މިއަދުގެ އަޑުއެހުމަށް ފަހު ގާސިމް ކޯޓުން ނެރެގެން ގެންދަނީ: އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ބާއްވާނެ:--މިހާރު ފޮޓޯ/ނިޝާން އަލީ
27 އެޕްރީލް 2017 - 13:50
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދެއްކެވީ ސިޔާސީ ފިކުރަށް ތާއީދު ހޯއްދަވަން ކަމަށާއި އެއީ ކުށެއް ނޫން ކަމަށް ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމަށް ދައުވާކުރަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އެވެ. އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކަތަކާ ގުޅިގެން އެ މައްސަލާގައި ތިން ދައުވާއެއް ގާސިމްގެ މައްޗަށް ވަނީ އުފުލައިފަ އެވެ.
ގާސިމްގެ ވަކީލް ހިސާން ހުސައިން ވިދާޅުވީ ސިޔާސީ ފިކުރުތަކަށް ތާއީދު ހޯދަން އެކި ވައުދުތައް ވުމަކީ ރާއްޖޭގައި އާންމުކޮށް ކުރަމުންދާ ކަމެއް ކަމަށާއި "ބެޔަސް ނުބެޔަސް" އާއި "ހުސްނުވާ އާސަންދަ" ފަދަ ވާހަކަތަކަކީ ވެސް އޭގެ މިސާލެއް ކަމަށެވެ. އެއީ ކުށެއް ނޫން ކަމަށާއި އެކަން ކުށެއް ކަމަށް ބަލާ ނަމަ ރާއްޖޭގައި އެއްވެސް ސިޔާސީ ފިކުރަކަށް ތާއީދު ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން އޭނާ ވިދާޅުވި އެވެ.
ގާސިމް ދެއްކެވި ވާހަކަތަކަކީ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން ދެއްކި ވާހަކައެއް ކަމަށާއި ފިކުރަށް ތާއީދު ހޯދުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގާނޫނު އަސާސީން ވެސް ކަށަވަރުކޮށްދޭ ހައްގެއް ކަމަށް ހިސާން ވިދާޅުވި އެވެ. މަޖިލީހުގެ މެމްބަރުން ވަކި ގޮތަކަށް ވޯޓު ލުން މަޖުބޫރު ނުވާއިރު ވަކި ގޮތަކަށް ވޯޓު ދޭން މެމްބަރުންގެ ކިބައިން އެދުމަކީ ނުފޫޒު ފޯރުވުން ކަމަށް ބެލެނީ ކިހިނެއް ކަމާ މެދު ހިސާން ސުވާލު އުފެއްދެވި އެވެ.
ގާސިމްގެ ވާހަކަފުޅުގައި ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުންނަށް އަލުން އިންތިޚާބުގައި ވާދަކުރަން ޓިކެޓް ދޭ ވާހަކަ ކަމަށާއި ޓިކެޓް ދިނުމަކީ ކުށެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ. މެމްބަރުންނަށް ރިޝްވަތު ދޭން ގާސިމް އުޅުއްވި ކަމަށް ދައުވާގައި ބުނާއިރު ގާސިމް ރިޝްވަތު ހުށަހެޅީ ކާކަށް ކަން ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވި ގޮތުގައި ގާސިމް ދެއްކެވި ވާހަކަތަކަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ދެއްކެވި ވާހަކަތަކެކެވެ. އެހެންވެ، އެކަމާ ގުޅިގެން ދައުވާކުރާ ނަމަ ކުރަންޖެހޭނީ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކަމަށާއި ސަބަބަކީ ޚިޔާލުފާޅު ކުރުން ހަނިކުރާ ގާނޫނަކީ އެއީ ކަމަށްވާތީ ކަމަށް ހިސާން ވިދާޅުވި އެވެ.
ގާސިމް ކޯޓުން ނެރެނީ:-މިހާރު ފޮޓޯ/ނިޝާން އަލީ
ގާސިމްގެ ވަކީލުން ޓީމުން ވަނީ ގާސިމް ޖަލްސާގައި ދެއްކެވި ވާހަކަތަކުގެ އޯޑިއޯ އެނަލިސިސް ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ވަކީލުން ބުނިގޮޮތުގައި އެ ރިޕޯޓް ހެދީ ގާސިމް ހަނު ހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފައި ވަނިކޮށް ކޯޓު އަމުރެއް ދައްކައި، އެއާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށެވެ. ކޯޓު އަމުރެއް އޮތަސް އަސާސީ ހައްގެއް ހަނި ކުރެވޭނީ ގާނޫނަކުން ކަމަށާއި އެފަދަ ގާނޫނެއް ނެތް ކަމަށް ވަކީލުން ބުންޏެވެ.
