެވެ.

ޓްރީ ޓޮޕް އިންވެސްޓުން ކުރިން ލަފާކުރީ މި އަހަރުގެ ޖޫން މަހު ހޮސްޕިޓަލުގެ މަސައްކަތް ނިމި، އާއްމުންނަށް ހިދުމަތް ދޭން ފެށޭވަރުވާނެ ކަމަށެވެ. ނަމަވެސް އެ ބިޔަ ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށް ދާ ގޮތުން މިހާރު ލަފާކުރެވެނީ ހިދުމަތް ދޭން ފެށޭނީ އަންނަ އޮގަސްޓް މަހު ކަމަށެވެ. ހޮސްޕިޓަލް އިމާރާތާ އެކު 10،000 އަކަފޫޓުގެ ބިމެއްގައި ހަ ބުރީގެ އެހެން އިމާރާތެއް ވެސް ދަނީ ހަދަމުންނެވެ. އެއީ ހޮސްޕިޓަލަށް ބޭނުންވާ އެކި ހިދުމަތްތަކާއި ބަލި މީހުންނާ އެކު އަންނަ މީހުންނަށާއި ޑޮކްޓަރުންނަށް ތިބެވޭ ގޮތަށް ހަދާ ތަނެކެވެ.

އެންމެ ބޮޑެތި ބަލިތަކަށް ފަރުވާ ލިބޭނެ

ޓްރީ ޓޮޕްގައި ކިޑްނީގެ ބަލިތަކަށް ހާއްސަ ޑައިލިސިސް މެޝިނާއި ހިތުގެ ބަލިތަކަށް ހާއްސަ ކެތު ލެބަކާއި ކެންސަރުގެ ބަލިތަކަށް ފަރުވާ ދިނުމާއި އީއެންޓީ، އެކްސިޑެންޓް އަދި އިމަޖެންސީ، އާއްމު ބަލިތަކަށް ފަރުވާދޭނެ ނިޒާމް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އޭގެ އިތުރުން ސީޓީ ސްކޭނާއި އެމްއާރުއައި، އެކްސްރޭ، ފްލުއޮސްކޮޕީ، މެމޯ ގްރަފީ، އެމްޑީ ޑެންސިޓޯމީޓަރާއި އަލްޓްރާ ސައުންޑްގެ ހިދުމަތް ވެސް ލިބެން ހުންނާނެ އެވެ. އަދި އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ލެބޯޓަރީއަކާއި ބަލި މީހުންނަށް ބޭނުންވާ ބޭސް ލިބޭނެ ސެންޓްރަލް ފާމަސީއެއް ވެސް ހުރެ އެވެ.

އެ ހޮސްޕިޓަލް ފަށައިގަންނައިރު ވެސް ބޮޑެތި ބަލިތަކަށް ފަރުވާ ދޭން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ވެސް ޑޮކްޓަރުންނާއި ނަރުހުންނާއި އެނޫން ވެސް ގާތްގަނޑަކަށް 30 މުވައްޒަފުން ހަމަޖައްސައި، އެ މީހުންނަށް މިހާރު ދަނީ ތަމްރީނުތައް ދެމުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެމްއާރުއައި މެޝިނެއް ބަހައްޓާފައި: މިތަނުން އެންމެ ޒަމާނީ ހިދުމަތްތައް ލިބެން ހުންނާނެ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ހޮސްޕިޓަލް ހުޅުވާއިރު އެތަނުގައި އެންމެ ފަހުގެ ވަސީލަތްތަކާ އެކު ހިތުގެ އޮޕަރޭޝަންތައް ކުރުމަށް ކެތު ލެބެއް ގާއިމްކުރެ އެވެ. އެގޮތުން ހިތުބަލިތަކުގެ އޮޕަރޭޝަންކުރުމަށް އޮސްޓްރިއާގެ ތަޖުރިބާކާރަކު މިހާރު ވަނީ ހޯދައިފަ އެވެ.

"އަންނަ ހަފުތާގައި އޭނާ ރާއްޖެ އަންނާނެ. އެހެންވީމަ އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" ސަލީމް ވިދާޅުވި އެވެ.

ޓްރީ ޓޮޕް އިންވެސްޓްމަންޓުން ލަފާކުރާ ގޮތުގައި އެ ހޮސްޕިޓަލުގައި ހިދުމަތް ދިނުމަށް ގާތްގަނޑަކަށް 500އެއްހާ މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ.

