ޓެކްނޮލޮޖީ / ވިންޑޯޒް

މައިކްރޮސޮފްޓުން ވިންޑޯޒް ވިސްޓާ ހުއްޓާލައިފި

ވިންޑޯޒް ވިސްޓާއަށް ސަޕޯޓް ދިނުން އިއްޔެ މައިކްރޮސޮފްޓުން ހުއްޓާލައިފި އެވެ. ވިންޑޯޒް ވިސްޓާގެ އެންމެ ކުރިން ނެރުނު މޮޑިއުލްތަކަށް ސަޕޯޓްދިނުން އޭޕްރީލް 10، 2012 ގައި ހުއްޓާލާފައި ވި ނަމަވެސް، ބައެއް "ސާވިސް ޕެކް"ތަކަށް ޚިދުމަތްދޭ އެންމެ ފަހު ދުވަކީ އޭޕްރީލް 11 ކަމަށް މައިކްރޮސޮފްޓުން ކަނޑައަޅައި މީގެ ފަސް އަހަރު ކުރިން ވަނީ ތާވަލްކޮށްފަ އެވެ.

މުޅި ދުނިޔޭގައި ވިންޑޯޒް ބޭނުންކުރާ އާބާދީއަށް ބަލާއިރު، ވިސްޓާ މިހާރު ބޭނުންކުރަނީ 0.72 ޕަސެންޓް ކަމަށް "ނެޓްމާކެޓްޝެއާ"އިން ދައްކަ އެވެ. ވިންޑޯޒް ވިސްޓާއަށް ވުރެ "ވިންޑޯޒް އެކްސްޕީ" އަދި ވެސް މަޝްހޫރެވެ. ބޭނުންކުރާ މީހުން ވެސް ގިނަ އެވެ. ނެޓްމާކެޓްޝެއާ އިން ދައްކާ ގޮތުގައި، ވިންޑޯޒް ބޭނުންކުރާ އަބާދީގެ 7.44 ޕަސެންޓް އަދި ވެސް ވިންޑޯޒް އެކްސްޕީި ބޭނުންކުރެ އެވެ. ވިންޑޯޒް އެކްސްޕީ އަކީ ވިންޑޯޒް ވިސްޓާ އަށް ވުރެ މުސްކުޅި އަދަދެކެވެ.

ވިންޑޯޒް ވިސްޓާ މާކެޓަށް ނެރެފައި ވަނީ ޖެނުއަރީ 30، 2007 ގަ އެވެ. ވިސްޓާ އަށް އިންތިޒާރުކޮށްގެން އެއިރު ވަރަށް ގިނަ ބަޔަކު ތިއްބެވެ. ވިންޑޯޒް އެކްސްޕީ އަށް ވުރެ ފުރިހަމަވާނެ ކަމުގެ އުންމީދުގަ އެވެ. އެހެން ނަމަވެސް ވިސްޓާ ވެފައި ވަނީ މައިކްރޮސޮފްޓުން ދުވަހަކު ވެސް ނުއުފައްދާ ވަރުގެ އުނދަގޫ އެހައި ޖެއްސުން ބޮޑު އޮަޕަރޭޓިން ސިސްޓަމަކަށެވެ.

ވިންޑޯޒް ވިސްޓާ އަށް ބޭނުން ޖެހޭ ހާޑްވެއާ ވަރުގަދަވުމާއި މަތީ އަދަދަކަށް ރޭމް ބޭނުންކުރަން ޖެހުން ވެސް ވެފައި ވަނީ ވިސްޓާ އަށް މީހުން ބަލާލަން ވެސް ބޭނުން ނުވި ސަބަބަކަށެވެ.

މައިކްރޮސޮފްޓް ވިސްޓާގައި އަދަދުތައް ގިނަވުން ވެސް ބައްޔަކާ އެއްފަދަ ކުރެވުނެވެ. "ވިންޑޯޒް ވިސްޓާ: ސްޓާޓާ، ހޯމް ބޭސިކް، ހޯމް ޕްރީމިއަމް، ބިޒްނަސް، އެންޓާޕްރައިޒް އަދި އަލްޓިމޭޓް" އެވެ. މި އަދަދުތައް ތަފާތު އަގުތަކުގައި މައިކްރޮސޮފްޓުން ވިއްކިއިރު، އަދަދެއް އިޚްތިޔާރުކުރުން ވެސް ވީ ގަދަ ވޭނަކަށެވެ.

ވިންޑޯޒް ވިސްޓާ އާންމުކުރުމާ އެކު ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން މައިކްރޮސޮފްޓަށް ގޮތް ހުސްވި އެވެ. ފިސާރި ތެދެކެވެ. ވިންޑޯޒް 7 އުފައްދަން މައިކްރޮސޮފްޓަށް މަޖުބޫރުކުރުވީ ބޭނުންކުރާ މީހުން ވިސްޓާ އަށް ކުރި ފުރައްސާރަ އާއި ނަފުރަތެވެ.

މައިކްރޮސޮފްޓުން އަދި ވަރަށް މޮޅު ފީޗާއެއް ކަމަށް ދެކި ވިންޑޯޒް ވިސްޓާގައި ތައާރުފުކުރި "ޔޫޒާ އެކައުންޓް ކޮންޓްރޯލް"، (ޔޫއޭސީ) ވެގެން ދިޔައީ، އަރައިގަންނަ ރުޅީގައި ސްކްރީން ވީދާލަން ވެސް މެދުވެރިވި "މޮޅު"ކަމަކަށެވެ. އެ ފީޗާގެ ސަބަބުން މައުސްގައި އަތްލެވޭ ގޮތަކުން، ފިތާލެވޭ ފިތަކުން ވެސް "އެކަން ކުރީ ކާކު"ތޯ އަހަ އެވެ. ސީޑީ ރޮމް ހުޅުވާލިޔަސް އަދި އެޑްމިނިސްޓްރޭޓާ އަށް ލިބިދީފައި ހުރި ބާރެއް ބޭނުންކުރި ނަމަވެސް، އެކަން ކުރި މީހަކު ވިންޓާ އަށް އެނގެން ބޭނުންވެ އެވެ.