އެ ރިޕޯޓް ހެދީ ކޯޓުގެ އަމުރެއްގެ ދަށުން ކަމަށްވާތީ އޭގެ ސައްހަކަމާ މެދު އިތުރަށް ވާހަކަ ނުދައްކަވަން ފަނޑިޔާރުން އެންގެވި އެވެ. ކޯޓު އަމުރެއްގެ ދަށުން ކުރިކަމަކާ ގުޅޭގޮތުން އެ ކޯޓުގައި އިތުރަށް ވާހަކަ ނުދެއްކޭނެ ކަމަށާއި އެ އަމުރާ މެދު ހިތްހަމަ ނުޖެހޭ ނަމަ އިސްތިއުނާފް ކޯޓެއްގައި އެ ވާހަކަ ދައްކަން ފަނޑިޔާރުން އެންގެވި އެވެ.
ގާސިމްގެ ވަކީލުން ފާހަގަކުރި ކަންކަމާ ގުޅިގެން ޖަވާބުދާރީވުމަށް ދެން އޮންނަ އަޑުއެހުމަކަށް ދައުލަތަށް ވަނީ ފުރުސަތު ދީފަ އެވެ.
އަޑުއެހުން ނިންމާލުމުގެ ކުރިން ފަނޑިޔާރުންގެ ބެންޗުން ގާސިމްގެ ވަކީލުންނަށް އެންގެވީ މެމްބަރުންނަށް ޓިކެޓް ދިނުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ނިންމާފައިވާ ނިންމުމުގެ ކޮޕީއެއް ހުށަހަޅަން އަންގަވައިފަ އެވެ. ގާސިމް ދެއްކެވި ފަދަ ވާހަކަތައް އެހެން ސިޔާސީ ފަރާތްތަކުން ވެސް ދައްކާފައިވާ ކަމަށް ވަކީލުން ބުނާތީ އެކަމުގެ ހެއްކާއި އެހެން ގައުމުތަކުގައި އެފަދަ ވާހަކަތަކަކީ ހުއްދަ ވާހަކަތަކެއް ކަމަށް އޮންނަ ނަމަ އެކަމުގެ ހެކި ވެސް ހުށަހަޅަން ފަނޑިޔާރުން އެންގެވި އެވެ.
އިސްގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފް ބައްލަވާ އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާގައި ބާއްވާނެ ކަން އިއުލާން ކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޚްލާސް
27 April 2017
އެކަމަކު ތިޔަ ބޭފުޅުން ދައްކަވަނީ ސަރުކާރުން މެމްބަރުންނަށް ބިރުދައްކައިގެން ވަކި ގޮތަކަށް ވޯޓުލައްވާ ވާހަކަ، ހިސާން ތިޔަ ވިދާޅުވަނީ ޤާސިމް ކޮންމެ ގޮތަކަށް ވޯޓުލާން ބުންޔަސް މެމްބަރުން ބޭނުންވާ ގޮތަށް ވޯޓުލާނެއޭވެސް އެމީހުންނަށް މަޖްބޫރު ކޮށްގެން ވޯޯޓެއް ނުލެވޭނެއޭވެސް
ޓިކެޓް
27 April 2017
އެކަހަލަ ޓިކެޓެއްގެ އަގަކީ ކޮބާ؟ ގައިމު 2ރފ އަށް ނުވިއްކާނެ އެޒާތުގެ ޓިކެޓެއް.
ކެޔޮޅު
27 April 2017
މިއޭ މަވެސް މިބުނާ ވާހަކަ އަކީ. ކިހިނެއްތަ ކެމްޕެއިން ކުރުމާއި ސިޔާސީ ކަންކަމުގަ އެއްޕާޓީ އަށް ވުރެ އަނެއްޕާޓީ މޮޅަށް ކަންތައް ކޮށްދޭނަމޭ ބުނީމަ ރިޝްވަތައްވަނީ؟ ޢާޒީ އެކަހަލަ ކަންކަމަށް ހެކިހޯދަން ތި ވިދާޅުވަނީ އަޅެ ތިބޭފުޅާ ތިހުންނެވީ ހަމަހޭގަތޯ؟ ހަބަރު އެޅުވިޔަސް ތިބުނާ ރިޝްވަތުދޭ މަންޒަރު ފެންނާނެ. އަޅުގަނޑު މެންގެ ވެރިކަމުގެ މިވެނި ކަމެއް އެވެނި ކަމެއް ކުރާނަމޭ ގޮވާނެ 24/7.
