ޚަބަރު / ރާއްޖެ-ޖަޕާން

ޖަޕާން ސަރުކާރުން ރާއްޖެ އަށް ސިއްހީ ސާމާނު ހަދިޔާކޮށްފި

ޖަޕާނުގެ އެހީ ހެލްތު މިނިސްޓަރު ނާޒިމް (ކ) އާ، ޖަޕާންގެ ސަފީރު ކަޒޫމީ ހަވާލުކޮށްދެއްވަނީ

24 އެޕްރީލް 2017 - 15:04

19 comments

ޖަޕާން ސަރުކާރުން ރާއްޖެ އަށް 9.3 މިލިއަން ރުފިޔާގެ ސިއްހީ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.

އެހީ ހަވާލުކުރަން ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ޖަޕާނުން ދިން ސާމާނު ބޭނުންކުރާނީ އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ކަމަށެވެ.

"މިތަކެތީގެ ބޮޑު ބައެއް މިހާރު ލިބިފައި ހުރީ. އަތޮޅު ތެރެއަށް ފޮނުވުމުގެ މަސައްކަތް މިދަނީ ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.

ޖަޕާން ސަރުކާރުގެ މި އެހީ ރާއްޖެއާ ހަވާލުކޮށްދެއްވީ ޖަޕާނުގެ ސަފީރު ކަޒޫމީ އެންޑޯ އެވެ.

ރާއްޖެ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޖަޕާނުން ދިން ސާމާނުގެ ތެރޭގައި މޮބައިލް އެކްސް ރޭ މެޝިނާއި މޮބައިލް ވެންޓިލޭޓަރާއި ޑެންޓަލް ދާއިރާއާ ގުޅޭ ބައެއް އެއްޗެހި ހިމެނެ އެވެ.

"ޖަޕާން ސަރުކާރުގެ ފަރާތުން މި ލިބޭ އެހީ އަޅުގަނޑުމެން ބޭނުންކުރަނީ އަތޮޅުތެރޭގެ ސިއްހީ ނިޒާމުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައި ހުރި ދާއިރާތައް ހަރުދަނާ ކުރުމަށް،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސާމާނާ އެކު ބައެއް ހޮސްޕިޓަލްތަކުގެ ހިދުމަތް އިތުރަށް ފުޅާވާނެ ކަމަށެވެ.

ޖަޕާން ސަރުކާރުން 2012 ގައި 7.7 މިލިއަން ރުފިޔާގެ ސިއްހީ ސާމާނު ރާއްޖެ އަށް ދިނެވެ. އަދި މި އަހަރުގެ ފަހު ކޮޅު ވެސް، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ޖަޕާނުން އެހީ ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

19 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 17%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދާ ދޮހުއްތު

25 April 2017

ކަޒޫބޭ ވަރައްރަނގަޅައް ގުނާފަ ހަމަތޯ ބަލާފަ ހަވާލުކުރައްޗޭ.؟؟

The name is already taken The name is available. Register?

GAN Island

24 April 2017

ތިހުރިހާ އެއްޗެއް އައިޖީއެމްއެޗް އަށް ވައްދާފަ އެތަނުން ނެރޭ ކުނިބުނި އަތޮޅު ތެރެއަށް ފޮނުވާލާ. އެއީ ކަލޭމެންކަންކުރާގޮތް.

The name is already taken The name is available. Register?

ނަދީމާ ޝަރީފް

24 April 2017

ކަލޭ ތިޔަ ސާމާނުގެ ބަދަލުގައި ކޭޝް އައް އެދުނު ނަމަ މާރަނގަޅު ވީސް.. ޗަމްޕާ އައް ބޮންޑު ނުވިއްކާ ކޮންމެވެސް އަދަދެއްގެ ބަޔަކަށް މިމަހުގެ މުސާރަ ދެވުނީސް ދެތްތޯ.؟؟؟

The name is already taken The name is available. Register?

ރާދަރ

24 April 2017

ޖަޕާން ސަރުކާރުން ރާއްޖެ އަށް ސިއްހީ ސާމާނު ހަދިޔާކުރުން އެއީ މަމެން ޕިންކީން ނަށް ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމެކެވެ. ޖަޕާނުން ރާއްޖެ އަށް އެހީއެއް ވެދޭ ޚަބަރުގެ އަޑު ނީވޭ ތާ ވަރަށް ގިނަ ދުވަސް ވެފައި މިއަދު މިއުފާވެރި ޚަބަރު އަޑު އިވިގެން ދިއުން އެއީ މަމެން އުފާ ކުރާނެ ކަމެކެވެ. މަމެން އެދެނީ މިހާރު ހިލޭ އެހީ އަށްވުރެން ބޮޑަށް ލޯން އެހީ އެވެ. ހިލޭ އެހީގައި ރިޒަރވޭޝަންސް ތައް ގިނަ ކަމުން މަމެން ބޭނުންވާ އެންމެ ހައި ކޮލިޓީ ގައި އެކަން ނުުކުރެވޭނެއެވެ. ދެން މަމެންނަށް ޖަޕާނު ބޮޑު ކޮންގޮލްމެރޭޓެޑް ބޭންކް އަކުން ބިލިއަނުން ލުއި ލޯން ތިން ޕަރސެންޓްގެ އިންޓަރެސްޓާއި އެކު ލިބޭނެ ކަމަށް މަމެން މިދެކެނީ. ޖަޕާން ޔޫއާރ ދަ ރާދަރ ތިންގް ފޯރ އަސް އެން ރާދަރ ތިންގް ވިލް ނެވަރ ޑައި..

