ދުނިޔެ / މުމްބާއީ

އެންމެ ބަރު މީހާގެ އާއިލާ އިން ބުނަނީ އޭނާ ނުހިކޭ ކަމަށް

މުމްބާއީގެ ސައިފީ ހޮސްޕިޓަލުގައި ފަރުވާ ދޭ މިސްރުގެ އީމާން އަދި އޭނާގެ ކޮއްކޮ.

މުމްބާއީ (އެޕްރީލް 25) - ދުނިޔޭގެ އެންމެ ބަރު މީހާ މިސްރުގެ އީމާން އަހުމަދުގެ ބަރުދަން ލުއި ކުރުމަށް އިންޑިއާގައި ދޭ ފަރުވާ ކާމިޔާބުވެ އޭނާގެ ބަރުދަނުގައި ހުރި 500 ކިލޯގެ ތެރޭން ދެބައިކުޅަ އެއްބައި ލުއިވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އާއިލާ އިން ބުނަނީ އެއީ ދޮގެއް ކަމަށެވެ.

އީމާންގެ އަންހެން ކޮއްކޮ ވީޑިއޯ މެސެޖެއް މެދުވެރިކޮށް ބުނީ އީމާނަށް ފަރުވާ ދޭ މުމްބާއީގެ ހޮސްޕިޓަލުންނާއި ޑޮކްޓަރުން އާއްމުންނަށް ވަރަށް ބޮޑަށް އޮޅުވާލާ ދޮގު ހަދަމުންދާ ކަމަށެވެ. ކޮއްކޮ ތުހުމަތު ކުރި ގޮތުގައި ޑޮކްޓަރުން މިހާރު އުޅެނީ އީމާނަށް ރަނަގަޅަށް ފަރުވާ ނުދީ މިސްރަށް ފޮނުވާލަން ކަމަށެވެ.

"އެ މީހުން ދައްކަނީ މުޅިން ވެސް ދޮގު ވާހަކަތައް. އެ މީހުން އެ ބުނި ބަސްތަކަށް މާތްﷲ އެ މީހުންނަށް މައާފް ދެއްވާށި. މި ތަނުން އީމާން ސަލާމަތުން ނެރެވޭތޯ ދުއާކުރަން،" އީމާންގެ 32 އަހަރުގެ ކޮއްކޮ ބުނެފައިވެ އެވެ.

އީމާން، 36، އަށް ފަރުވާ ދެނީ މުމްބާއީގެ ސައިފީ ހޮސްޕިޓަލުގަ އެވެ. އޭނާ އަށް ފަރުވާ ދެނީ މަޝްހޫރު ބެރިއޭޓްރިކް ސާޖަން މުއްފަޒަލް ލަކްދަވާލާ އެވެ. އީމާންގެ ޖީން ޓެސްޓް ހަދާފައި ވަނީ އެމެރިކާގަ އެވެ.

އީމާންގެ އާއިލާ އިން ކުރާ ތުހުމަތުތައް އޭނާ އަށް ފަރުވާ ދޭ ޑޮކްޓަރު ވަނީ ދޮގުކޮށްފަ އެވެ.

"އީމާންގެ ބަރުދަން ވަނީ ވަރަށް ބޮޑަށް ލުއިވެފައި. އޭނާ އަމިއްލަ އަށް ގޮނޑިއެއްގައި އިށީނދެވޭނެ ކަމަށް އަޅުގަނޑު ބުނި ބުނުމުން ވާނީ ފުރިހަމަކޮށްދީފައި. އީމާން އަށް މިހާރު ދިމާވަނީ ނިއުރޯލޮޖިކަލް މައްސަލަތަކެއް. އީމާންގެ ކޮއްކޮ އާއްމު ކުރި ވީޑިއޯއާ ގުޅިގެން އޭނާ މިސްރުން މުމްބާއީ އަށް ގެންނަން އެހީވި މީހުން ވެސް މިހާރު ތިބީ ލަދުން،" އީމާން އަށް ފަރުވާދޭ ޑރ. ލަކްދަވާލާ ވިދާޅުވި އެވެ.

މުމްބާއީގައި ފަރުވާ މިސްރުގެ އީމާން.

މި މަހު 14 ވަނަ ދުވަހު މޯބައިލް ފޯނަކުން ނަގާފައިވާ ކަމަށް ބެލެވޭ ވީޑިއޯގައި އީމާންގެ ކޮއްކޮ "ޝިމާ" ބުނަނީ ހޮސްޕިޓަލަށް ގެނައި ފަހުން އީމާނަށް ދެ ފަހަރަކު ތުރޮމްބޯސިސް ޖެހިފައިވާ ކަމަށާއި އެ ހޮސްޕިޓަލުގައި އެކަމަށް ފަރުވާ ދެވެން ނުހުންނަ ކަމަށެވެ. އަދި އީމާނަށް ފަރުވާ ދޭ ޑޮކްޓަރުން ބަލި މީހާ އަށް ބެލުމެއް ނެތި މީޑިއާގައި ދޮގު ހަދަމުންދާ ކަމަށް ވެސް ޝިމާ ބުނެފައިވެ އެވެ.

"އިމާންގެ ބަރުދަނުން 240 ނުވަތަ 260 ކިލޯ ލުޔެއް ނުވޭ. އޭނާ އޮތީ ވަރަށް ނާޒުކް ހާލަތެއްގައި. އޭނާގެ މޫނާއި އަތް ވަނީ ނޫފައިގެންފައި. މިއީ ރަނގަޅު ބައެއް ނޫން. ދޮގުވެރިންތަކެއް. ޑރ. ލަކްދަވާލާ ވަނީ އަހަރެމެންނަށް އޮޅުވާލާ، މަކަރު ހަދާފައި،" އީމާން އޮތް ކޮޓަރީގެ ތަންތަން ދައްކާލަމުން ޝިމާ ބުނެފައިވެ އެވެ.

ސިއްހީ ދާއިރާގައި ޑރ. ލަކްދަވާލާ ކުރައްވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާ އަށް މި މަހު 13 ވަނަ ދުވަހު ވަނީ "މޭން އޮފް ދި އިޔާގެ" އެވޯޑް ދީފަ އެވެ. އެވޯޑާ ހަވާލުވުމަށް ފަހު ޑރ. ލަކްދަވާލާ ވަނީ އީމާންގެ ބަރުދަނުން 242 ކިލޯ ލުއިވިކަން އިއުލާން ކުރައްވައިފަ އެވެ.

ފަރުވާ ދިނުމަށް އިމާން މުމްބާއީ އަށް ގެންދިޔައީ ފެބްރުއަރީ 11 ވަނަ ދުވަހު އެވެ. ދިޔާ ތަކެތި ދިނުމާއި ފިޒިއޮތެރަޕީ ހައްދައިގެން އޭނާގެ ބަރުދަނުން މަސް ދުވަސްތެރޭ ވަނީ 100 ކިލޯ ލުއިކޮށްފަ އެވެ. މާޗް 7 ވަނަ ދުވަހު ވަނީ ލެޕަރޮސްކޯޕިކް ސްލީވް ގެސްޓްރެކްޓޮމީ ސާޖަރީއެއް ހަދައިފަ އެވެ. މާޗް 29 ވަނަ ދުވަހު އީމާންގެ ބަރުދަން ހުރީ 340 ކިލޯގަ އެވެ. ތޭރަ ދުވަސް ތެރޭ އީމާންގެ ބަރުދަނުން 98 ކިލޯ ލުއިވިކަން ޑޮކްޓަރު އިއުލާން ކުރެއްވުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ. ބެރިއޭޓިކް ސާޖަރީ އަށް ފަހު ކުރިއަށް އޮތް ދެކޮޅު އަހަރެއްހާ ދުވަހު ތެރޭ އީމާންގެ ބަރުދަން 150 ކިލޯ އަށް ދަށް ކުރެވޭނެ ކަމަށް ޑޮކްޓަރުންގެ ޓީމުން ބުނެފައިވެ އެވެ.

އީމާންގެ ބަރުދަން ލުއިވާން ފެށުމުން އޭނާގެ ހިތާއި ކިޑްނީ އަދި ފުއްޕާ މެ އާއި ފްލުއިޑް ލެވެލް މިހާރު ވަނީ ކޮންޓްރޯލް ލެވެލްއެއްގައި ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެކަމަކު މީގެ ތިން އަހަރު ކުރިން ޖެހުނު ސްޓްރޯކެއްގެ ސަބަބުން އީމާންގެ ކަނާތް ފަރާތް ވަނީ ޕެރަލައިޒްވެފަ އެވެ.

އީމާންގެ އާއިލާ އިން ބުނީ އޭނާ ވިހޭއިރު ވެސް ބަރުދަނުގައި 5 ކިލޯ ހުރި ކަމަށެވެ. އަދި އުމުރުން 11 އަހަރުން ފެށިގެން އޭނާގެ ބަރުދަން އާދަޔާޚިލާފަށް އަވަހަށް އިތުރުވަމުން ދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާ ގެއިން ނުނިކުންނަތާ ވެސް 25 އަހަރުވެއްޖެ އެވެ.

2 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 92%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަރުދަން

25 April 2017

ވިހޭއިރު ވެސް ބަރުދަނުގައި 5 ކިލޯ ހުރުމަކީ އެހާ ހައިރާން ވާންވީ ކަމެއްނޫން. އަހަރެންގެ ފުރަތަމަ ދަރިފުޅުގެ ވިހޭއިރު ބަރުދަނުގަ 5.4 ކިލޯ ހުރި،،،،، ދެވަނަ ކުއްޖާހެ ހުރި 5.2 ކިލޯ މާތްﷲ ރަޙުމަތްފުޅުން 2 ކުދިނވެސް ހާލު ރަނގަލު..

The name is already taken The name is available. Register?

އަސްލުތަ

25 April 2017

ތީ ދިވެހިންތޯ؟ ތި ދެކުދިން ހޮސްޕިޓަލަކަށް ނުގޮސް ގޭގައިތޯ؟ ރާއްޖޭގައި ތިހާބަރުދަން ހުރި ކުދިން ވިހޭއަޑު އަދި މިއެހީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454