ލިޓަސް އިން އަލަށް ޕްރޮމޯޝަންގެ ދަށުން ސީދާ ގޭދޮށަށް ސައިކަލް ގެންގޮސްދޭނެ. މިއީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ފެށި ޕްރޮމޯޝަނެެއް. ފޮޓޯ: ލިޓަސް
22 އެޕްރީލް 2017 - 18:19
ލިޓަސް އިން ސައިކަލް ގަންނަން ބޭނުންވާ ފަރާތްތަކަށް މިއީ މާ ފަސޭހަ ގޮތެކެވެ. ސައިކަލް ގަންނަ ފަރާތެއް ހުރި ތަނަކަށް ގޮސް ފޯމު ފުރައިދިނުމަށް ފަހު ސައިކަލް ވެސް ގެންގޮސްދޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިހާރު ވަނީ ފަށައިފަ އެވެ. މިއީ ލިޓަސް އިން ކަސްޓަމަރުންނަށް ދޭ ވަރަށް ފަސޭހަ ހިދުމަތެކެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލްގެ ވިޔަފާރިކުރާ ކުންފުނިން ބުނީ ރޯދަ މަހާ ދިމާކޮށް މި މަހުގެ 20ން އަންނަ މަހުގެ 25ގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ބޭނުމަކީ ކަސްޓަމަރުންނަށް ވީ އެންމެ ފަސޭހަ ގޮތެއްގައި ސައިކަލް ފޯރުކޮށްދިނުން ކަމަށެވެ. މި ހިދުމަތުގެ ސަބަބުން ރަށްރަށުގައި އުޅޭ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ލިޓަސް އިން ދެކެ އެވެ.
އަގު ބޮޑު އިނާމުތަކާއެކު ލިޓަސް އިން ފެށި ޕްރޮމޯޝަންގައި އެއްް ވަނަ އަށް އަންނަ ފަރާތަކަށް 25،000ރ. އަދި ދެ ވަނަ އަށް އަންނަ ފަރާތަކަށް އައިސް އަލަމާރިއެއް ތިން ވަނަ އަށް ހޮވޭ ފަރާތަކަށް ހަތަރު ތަނުން ކެކޭ ގޭސް އުނދުނެއް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.
އެ ޕްރޮމޯޝަނާ ދިމާކޮށް އެ ކުންފުނިން ވަނީ 39 ރަށެއްގައި 39 ރެޕްރެޒެންޓެޓިވުން ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން 12 އައުޓްލެޓް 11 ރަށެއްގައި ވެސް ހުޅުވާފައި ހުރެ އެވެ.
ލިޓަސް އިން ބުނީ ސައިކަލް ގަންނަ ފަރާތްތަކަށް ފޯމު ފުރައިދިނުމާއި ގޭދޮށަށް ސައިކަލް ގެންގޮސް ދިނުމުގެ ހިދުމަތް ރެޕްރެޒެންޓެޓިވުން މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
"މީގެ އެންމެ ބޮޑު ބޭނުުމަކީ ހާއްސަކޮށް ރޯދަމަހާ ދިމާކޮށް ސައިކަލް ގަންނަން ބޭނުންވާ ފަރާތްތަކަށް ތަކުލީފެއް ނެތި ފޯރުކޮށްދިނުން. އަދި ސައިކަލް ގަންނަން ބޭނުންވާ ފަރާތްތަކުން ވެސް މާލެ ދަތުރުނުކޮށް ސައިކަލް ލިބޭނެ ގޮތް ހަމަޖައްސައިދިނުން،" އެ ކުންފުނިން ބުންޏެވެ.
ލިޓަސް އިން ބުނީ އަތޮޅުތަކޭ އެއްގޮތަށް މާލެއިން ވެސް ސައިކަލް ގަންނަން ބޭނުންވާ ފަރާތްތަކަށް ގޭގެ ދޮށަށް ގޮސް ފޯމް ފުރައިދީ އަދި ސައިކަލް ވެސް ގެންގޮސްދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނޮނީމާ
23 April 2017
އިންސްޓޯލްމަންޓަށް އިންޖީނުލީ އުޅަނދު ދޫކުރުން ހުއްޓުވާށޭ، އަދި އެކި މުބާރާތްތަކާ ޕްރޮމޯޝަން ތަކުގަ އިނާމެއްގެ ގޮތުން ސައިކަލްދިނުން ހުއްޓުވާށޭ. ދުވާލަކު ދިހަ ބާރަ ސައިކަލު މަގުމައްޗަށް އަލަށް ނިކުންނަހާ ހިނދަކު ޕާކިން މައްސަލަ ހައްލެއް ނުކުރެވޭނެ. އުޅަނދު އިތުރުވާވަރަކަށް މަގެއް ފުޅަލެއްނުވޭ ވިއްޔަ. އެހެން ވާނަމަ މައްސަލަޔަކަށް ނުވީސް. ކޮންމެމީހަކަށް ހިތަށް އެރިވަރަކަށް އިންޖީނުލީ އުޅަނދު ގަނެވޭގޮތް އޮތްހާހިނދަކު މިކަމެއް ހައްލެއްނުވާނެ. ސަރުކާރޫ މިކަމާ ވިސްނަބަލަ.