The name is already taken The name is available. Register?

ޓޫވެލް

24 April 2017

ޖަޕާން ސަރުކާރުން ރާއްޖެ އަށް ސިއްހީ ސާމާނު ހަދިޔާކޮށްފި އެވެ. މާ ބޮޑަށް ރަނގަޅެވެ. ޖަޕާން އަކީ އެއީ މާލޭ ޕޯސްޓަލް ބިލްޑިންގް އަޅާ ދިން ގައުމަކީ ވެސް. މާ ބޮޑަށް ރަނގަޅެވެ. ޖަޕާނަކީ އެއީ މާލޭގެ ވަށައިގެން ތޮށި ލާދިން ގައުމަކީ. މާ ބޮޑަށް ރަނގަޅެވެ. ޖަޕާނަކީ އެއީ ސޯޝަލް ސެންޓަރު އަޅާ ދިން ގައުމަކީ. މާ ބޮޑަށް ރަނގަޅެވެ. މަމެން އެދެނީ ޖަޕާނުން މަމެން ޕިންކީންގެ ވެރިކަމުގައި މިހާރަށް ވުރެން ބޮޑަށް މިހާރަށް ވުރެން ގާތް ކޮށް މަަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރާއި އެކު މަސައްކަތް ކޮށްގެން މަމެންނަށް މާލެ ސަރަހައްދުގައި 2 ކޮޓަރީގެ 2 ލައްކަ ލަގްޒަރީ އެޕާރޓްމަންޓްސް އެޅުމަށް ޓަކައި 2 ބިލިއަން ޑޮލަރުގެ ލުއި ލޯން ޖަޕާން ބޭންކް އަކުން ހަމަޖައްސާދީ އަދި ޖަޕާނު ކޮންޓްރެކްޓަރުންނާއި އެމްޓީސީސީ އާއި ގުޅިގެން މިފަދަ ޕްރޮޖެކްޓް އެއް ވަރަށް އަވަހަށް ފަށާ ދެއްވާނެ ކަމަށެވެ. މާ ބޮޑަށް ރަނގަޅެވެ. އެއިރުން އާޚިރުގައި އޭގެ އާފްޓަރ މާރތް އޮފް ލޯން ގައި އޭގެ ބޮޑު ފައިދާ އެއް ކުރާނީ ޖަޕާން އަށެވެ. މާ ބޮޑަށް ރަނގަޅެވެ. މާލެ ސަރަހައްދުގެ ރިއަލް އެސްޓޭޓަށް ކުރާ އިންވެސްޓްމެންޓް އެއީ ތެޔޮ ވަޅު ހޯދުން ފަދަ ކަމެކެވެ. މާ ބޮޑަށް ރަނގަޅެވެ. މާ ބޮޑަށް ރަނގަޅެވެ. ޖަޕާން މާ ބޮޑަށް ރަނގަޅެވެ. އައި ރިމެމްބަރ ދިސް ގްރާންޓް އެއިޑް އޯލް ޓޫވެލް އޯލް އޯލް އޯލް ޓޫވެލް.. ޓޫވެލް..

The name is already taken The name is available. Register?

ރެޑްބުލް

24 April 2017

އޯޔާ ބްރޯ!

The name is already taken The name is available. Register?

އަލްކަމިސްޓް

24 April 2017

ކަލޭ ވެއްޖެއެއްނު ލިބޭ މިންވަރަށް ޝުކުރު ކުރަން ދަސްކުރަން. އެހީ އެއް ދީފިއްޔާ އެވާނީ އެހީއެއް ދިންކަމަށް. އެ ވަރިހަމަ ކާއްޓެއް ދިނަސް.

The name is already taken The name is available. Register?

