އެސްޓީއޯ ސުޕަމާޓުން ފެށި ރޯދަ ޕްރޮމޯޝަން ފެށުމުގެ ގޮތުން ސީނިއާ ޖެނެރަލް މެނޭޖަރު އާޝާން ކޭކެއް ފަޅުއްވަނީ. ފޮޓޯ: އެސްޓީއޯ
23 އެޕްރީލް 2017 - 12:48
އެސްޓީއޯގެ މި އަހަރުގެ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން އެސްޓީއޯ ސުޕަމާޓުގައި މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން ޖުލައި އެކެއްގެ ނިޔަލަށް ކުރިއަށް ގެންދާ "ރަމަޟާން ބާޒާރު" ފައްޓަވައި ދެއްވީ އެސްޓީއޯ ސުޕަމާޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީނިއަ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން އެވެ.
އެސްޓީއޯ އިން ބުނީ ހާއްސަ ޑިސްކައުންޓްތަކެއް މި ޕްރޮމޯޝަންގައި ލިބޭނެ ކަމަށެވެ. އަދި އެސްޓީއޯ ސުޕަމާޓުން ކުރާ 300ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް ބުންޏެވެ. އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ މީހަކަށް އެއް އަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯ ސުޕަމާޓުން ވިޔަފާރި ކުރެވޭނެ ވައުޗަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ވެސް ހޮވާލެވޭ ނަސީބުވެރި ތިން މީހަކަށް އެސްޓީއޯ ސުޕަމާޓުން ވިޔަފާރިކުރެވޭނެ ވައުޗަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GAN Island
23 April 2017
ޕްރޮމޯޝަން ފައްޓާނެ ކަމެއްނެތް. ބާޒާރުގައި ހުރިއަގަކަށް އަހަރުމެން މުދާ ގަނެވޭތޯ ބަލާނަން. އެވަރު ނުވެއްޖެނަމަ އަހަރުމެން އެއެއްޗެއް ނުގަނެވާން އޮތްގޮތެއް ހޯދާނަން. . . . ތިޔަ ކުންފުންޏަކީ އަހަރުމެން ރައްޔިތުން ދެ ގޮތަކުން ހިއްސާވާ ޕަބްލިކް ކުންފުންޏެއް. ކުންފުނި ހިންގުމަށް އިސްކޮށްފައިތިބި ވެރިންނާއި އެންމެ އާދައިގެ މަސައްކަތު މީހާއަށް ދަންދެން ނަންގަވާ މުސާރަ އަކީ އަހަރުމެންގެ ފައިސާ. ނުވަތަ ކުންފުނީގެ ހިއްސާދާރުންގެ ފައިސާ އާއި ދައުލަތުގެ ހިއްސާގެ ތެރެއިން ނަގާ ފައިސާ. . . . އެހެން ކަމުން ތިޔަ ކުންފުނީގެ ތެރެއިން ކުރަމުންގެންދާ ވައްކަމާއި ކުންފުނީގެ ތިޖޫރީތައް ރައްކާތެރިކަމާއި އެކު ބަލަހައްޓާ ތިތަނުން ވައްކަން ހުއްޓުވޭނެ ގޮތެއް ހޯދާދީ.