ޕިސް
27 April 2017
މިއޮތީވާ ސަރުކާރެއް
ބަސް
27 April 2017
ސަރުކާޜަށް ސަނާނުކިޔާނަމަ ކޮންމެ ވާހަަކައެް ދެއްކިނަމަވެސް އެއީ ކުށެއް އހެންވީމަ ގާސިމެއްކަމަކު ކުންވެރިވާންނޫންތެ
ކުޑަދޫއަހްމަދު
27 April 2017
ސިޔާސީ ލީޑަރުންގެ މަސައްކަތަކީ ތާއިދު ހޯދުން! ތަބީއީ ގޮތުން ތާއިދު ލިބޭނީ އެއްބަޔަކަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭ ބަޔަކަށް! ވީއިރު ޖޭޕީގެ ލީޑަރު ދެއްކި ވާހަކައަކީ ރިސްވަތުގެ ވާހަކައޭ ކިޔާފައި މިހާރު އެލިބެނީ ހަމަ ނުހައްގު އަދަބު! މިއީ މިގައުމުގެ މުއައްސަސާތަކުގެ ހަގީގީ ފެންވަރު އިނގިގެންދާ ކަމެއް! ޑެމޮކްރެސީއާއި އިންސާނީ ހައްގުތަށް ކަށަވަރުކުރެވޭނީ ގާބިލް އަދި އިލްމީ ފަނޑިޔާގެއެއް އޮވެގެން! ތައުލީމު ދިޔާނާ 3 ބައި ނިންމާފައިތިބޭ މީހުން ގޮވައިގެން މިކަމެއް ނުވާނެ!
އިބްރާ
27 April 2017
ޤާސިމް ހަރުދުކޮށް ޖޭޕީއިން މަޖްލިސައް ހޮވާފަތިބި ދެބައިކުޅަ އެއްބަޔަށްވުރެ ގިނަމެންބަރުން މިހާރު ޕީޕީ އެމްގަ އެތިއްބެވީ ކިހިހެއް ހައްދަވައުގެންތޯ...އެބޭފުޅުންގެ ވޯޓް ހޯއްދވަން ވެރިކަންކުރާ ޕާރޓީ ކުރީކޮންކަމެއްތޯ ނުވަތަ ދިނީ ކޮންއެއްޗެއްތޯ ސާފުކުރުން މުހިންމު...
ލލ
27 April 2017
ޤާސިމް ނެރުނީ ވިޕް ލައިނެއް އެއީ ނުފޫޒު ފޯރުވުމާއި ރިޝްވަތު ދިނުމެއްނޫން! ރިޝްވަތު ދިނީ ދަރުބާރު ފެކްޝަނުން އެދުވަހުގައި!
ސސ
27 April 2017
ޕާރޓީތަކުން ވިޕް ލައިން ނެރުމަކީވެސް ނުފޫޒު ފޯރުވުން!
އުމަރު
27 April 2017
ރިޝްވަތު ދިނުމަކީ ކޮބައިތޯ؟ ކޮންމެ އިލެކްޝަނަކާއި ދިމާކޮށް މިވެނިކަމެއް ކޮށްދޭނަމޭ މީހަކު ބުނުމަކީ ރިޝްވަތެއްތޯ ނުވަތަ ވޯޓަށް ނުފޫޒް ފޯރުވުންތޯ؟ ސަރުކާރުން ޕްރޮޖެކްޓެއްގައި ސޮއިކުރާ ވަގުތު މަޖިލިހުގެ މެންބަރެއް މިނިސްޓަރެއްގެ ކާރީގައި ހުންނަވައިގެން އެޕްރޮޖެކްޓް ހިންގާ ބަޔަކާއި ގުޅުން ބޭއްވުމަކީ ކޮންކަމެއްތޯ؟ މަޖިލިހުގެ މެބްބަރުންގެ އާއިލާގެ މީހުންނަށް ސަރުކާރުގެ މަގާމުތަށް ދިނުމަކީ ކޮންކަހަލަ ކަމެއްތޯ؟ ގާސިމް އިބްރާހިމް ރިޝްވަތުދޭން އުޅުއްވީ ކާކަށްތޯ؟ ރިޝްވަތުދޭން ވާހަކަ ދެއްކި މީހަކު އެބަހުރިތޯ؟ އޭނާ ކޯޓަށްގޮސް ހެކިބަސް އެބަދޭތޯ؟ އޭނާއަށް ރިޝްވަތު ދެނިކޮށް ފެނުނު ހެކިން އެބަތިބިތޯ؟ މިހެންގޮސް ބައިވަރު ސުވާލު އުފެދޭ، އެހެންވެއްޖެއްޔާ މަޖިލިހުގައި ވަކިގޮތަކަށް ވޯޓްދިނުމަށް ޕާޓީތަކުން ވިޕްލައިން ނަގައިގެން އަންގާ އެންގުންތަކަކީވެސް ރިޝްވަތުދިނުން، އެއީ ޤާނޫނު އަސާސީގައިވެސް އަދި ޤާނޫނެއްގައިވެސް ނޮއޮންނާނެ އެގޮތަށް ނުފޫޒް ފޯރުވިދާނެކަމަކަށް، އެހެންކަމުން ވިޕްލައިން ނެރުމަކީވެސް ކުށެއް، ހަގީގަތުގައި ރިޝްވަތުދިނުމާއި، ނުފޫޒް ފޯރުވުމާއި ސަރުކާރުގެ އެސެޓް ބޭނުންކުރުމާޢި ސަރުކާރުގެ ޕްރޮޖެކްޓް ބޭނުންކޮށްގެން މަޖިލިސް އަދި މިނިވަން މުއައްސަސާތަށް ކޮންޓްރޯލްކުރުމަކީ ކުށެއް،