ނަރުދޫ އިންޖީނުގޭގައި އަލިފާން ރޯވުމުން ލިބުނު ގެއްލުން: ރަށުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައި.-- ފޮޓޯ: ނަރުދޫ ކައުންސިލް
03 އެޕްރީލް 2017 - 15:51
ށ. ނަރުދު އަށް އިތުރު ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއަދު އިރުއޮއްސުމުގެ ކުރިން އަލުން ކަރަންޓް ދެވޭތޯ ބަލަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
މިއަދު މެންދުރު 12 ޖަހާކަށް ހާއިރު ނަރުދޫގެ އިންޖީނުގޭގައި ރޯވެ، މުޅި ރަށުން ވަނީ ކަރަންޓު ގޮސްފަ އެވެ.
އިންޖީނުގޭގައި ރޯވީ ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އައި 80 ކިލޯގެ ޖަނަރޭޓަރުގައި ބާރުގަދަ އަޑެއް ގޮވުމަށް ފަހުގަ އެވެ. އިންޖީނުގޭގައި ބޭނުންކުރަމުުން އައި 50 ކިލޯވޮޓްގެ ދެ ވަނަ ޖަނަރޭޓަރު ވެސް މި ހާދިސާގައި އެއްކޮށް ހަލާކުވެފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.
ފެނަކަ އިން ނެރުނު ބަޔާނުގައި ބުނީ ށ. ފޭދޫ އިން 128 ކިލޯވޮޓްގެ ޖަނަރޭޓަރެއް ނަރުދޫ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ށ. އަތޮޅުގެ ރީޖަނަލް އޮފީހުގެ ޓެކްނިކަލް ޓީމެއް ނަރުދޫގައި ހަރަކާތްތެރިވާ ކަމަށް ވެސް ބުންޏެވެ.
"މި ކުންފުނިން މަސައްކަތް ކުރަމުން ދަނީ އިރުއޮއްސުމުގެ ކުރިން ށ. ނަރުދޫގައި ކަރަންޓުގެ ހިދުމަތް އަލުން އިއާދަކުރުމަށެވެ،" ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ވެ އެވެ.
މި ހާދިސާ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާއި އަދި އެ ކުންފުނީގެ ފަރާތުން ވެސް އެކަން ބަލަމުން އަންނަ ކަމަށް ފެނަކައިން ބުންޏެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު
04 April 2017
އިންޖީނުގޭގައި އަލިފާން ނިއްވުމުގެ ނިޒާމެއް ނެތް.......... ފެނަކަ އެމް.ޑީ ޒިންމާވާންޖެހޭނެ.
ކޮބާ
03 April 2017
ކޮބާ އިރުއޮއްސިއްޖެބާ ތިކޮޅަށް
ކޮބާ
03 April 2017
ކޮބާ ދެވިއްޖެތަ މިހާރު ގަޑިން ރޭގަނޑު 9
ޢަލީ
03 April 2017
ޔަގީންތަ ދެވޭނެކަން މިސަރުކާރުވެސް ގޮވާފަ އޮތީ
ކުރޭކުރޭ
03 April 2017
ނަރުދޫ އެންމެން ބާލައިގެން ގެނެސް އެ އެންމެންނަށް ހުޅުމާލޭން ވަގުތީ ހިޔާ އެއް ދިނުމަށް ފަހު އެތަނުގައި ބައިތިއްބާ އަދި ކުރިއަށް އޮތް ދެ އަހަރު އެމެންނަށް ހުޅުމާލޭގައި ފްލެޓްސް އަޅާ ފައި އެމެންނަށް ލަގްޒަރީ ފްލެޓްސް ތައް 100 އަހަރުން އަގު ހަމަވާނެ އުސޫލުން ވިއްކާލަންވީއެވެ. އެއިރުން އެނިމުނީ އެވެ. މިފަދަ ކަންކަން ކުރަން ޖެހޭނީ މިހެންނެވެ. މިހާރު ކުރަންވީއެވެ.