ފަރުވާ އާއި އަގާ މެދު ހިތްހަމަޖެހޭނެ

ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ. އެ ހޮސްޕިޓަލްގައި ބަލިމީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ރޫމް ހުރެ އެވެ. އެގޮތުން ބަލި ދެ މީހަކަށް 30 ކޮޓަރި އާއި އެކަކަށް ހިދުމަތް ދޭ ގޮތަށް ހަދާ 57 ކޮޓަރި އާއި ހަތަރު ޖޫނިއަ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ހުރެ އެވެ. މިހާރު ކުރިއަށް ދަނީ އެ ހުރިހާ ތަނެއްގެ ވެސް އެންމެ ފަހުގެ މަސައްކަތްތަކެވެ.

ސަލީމް ގަބޫލުކުރައްވާ ގޮތުގައި ހޮސްޕިޓަލްތައް ހިންގާ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުންފުނި، ރަމްޒޭ ސައިމް ޑާބީ އިން ހިންގާ މި ހޮސްޕިޓަލަށް ބަލިމީހުން ކުރާ އިތުބާރު ބޮޑުވެގެންދާނެ އެވެ. ހަމައެއާ އެކު އެތަނުން ދޭ ހިދުމަތްތަކުގެ އަގަކީ ވެސް ހިދުމަތާ އެކަށީގެންވާ އަގަކަށް ވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ އާސަންދައާ ވެސް ވާހަކަދައްކަމުން. މިވަރުގެ ބިލްޑިންގަކާއި ސަޕޯޓް ސާވިސް ހަދާފައި އޭގައި އޮންނާނެ ކޮންމެވެސް ވަރެއްގެ އަގެއް. އެކަމަކު އަޅުގަނޑުމެންގެ ކުންފުނިން ކޮންމެހެން ވިސްނަނީ މިއީކީ ޕްރޮފިޓް މޭކިން ވެންޗާއެއް ނޫން ކަމަށް،" ސަލީމް ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ އެތެރޭގެ އެންމެ ފަހު މަސައްކަތްތައް ކުރަނީ: އަންނަ އޯގަސްޓް މަހު ބޭނުންކުރަން ފެށޭނެ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ހޮސްޕިޓަލް ތަރައްގީކުރުމުގައި އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ތައާރަފްކުރުމެވެ. ނަމަވެސް އެންމެ ފުރަތަމަ އިސްކަންދޭނީ މެޑިކަލް ޓޫރިޒަމަށް ވުރެ ރާއްޖޭގައި ލިބެން ނެތް ފަރުވާ ދިވެހިންނަށް ހޯދައިދިނުމަށް ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ދުއްވައިގަތުމުގެ ކުރިން ހިނގަން ދަސްކުރުމަކީ އެ ކުންފުނީގެ ފަލްސަފާ އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ފުރަތަމަ ހިނގަން ދަސްކޮށްފައި ދުއްވައިގަންނަން. ފުރަތަމަ ޓާގެޓެއް ނުކުރަން އިންޓަނޭޝަނަލް ސެކްޓާއިން ޕޭޝަންޓުން [ބަލި މީހުން] ގެންނާކަށް. އަޅުގަނޑުމެން ބޭނުން ވަނީ ވަރަށް ރަނގަޅަށް އެސްޓަބްލިޝްވެގެން ތިން އަހަރު ނުވަތަ ހަތަރު އަހަރު ފަހުން، ދުވާ ހިސާބަށް ދެވުނީމަ ޓާގެޓްކުރަން މެޑިކަލް ޓޫރިޒަމަށް،" ސަލީމް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލް ތަރައްގީކުރަމުން އަންނަނީ ވެސް މެޑިކަލް ޓޫރިޒަމަށް މަގުފަހިވާ ގޮތަށެވެ. އެގޮތުން ހޮސްޕިޓަލްގެ ގޯތިތެރޭގައި އޮތް ހުސް ޖާގަ ހާއްސަކޮށްފައި ވަނީ ދެވަނަ ފިޔަވަހި ކުރިޔަށް ގެންދިއުމަށެވެ.

ހުޅުމާލޭގައި ހޮސްޕިޓަލް ގާއިމުކުރި ނަމަވެސް މާލެ އިން ހުޅުމާލެއަށް ބަލި މީހުން އުފުލުމަށް ހާއްސަ ޕެރެމެޑިކް އެމްބިއުލާންސް އާއި ޕެރެމެޑިކް ސީ އެމްބިއުލަންސް ވެސް ބޭނުންކުރަން ވަނީ ނިންމައިފަ އެވެ. އެކަމަށް ބޭނުންވާ ސާމާނު ވެސް ވަރަށް އަވަހަށް ރާއްޖެ ގެންނަން ހަމަޖެހިފައިވާ ކަމަށް ޓްރީ ޓޮޕް އިންވެސްޓްމަންޓުން ބުންޏެވެ. އޭގެ އިތުރުން ހޮސްޕިޓަލާ އެކު ކްލިނިކެއް މާލޭގައި ހުޅުވަން ވެސް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

"އެހެންވީމަ ބްރިޖް ހެދެން ދެންވެސް މިތަނާއި މާލެއާ އޮންނާނީ ގުޅިފައި. މާލޭގައި ޑޮކްޓަރުން ބެލުމަށް ފަހު ރިފާކުރެއްވީމަ ވަގުތުން އަޅުގަނޑުމެން ސީ އެމްބިއުލަންސް ނުވަތަ ލޭންޑް އެމްބިއުލަންސް އޮންނާނެ ބަލި މީހާ ހުޅުމާލެއަށް ގެންނަން. އެހެންވީމަ އެކަހަލަ ހުރިހާ ވަސީލަތްތަކެއް ވެސް ހަމަޖެހިގެން ހުޅުވަން ބޭނުން ވަނީ،" ސަލީމް ވިދާޅުވި އެވެ.

މިއީ މީގެ ކުރިން ދިވެހިންނަށް ހީވެސް ކުރެވިފައިނުވާ ވަރުގެ ފެންވަރު މަތީ ހޮސްޕިޓަލެކެވެ. ރާއްޖޭގައި މިވަރުގެ އިންވެސްޓްމަންޓްތައް ކުރެވޭނެ ކަމާއި އަދި ސިއްހީ ދާއިރާ އިން ވެސް ދުނިޔޭގެ ފެންވަރުގެ ތަންތަން ހެދިދާނެކަމުގެ ނަމޫނާއެކެވެ. އެވަރުގެ ގާބިލް ދިވެހިން ރާއްޖޭގައި ތިބިކަން ވެސް އަންގައިދޭ ނިޝާނެކެވެ.

38 ކޮމެންޓް, 147 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 4%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝުހުތާޒު

03 April 2017

ހޮސްޕީޓަލުގަ ކީތަންމެވަރަކައް ކުލަކުލައީގެ ދަވާދު ލީޔަސް ނުވަތަ އީކުއީޕްމަންޓު ލީޔަސް ހީއުމަން ރީސޯސަސްގެ ފެންވަރު ދެރަވެފަ ހީންގަންތީބޭބަޔަކީ ޑެޑީކޭޓެޑް ބަޔަކައް ނުވާހާ ހީނދަކު ޚީދުމަތެއް ރަނގަޅެއް ނުވާނެ.. މުއައްޒަފުން ނަގަނީ ކަރަޕްޝަނުގެ ނެޓްވޯކުތަކުގެ ތެރެއީންކަމައް ވެފައީ ފެންވަރު ބެލުމާއީ ރަނގަޅު ޚީދުމަތުގެ ސަގާފަތެއް ބީނާނުކުރެވޭނަމަ ކޮންކުރީޓުން ކީތަންމެ ބޮޑު އީމާރާތެއް އެޅީޔަސް އަދީ ޚީދުމަތެއް ރަނގަޅުނުކުރެވޭނެ..

The name is already taken The name is available. Register?

ޖޮބް

03 April 2017

ތިތަނުގެވަޒީފާއަށް ކިހިނެއް، ކޮންތާކުން އެޕްލައި ކުރެވޭނީ ބޭނުން ގުޅެން

The name is already taken The name is available. Register?

ާރެޓޭ

03 April 2017

ޔާމީން ސިޔާސީ ފާރާތަކަށް ހަޓުކާ ދެއްކިއަސް ތަރައްގީ މެކުހަށްދާތަން މިފެންނަނީ. ކޮންމެ ގައުމެއްވެސް ތަރައްގީ ވެފައިވަނީ ޚުދުމުޚްތާރުކަމާއެކު 40 ހަކަށް އަހަރު ވެރިކަން ކޮށްގެން. ރާއްޖޭގައި މިހާރު މިއޮތީ އެ ހަރުފަތްފެށިފައި.

The name is already taken The name is available. Register?

ޒާ

03 April 2017

އޭޑީކޭއަށް ސަރުކާރުން މިޒަމާނުގައި މާލެ ކަހަލަ ތަނަަކުން އެވަރުގެ ބިމެއް ދީފައި އޮތީ ހިލޭކަހަލަ ގޮތަކަށް. އޭރު އޭޑީކޭއިންވެސް ފޮނިކެނޑި ސަރުކާރު ހޮސްޕިޓަލުން ނުލިބޭ ވަރަށް ގިނަ ޚިދުމަތްތައް ދޭނެކަމަށާއި ފެންވަރު ރަނގަޅު ޑޮކްޓަރުންވެސް ބައިތިއްބާނެ ކަމަށް. ނަމަވެސް އެބުނާ ޚިދުމަތެއް ދެވޭތަނެއް ނުފެނޭ. އޭޑީކޭ ހޮސްޕިޓަލާމެދު ހިތްހަމަ ނުޖެހޭ އެތައް ކަމެއް އެތަނުގެ މުވައްޒަފުންގެ ފަރާތުންވެސް ދަނީ ފެންނަމުން. ނަގާ އަގާއަޅާކިޔޭވަރަށްވެސް ޚިދުމަތް ރަނގަޅެއްނޫން. އެގޮތަށް ތިޔަ ހޮސްޕިޓަލް ނުވާނެ ކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