މިއަދު ހަގީގަތުގައި، މައިކްރޮސޮފްޓުން ވިންޑޯޒް ވިސްޓާ ހުއްޓާލާ ޚަބަރު ލިބުމުން އެތައް ބަޔަކު އުފާކުރާނެ އެވެ.

ވިންޑޯޒް ވިސްޓާއާ އެކު އިންޓަނެޓް އެކްސްޕްލޯރާ 9 ވެސް ވަޅުލެވި ދާނެ އެވެ. ވިސްޓާ އަށް ސެކިޔުރިޓީ އަޕްޑޭޓް ދިނުން ފަދަ މުއާމަލާތެއް މައިކްރޮސްފްޓުން ދެން ނުކުރާނެ އެވެ. ނަތީޖާއަކަށް ވާނީ އަލަށް އުފައްދާ ވައިރަސްތައް، ވިސްޓާ އަށް އަރައި ރޯގަޖެހުން އަވަސްވުމެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެހެ

12 April 2017

މައިކްރޯސޮފްޓް ތާރީހުގެ ތެރެއަށް ގޮސްނިމިގެން ދާނީކަމަށް ބެލެވެއެވެ.ދެން ރަސްކަންކުރާނީ އެޕަލް ގެ ސާމާނުތަކެވެ.

The name is already taken The name is available. Register?

ދަވޭ

12 April 2017

ވިންޑޯޒް ވިސްޓާ ހުއްޓާލަން ޖެހޭނެ ނޫންތޭ އެއީ މައިކްރޮސޮފްޓް އިން އިންޑިއާ ގެ ފަޑުއްކަ ސޮފްޓް ވެއަރ އިންޖިނިއަރުންނަށް އައުޓް ސޯސް ކޮށްގެން ހެދި އޮޕަރޭޓިންގް ސިސްޓަމް އެއް ވިއްޔާ އެއީ. ފުރަތަމަ ވިސްޓާ ލޯޑް ކޮށްލަން 60 ޖީބީގެ ހާރޑެއް ވެސް ކުޑަ ދޯ. ޖަޕާނު މީހުން ޓީވީ ރިމޯޓް ކުޑަ ކޮށް ހެދީމާ އިންޑިއާ މީހުން ހެދި ޓީވީ ރިމޯރޓް ގެއަށް ވައްދަން ޖެހުނީ ފޯރކް ލިފްޓެއް ގެނެސް ގެން ދޯ. މިވަރު މީހުން ލައްވާ މައިކްރޮސޮފްޓް ގައި ތިބި އިންޑިއަން އެމެރިކަނުންނަށް ކަޓް އަޅާ ގޮތަށް އަގު ހެޔޮ ކުރަން މައިކްރޮސޮފްޓް ގެ ބޮޑޭ ބިލް ގޭޓްސް ކުރި ކަމަކުން ވިންޑޯޒް ވިސްޓާ ފްލޮޕް ވީ. ހަގީގަތުގައި މިހާރު މައިކްރޮސޮފްޓް އިން ވިންޑޯޒް އޮޕަރޭޓިންގް ސިސްޓަމް ތަރައްގީ ކުރަން މާ ބޮޑު މަސައްކަތެއް ވެސް ނުކުރެއެވެ، ހަމަ ފައިސާ ގަނޑު މަތީގައި އެންޖޯއި ކުރަނީ އެވެ. އެތާ ސީއީއޯ އަކަށް ހުރި އިންޑިއާ ކަލޭގެ އަށް އަހަރަކު 200 މިލިއަން ޑޮލަރު ލިިބޭ އިރު އެސްއެންޕީ 500 އިން 1000 ޝެއާރ މަމެން ގަނެގެން މައިކްރޮސޮފްޓްގެ ޝެއާރ ކޮންމެ ދުވަހަކު ދުވާލަކު 18 ގަޑިއިރު ކޮމްޕިއުޓަރ ސްކްރީނަށް ބަލަހައްޓައިގެން އިނދެ ބައި އެެން ސެލް ކުރާ އިރު ވެސް މަހަކު ޕްރޮފިޓް ގެ ގޮތުގައި 2000 ޑޮލަރު ވެސް މޭކް ނުކުރެވެއެވެ. ޕަބްލިކް ލިސްޓެޑް ކޮމްޕެނީސް ތަކުން ސްޓޮކް އެކްސްޗޭންޖް ގައި ޝެއާރ ވިއްކައިގެން ހަގީގަތުގައި އާންމު ޝެއާރ ހޯލްޑަރުންނަށް މޮކޮސް ވެސް ނުލިބެއެވެ. އެކުންފުނި ތަކުގެ ބޮޑުން ފައިސާ ގަނޑު މަޅާލަނީ ބިޒްނެސް ކްލާހުގައި ދަތުރު ކޮށްގެން އަގު ބޮޑެތި ހޮލިޑޭސް ހަދާލައިގެން އަދި ނިއުޔޯރކްގެ 1000 އައިލެންޑްސް އިން ބޮޑެތި ވިލާސް ތައް ގަނެގެން.

The name is already taken The name is available. Register?

އާމިރު

12 April 2017

ހުއްޓާނުލިޔަސް ބޭނުންނުކުރީމަ ނިމުނީނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454