މެންޓަލް ކޭސް
22 April 2017
މާލެ އަކީ ކޮލޮމްބޯ ސިޓީއަށް ވުރެވެސް ބޮޑު ތަނެެއް، މާލެ ބޮޑު ކަމުން ބައެއް ފަހަރު ޝީޝާ ހުންނަ ތަން ވެސް އޮޅޭ، އަހަރެން ސައިކަލް ގަތްއިރު އޮޅިގެން ޝީޝާ ކަމަށް ހީކޮށް ވަދެވުނީ އެސް.ޓީ.އޯ ވެހިކަލް ގަރާޖަށް، އެހެންވީމަ ލިޓަސް އިން ތި ކޮށްދެނީ ވަރަށް ރަނގަޅު ކަމެއް
އެކަމަކުވާ
22 April 2017
އެކަމަކުވާ! ސައިކަލަކާ ފެންފުޅިއަކާ ވިއްޔަ ތި އެއްވަރުކުރީ! ބަލަ ފެން ފުޅިއެއް ބޯން ލައިސަންސް ނަގަންޖެހޭ ހެއްޔެވެ؟ ފެންފުޅިއެއް ގަންނަންޏާ ފޯރމު ފުރަންޖެހޭ ހެއްޔެވެ؟ ފެންފުޅިއެއްގެ އަގަށް އެތަކެއްހާސް ދައްކަންޖެހޭ ހެއްޔެވެ؟ ފެންޕުޅި އަހަރުތަކެއް ވަންދެން ބޭނުންކުރެވޭ ހެއްޔެވެ؟ ފެންފުޅިއަކީ ހަރުމުދާގެ ގޮތުގައި ގުނޭ އެއްޗެއް ހެއްޔެވެ؟ ޢާއްމުންނަށް ފަސޭހަ ކުރުމަށްޓަކައި ވިޔަފާރިވެރިން ކުރާ ބުރަ އަދި އަގުހުރި މަސައްކަތްތަކަށް ހިތްވަރު ދޭށެވެ. ޙަސަދަވެރިވެ މަލާމާތް ކުރުމަކުން ލިބޭނެ މޮޅެއް ނޯންނާނެއެވެ.
ހަސަނު
22 April 2017
މާލެއަށް ނުކަތާވަރަށް ސައިކަލްގިނަ. ބޮޑު އުނދަގުލާ ހަމަ މާލޭގައި. ޕާކް ކުރާނެ ޖާގައެއްނެތް. ޓްރެފިކްތޮއްޖެހުން އެހާ ބޮޑު. ސައިކަލް މައްސަލަ ހައްލުކުރަން މާލޭގައި އެބަޖެހޭ. އެތެރެ ކުރުން ހުއްޓައިގެންވެސް.
ރީތިރަށް
23 April 2017
އަދިވެސް އަތޮޅުތެރޭން މީޙުންނަށް މާލެއަންނަން މަޖުބޫރުކުރޭ.. އޭރުން އަދި މާފަސޭހަވާނެ...
ހުސޭނު
23 April 2017
ބަލަ ކަލޭތީވެސް ރާއްޖޭގެ އެހެން ރަށަކަށް ނިސްބަތްވާ މީހެއްނުން. ސައިކަލް ހިފައިގެން ރަށަަށް ދޭބަލަ އޭރުން ޕާކުކުރާނެ ޖާގައާއި ދުއްވާނެ ތަން އޮންނާނެ..
އާދަނު
23 April 2017
ހުސޭނާ ބުނަން ވާހަކައެއް. ރާއްޖޭގެ އެންމެންގެ ނަމުގައި ލޯނޔ ނަގައިގެން މާލެ ތަރަށްގީ ނުކުރިނަމަ އަހަރުމެން މިތަނަކަށް ނާންނާނަން. މާލެ ތަރައްގީ ކޮށްފައި މިއޮތީ މާލޭ ރައްޔިތުންގެ މަސައްކަތަކުން ނޫން.
ބަލްކު އެންޑް ބަލަކް
22 April 2017
ހެޑިންގު ކިޔާލާއިރު މަހިތަށްއެރީ މުޅިން ހިލޭ ސައިކަލު ގޭދޮށަށް ގެނަސްދެނީކަމަށް. ގަތީމަ ފެންފުޅިވެސް ޑެލިވަކޮށްދޭވިއްޔަ. ދެން ކީއްވެ ސައިކަލެއް ނުގެނެސްދެވެންވީ.