ލަބީދް އެންޑް ކަބީރް

03 April 2017

ޑިމާންޑު ބޮޑުވާވަރަކަށް އަގުވެސް އަރާނެ. މީ ޝައްކެއްހުރިކަމެއް ނޫން.

The name is already taken The name is available. Register?

އެމް.އޭ.ކަރީމް

03 April 2017

ތީ ވަރަށް ރަގަޅު މެޑިކަލް ޓޫރިޒަމް އަކަށް ވާނެ.އެއީ އެކަމަކު ލޯކަލް.ރާއްޖެތެރޭ ނިކަމެތި ރައްޔިތުން އިތުރަށް އިނދަޖައްސާލަން ހުޅުވޭ އިތުރު ދޮރެއް.#ޝުކުރިއްޔާ

The name is already taken The name is available. Register?

ބީތާ

03 April 2017

ކިތަންމެ ރީތި ބޮޑު ޢިމާރާތެއް ހެދިޔަސް ފެންވަރު ރަގަޅު ޑރ. ނާއި ރަގަޅު ޙިދުމަތް ނުލިބެންޔާ ތިކަމުން ބަލިމީހާއަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ.. ފަންޖިފުޓިގަނޑެއްގަވެސް ފެންވަރު ރަގަޅު ފަރުވާ ލިބެންޔާ ބަލިމީހުން އުދުހިފަވެސް އެތަނަކަށް އަންނާނެ..

The name is already taken The name is available. Register?

ޗިކުސް

03 April 2017

އަނގައިން ތަރިތައްވެސް ބޭލެވޭނެ، އެކަމަކު ހިދުމަތް ރަގަޅު ވިޔަސް ކޮލަޓީ ޑޮކްޓަރުން ނެތިއްޔާ ތިވާނީ ހަމަ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށް.

The name is already taken The name is available. Register?

ޕޭޝަންޓް

03 April 2017

އަޅުގަޑަށް ހީވަނީ 90 މިލިޔަނަށް ހަދާ ހުޅުމާލޭ ހޮސްޕިޓަލައްވުރެ 150 މިލިޔަނަށް ހަދާ އައިޖީއެމްއެޗް ހޮސްޕިޓަލް މާ ފެންވަރު ރަނގަޅު ވާން ޖެހޭނެހެން..

The name is already taken The name is available. Register?

ހުސެން

03 April 2017

ދޮގެއްނޫން ގައިމު ހުޅުމާލޭގަ ތިހަދާ ޓްރީޓޮޕް ހޮސްޕިޓަލް ހަދަނީ މާފެންފަރު މަތިކޮށް އަދި ހަރަދުވަނީ 90މިލިޔަން، އައިޖީއެމްއެޗް ހަދަން 150 މިލިޔަން ހަރަދުވަނީ ކޮންގޮތަކުންބާ؟

The name is already taken The name is available. Register?

1234

03 April 2017

ކޮއްކޯ 25 ބުރިއާއި 6 ބުރިއާ ހުރި ތަފާތު ގޫގުލް ސާޗްކޮށްލީމަ އެނގޭނެ 150 މިލިއަން އަރާސަބަބު.

The name is already taken The name is available. Register?

ހގ

03 April 2017

ތަކުރާ ބަަލަ ވެރިކަމާ އަމިއްލަ ހޮސްޕިޓަލަކާ އޮތީ ކޮން ގުޅުމެއް؟ އެހެން ވެއްޖިއްޔާ ކަންމަތީ ކްލިނިކްވެސް އަޅާފަ އެހެރީ ވެރިޔާގެ ހެޔޮފުޅުކަމުންނޭތަ ތިޔަ ކިޔަން އުޅެނީ!!!

The name is already taken The name is available. Register?

އަލީ

03 April 2017

މިގައުމުގައި ކިތައް ރައީސުން ވެރިކަން ކޮއްފި؟ މިފަދަ ހޮސްޕުޓަލެއް އިމާރާތް ކުރިތަ؟ މިކަމާ ސަރުކާރުން ނޫޅުނުނަމަ އަދިވެސް މިފަދަ ހޮސްޕިޓަލެއް އިމާރާތެއް ނުކުރެވޭނެ. ޝުކުރިއްޔާ ރައީސް ޔާމީން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454