ޝުޖާއު އުސްމާން "އަވަހާރަކޮށްލަން" އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަނީފް: އޭނާ ހައްޔަރު ކުރުމާ އެކު ސަރުކާރުގެ މަގާމުން ވަނީ ވަކިކޮށްފައި --ފޮޓޯ: ފޭސްބުކް
20 އެޕްރީލް 2017 - 13:17
ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ހަނީފް ބަންދުން ދޫކޮށްލައިފި ނަމަ މުޖްތަމައަށް ނުރައްކާ ވެދާނެ ކަމަށާއި އޭނާ ބަންދުގައި ބެހެއްޓީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ހަނީފް ހައްޔަރުކުރީ، ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން ރޭވުމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ހަނީފްގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކޯޓުން އިތުރުކޮށްފައިވާއިރު، ހަައި ކޯޓުން މިއަދު ތާއީދުކުރީ ހަނީފް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ފުރަތަމަ ނެރުނު އަމުރަށެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ހަނީފްގެ މައްޗަށް ތުހުމަތު ކުރަނީ އެ ކޯޓުގެ ފަނޑިޔާރަކަށް ނުރައްކާތެރި ހަމަލާއެއް ދިނުމަށް ރޭވުމުގެ ތުހުމަތު ކަމަށް ވާއިރު، އެއީ ކުށުގެ ޒާތުން ނުރައްކާތެރިކަން ބޮޑު ކުށެއް ކަމަށެވެ. އަދި ހަނީފާ ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކަށް ބަލާއިރު، އޭނާއާ މެދު ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި އެބަހުރި ކަަމަށް ވެސް ހުކުމްގައި ވެ އެވެ. ހަނީފްގެ ކުށުގެ ބާވަތަށް ބަލާއިރު އޭނާ ދޫކޮށްލައިފި ނަމަ މުޖްތަމައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.
އެހެންވެ، ހަނީފް ބަންދުކުރަން ފުރަތަމަ ނެރުނު އަމުރު ރަނގަޅު ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ވެ އެވެ. ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހަނީފް ހައްޔަރު ކުރުމާ އެކު، އެޑިއުކޭޝަން މިނިސްޓްރީގައި އޭނާ އަދާ ކުރަމުން ގެންދިޔަ މަގާމުން ވަނީ ވަކިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙެޔޮ އެދޭ ފަރާތެއް
20 April 2017
މީނާ ވެސް މީ ޔާމީން އަށްޓަކައި މަރުދިން މީހެއް. މެޑަމް ވަރު މީހެއް ނެތިގެން އުޅުނު މީހެއް. ވިސްނާލާ ދުނިޔޭގެ ކަންކަން ހިނގާ މަގު. ޢެކަމް މީނާ އެނގޭ މީހެއްގެ ހައިސިއްޔަތުން މީނާ މިކަހަލަ ކަމެއް ކުރާނޭ ބުނަން ދަތި. މާތްﷲ މީނާއަށް އިންާފުވެރި ޝަރީޢަތެއް ދެއްވާށި
ޕޮލިޓެކްނިކް
20 April 2017
ކޮން އިރަކުންތޯ ޕޮލިޓެކްނިކް އޮޑިޓް ކުރަނީ؟ ޕްރޮކިއުމަންޓާ ގުޅިގެން މީނާ ހިންގައިފަހުރި ޖަރީމާތައް ރަނގަޅަށް ބަލާނެކަމަށް އުންމީދުކުރަން... އެތާނގެ މުވައްޒަފުން ޕާޓީވެސް ބާއްވައިފި މީނާ ވަކިކޮށްގެން
ސސ
20 April 2017
ހައިކޯޓްގެ މަސްލަހަތު އޮތް މައްސަލައެއް ހައިކޯޓަށް ބެލިދާނެބާ؟
ކަބީ
20 April 2017
އެ ބުނީނު އެކޯޓުގެ ފަޑިޔާރެއް ވީމާ އެހެން ރައްޔިތަކަށް ހަމަލަ ދޭން އުޅުމަށް ވުރެ ނުރައްކާތެރި ކަމެކޭ . ހުރިހައި ރައްޔިތުން ހަމަހަމަ އުސޫލުގެ ދަށުން