މަހަށްދޭބަލަ

24 April 2017

ނުޖެހޭނެ އަދި ލިބޭ މިންވަރަށް ޝުކުރު ކުރަން ތަމެން ބުނި ނަމަވެސް. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު އިނގޭ. ތަމެން ކަނޑާލާ ލަންކާ އަށް. ޖަޕާނު ދޭނެއޭ މަމެން ބުނާ ވަރަށް މަމެންނަށް ފައިސާ އާއި ބޭސް ވެސް. ތަމެންގެ ވެރިކަމުގައި ފަޑުއްކަ އިންޑިއާ އިން ދިނީ ކޯއްޗެއްތޭ. މޮކޮސް ވެސް ނުދޭދޯ. މަހަށް ދޭ ބަލަ ދެން. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

The name is already taken The name is available. Register?

ޖަޕާން

24 April 2017

ކޮރަޕްޓް ގައުމަކަށް އެހީވާނީ މަދުމަދުން. ސާމާނުކޮޅުވެސް ވިއްކާލަފާނެ ކަން އެމީހުނަށް އެގޭ..

The name is already taken The name is available. Register?

ހަނޑޫހޮވާ

24 April 2017

ކޮން ކޮރަޕްޓް ގައުމެކޭ ކިޔަންތޭ. ތަމެން ރަނޑު އަނގަ ނުތަޅާ ބަދިގެ އަށް ވަދެ ހަނޑޫ ހޮވާބަލަ. ހަނޑޫ ހޮވާދޯ.

The name is already taken The name is available. Register?

ޑޯން

24 April 2017

ސާމާނުދީ ފައިސާ ނުދޭތި ސާމާނު ގަންނަން

The name is already taken The name is available. Register?

އައިސީ

24 April 2017

އެ ކީއްވެ ފައިސާ ނުދޭންވީ. ފައިސާ ވެސް ދޭންވީ ހަމަ. ޖަޕާނު ގެނޭ 1 ބިލިއަން ޑޮލަރު މަމެން މާލެ ސަރަހައްދުގައި 1 ލައްކަ ލަގްޒަރީ ހައުސިންގް ޔުނިޓްސް އަޅަން. ދޭންވީއޭ ދޭންވީއޭ. ކީކޭ. އެޕްލައި ކުރާށޭ. އޯކޭ މަމެން ކުރާނަން އިނގޭ ޖަޕާނު ކުދިންނޭ. ޖަޕާނު ކުދިން ހާދަ ރަނގަޅޭ ދޯ. އެމެންގެ ފަނާކުރަނިވި 3 އަހަރުގެ ވެރިކަމުގައި ޖަޕާނު ކުދިން އެހީ ނުވީ ކިއެއްވެތޭ އަޅެ ބުނެދީފާނަންތޭ. އެމެން ކޮރަޕްޓް ކަމުންނޭ. އައިސީ އައިސީ އައިސީ..

The name is already taken The name is available. Register?

ޑޯންޓްބީ

24 April 2017

ޖަޕާނު ފަދަ ގައުމު ތައް ރާއްޖެ އަށް ބޭނުންވަނީ ޑިޕްލޮމެޓިކް ގޮތުން ވަރުގަދަ ގުޅުން ގާއިމް ކުރަން. އިންޑިއާ އެމްބަސީ އަޅަން މާލޭގެ ސޯސަން މަގުން އެމެންނަށް ދިން ބިން އެމެން އަތުން ނެގުމަށް ފަހު ޖަޕާނު ސަރުކާރުގެ ހިލޭ އެހީ ނުވަތަ ލޯން އެހީގެ ދަށުން ޕޮލިޓެނިކްގެ ކޮންމެވެސް އެއް ފެކަލްޓީ އެއް އަޅަންވީ 25 ބުރިއަށް ދޯ. ދެން ޖަޕާން އަދި ޗައިނާ އަދި ސައުދީ ފަދަ ގައުމު ތަކުގެ އެމްބަސީ އެޅުމަށް ޓަކައި އެމެންނަށް ހުޅުމާލޭން 10 ހާސް އަކަފޫޓްގެ ބިން ކުއްޔަށް ދޭންވީ 100 އަހަރު ދުވަހުގެ މުއްދަތަށް. އެއިރަށް އެތަން ހެދިދާނެ ނޫންތޭ ޑިޕްލޮމެޓިކް ޕާރކް އަށް. ޖަޕާން އަދި ޗައިނާ އަދި ސައުދީ ފަދަ ރާއްޖޭގެ ދާޚިލީ ކަންކަމާއި ނުބެހޭ ގައުމު ތަކާއި އެކު ގުޅުން ރަނގަޅު ކުރަންވީ މަމެންގެ ބިއުޓިފުލް ސަރުކާރުން ދޯ. ޖަޕާން ހިއަރ ވީ އާރ އެގެއިން އޮން ދަ ޑާންސް ފްލޯރ. ޑޯންޓް ބީ ސޯ ފާރ އަވޭ ފްރޮމް އަސް. ޔޫއާރ ސޯފާރ އަވޭ ފްރޮމް އަސް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454