17 ޖޫން 2016 - 08:05
މަޝްހޫރު ލަވަކިއުންތެރިއެއްގެ އިތުރުން ރިހާނާ އަކީ ސްޓައިލް އަދި ބިއުޓީ އައިކޮން އެކެވެ. ޕޫމާ، މަނޮލޯ ބްލާނިކް އަދި ޑިއޯ ފަދަ ބޮޑެތި ބްރޭންޑްތަކާ އެކު ހެދުމާއި ބޫޓު ޑިޒައިން ކުރުމުގެ އިތުރުން އޭނާގެ އަމިއްލަ ސެންޓު ވެސް ނެރެފައިވެ އެވެ.
އޭނާ ގެންދަނީ 2010ގެ އިން ފެށިގެން ރިހާނާ ނެރެފައިވާ މަޝްހޫރު ސެންޓުތަކުގެ ތެރެއިން ރޯގް، ރިރި އަދި ރިބެލް ފްލާ ހިމެނެ އެވެ. "ކްރަޝް" އަކީ ފިނިފެންމާ، މެންޑަރިން، މަސްކް އަދި ބެރީޒް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސެންޓެކެވެ. މީގެ އިތުރުން ރިހާނާގެ މޭކަޕް ކަލެކްޝަން "ފެންޓީ ބިއުޓީ" އަންނަ އަހަރު ނެރޭނެކަމަށް ވެސްް ވަނީ އިއުލާނުކޮށްފަ އެވެ.
"ކްރަޝް" ގެ ފުޅި ހަދާފައި ވަނީ ރަން ކުލަ އާއި ފިޔާތޮށި ކުލަ ހިމެނޭ ގޮތަށް، ސާފު ބިއްލޫރީގެ ފުޅިއެއްގަ އެވެ. އޯގަސްްޓް މަހު ނެރެން ނިންމާފައިވާ ކްރަޝްގެ އަގު އުޅެނީ 20-60 ޑޮލަރާ ދެމެދުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy