ބާސެލޯނާގެ ފޯވަޑް ނޭމާ. އޭއެފްޕީ ފޮޓޯ
17 މެއި 2016 - 22:10
އަންނަ މަހު އެމެރިކާގައި ފަށާ ކޮޕާ އެމެރިކާ އަށް ވުރެ އޯގަސްޓް މަހު އޮލިމްޕިކް ގޯލްޑް، ބްރެޒިލް އަށް ހޯދައި ދިނުމުގެ ފުރުސަތު މާ މުހިންމު ކަމަށް ނޭމާ ބުނެފި އެވެ.
ބްރެޒިލްގައި އޮންނަ އޮލިމްޕިކްސް ގައި ބްރެޒިލް ޓީމަށް ކުޅުމަށް، ކޮޕާ އެމެރިކާގައި ނުކުޅެން ނިންމާފައިވާ ބާސެލޯނާގެ ތަރި ބުނި ގޮތުގައި، އޮލިމްޕިކް މެޑަލް އަމިއްލަ ގައުމަށް ހޯދައިދޭން އޭނާ އަށް ވުރެ ބޮޑަށް ބޭނުންވާ މީހަކު ނުހުންނާ ކަމަށެެވެ.
އަދި ކޮޕާ އެމެރިކާގައި ބްރެޒިލް ތަމްސީލު ކުރުމުގެ ފުރުސަތު ނަގާލަން ޖެހުމަކީ އޭނާ އެއްވެސް މާޔޫސް ކަމެއް ނެތް ނިންމުމެއް ކަމުގައި ނޭމާ ބުންޏެވެ.
"އަހަރެން މާޔޫސް ނުވަނީ، އަހަންނަށް އަދި ބްރެޒިލަށް ނުލިބޭ ޝަރަފެއް ހޯދައިދެވޭނެ މުބާރާތެއްގައި ކުޅެވޭނެ ފުރުސަތު ލިބޭތީ،" ނޭމާ ބުންޏެވެ.
"މިހެން ބުންޏަސް ދެ މުބާރާތުގައި ވެސް ކުޅެން އަހަރެން ބޭނުންވި. އެކަމަކު އަހަރެންގެ ކްލަބުގެ ނިންމުމަށް އަހަރެން އިހުތިރާމް ކުރަން،" މި ސީޒަނުގައި 24 ލަޑު ޖަހައިދީގެން ޖެހިޖެހިގެން ދެ ވަނަ އަހަރު ސްޕެނިޝް ލީގު ކާމިޔާބު ކުރުމުގައި ބާސެލޯނާއަށް މުހިންމު ދައުރެއް އަދާކޮށްދިން ނޭމާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވާސް
13 September 2018
ނެއިމަރ ޢެބުނީ ތެދު ވާހަކައެށް